ޓެކްނިއުސް ވުޖޫދު ކުރެވިފައިވާ މަޤްސަދު ތަކުގެ ތެރޭގައި ދިވެހި ޓެކް ކޮމިއުނިޓީގެ އަޑުތައް ހޮޅުއަށި ތަކާއި ހަމަ އަށް ގެނެސް ދިނުން ހިމެނެއެވެ. މިރޮނގުން ޚިދުމަތްކުރާ އެތަކެއް ޒުވާން ފަންނުވެރިން އެބަތިބި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޖަމިއްޔާތައް އެބަ ހަރަކާތްތެރިވޭ، ބައިނަލް އަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި އެތަކެއް ބަޔަކު އެބަތިބި، ޓީއެންއެމްވީ ވެގެންދާނީ މި އެންމެންގެ ބައިވެރިއަކަށް މި އެންމެންގެ އަޑަކަށެވެ. ހަމަ އެކަނި ހަބަރާއި ލިޔުންތައް މެދުވެރިކޮށެއް ނޫނެވެ. އިޝްތިހާރު ކުރުމުގެ ފުރުސަތާއި އެކުވެސް މެއެވެ.
ޓެކްނިއުސްއެމްވީ މެދުވެރިކޮށް ޓެކްނޮލޮޖީގެ ރޮނގުން ހިދުމަތްކުރާ ކޮންމެ ފަރާތަކަށްވެސް އިޝްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ނޫހުގައި އިޝްތިހާރު ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ލިންކް ކުރެވިފައިވާ ފޯމް ފުރުމުން ޓީއެންއެމްވީ ގެ ފަރާތުން އިތުރަށް މުއާމަލާތު ކުރާނެއެވެ.
އެންމެ ފުރިހަމަ ގޮތުގައި ޓެކްނޮލޮޖީ ފަންނުވެރިންނާއި، ކުންފުނި ތަކާއި، ޖަމިއްޔާތަކުގެ އަޑު ތަމްސީލް ކުރުމަށްޓަކައި ޓެކްނިއުސްއެމްވީ އިން ނިންމާފައިވާނީ މި ނޫހުގައި އަބަދުވެސް ހިލޭ އިޝްތިހާރުތަކަށް ހާއްސަ ކުރެވިފައިވާ ސްލޮޓް ތަކެއް ކަންޑައެޅިފައިވުމެވެ. މިގޮތުން އަލަށް ފަށާ ސްޓާޓް އެޕް ތަކާއި ޓެކްނޮލޮޖީގެ ކުރިއެރުވުމަށާއި އުގަންނާއި ދިނުމަށް ހިންގޭ ހަރަކާތްތައް އަދި ޓެކްނޮލޮޖީ އާއި ގުޅުންހުރި ދާއިރާތަކުން ދަރުމައަށް ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ އިޝްތިހާރު ފުރުސަތު އޮތް މިންވަރަކުން މިނޫހުގައި އަގަކާއި ނުލާ ޖަހައިދެމުން ގެންދެވޭނެއެވެ. އަދި އެފަދައިން ޖަހާދޭ އެއްވެސް އިޝްތިހާރެ ޖަހައިދިނުމުގައި އިތުރު ޝަރުތެއް ނުވަތަ ފައިދާއެއް މި ނޫހަކުން ނެއެދެއެވެ.
ޓެކްނިއުސް.އެމްވީ ގައި އިޝްތިހާރު ކުރުމަށް ބޭނުންވާ ފަރާތްތަކުން މި ލިންކް ގައިވާ ފޯމް ފުރުއްވާ! https://cdfz2lp7bex.typeform.com/to/NnXDzmVq
