ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް
މިއީ ޓެކްނިއުސް އެވެ. ޓެކްނޮލޮޖީ ޚަބަރުތައް ދިވެހިބަހުން ޝާއިއުކުރާ ނޫހެކެވެ. ޓެކްނޮލޮޖީ ޚަބަރުތައް ތާނައިން ގެނެސްދޭ ފުރަތަމަ އަދި ހަމައެކަނި އޮންލައިން ނޫސްވެސް މެ އެވެ. ދިވެހި ގޭބިސީތަކަށާއި ހޮޅުއަށިތަކަށް ޓެކްނޮލޮޖީ، ސައެންސް އަދި ޖައްވީ ޚަބަރުތައް ގެނެސް ދިނުމަކީ މިނޫހުގެ އަމާޒެވެ.
ޓެކްނިއުސް.އެމްވީ އަކީ 13 އޮކްޓޯބަރ 2019 ވަނަ ދުވަހު ރަޖިސްޓްރީ ނަމްބަރު 2241/2019 ގެ ދަށުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެކެވެ.
މި ނޫހުގައި ޓެކްނޮލޮޖީ، ސައެންސް އަދި ސްޕޭސް ގެ ރޮގުން ބައިނަލް އަޤްވާމީ މައިދާނުގައާއި ރާއްޖޭގެ މަޝްރަހުގައި ފާހަގަކުރެވޭ ހަބަރުތަކާއި، އައު ޕްރޮޑަކްޓުތަކާއި ގެޖެޓްސް އަދި އެޕުތައް ރިވިއުކުރުމުގެ އިތުރުން ދިވެހިިންގެ އާއްމު ދިރިއުޅުމުގައި ޓެކްނޮލޮޖީގެ ދައުރު އަދި އައު ސްޓާޓްއަޕްތަކާއި ޓެކް އިވެންޓްތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް ތާޒާކަމާއި އެކު ގެނެސްދެވޭނެ އެވެ.
ޓެކްނިއުސް އަކީ ހަމައެކަނި ޓެކްނޮލޮޖީ ފަންނުވެރިންނަށް ނުވަތަ ޓެކްނޮލޮޖީ އަށް ޝައުޤުވެރިވާ މީހުނަށް އެކަނި އަމާޒުކުރެވޭ ނޫހެއް ނޫނެވެ. މިނޫހުން ޓެކްނޮލޮޖީގެ އިލްމު ނެތް އެކި އުމުރު ފުރާގެ މީހުންނާއި، ތައުލީމީ ފެންވަރު ތަފާތު އެކި ފަރާތްތަކަށާއި، ޓެކްނޮލޮޖީގެ ތަފާތު ދާއިރާތަކަށް ޝައުގުވެރިވާ އެކި އުމުރު ފުރާގެ މީހުންނަށް އެކަށީގެންވާ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ހަމަ އެހެންމެ އިލްމީ ނަޒަރަކުން މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ޚާއްސަ ދިރާސާތައްވެސް މި ނޫހުގެ ޒަރިއްޔާއިން ފޯރުކޮށްދެމުން ގެންދާނެއެވެ.
ޓެކްނިއުސް އާންމުންނާއި ހިސާބަށް ގެނައުމުގެ ފަހަތުގައި އެތަކެއް ބަޔެއްގެ އިޚްލާސްތެރި އެހީތެރިކަން އެކި ގޮތްގޮތުން ލިބިފައި ވެއެވެ. އަދި ޓެކްނިއުސް ކާމިޔާބުކަމާއި އެކު ދެމެހެއްޓުމަށްޓަކައި ޓެކްނޮލޮޖީ ދާއިރާގެ ގިނަ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ އަބަދުމެ ލިބެމުންދާކަން ނުހަނު އިޚްލާސްތެރި ކަމާއި ޝުކުރާ އެކު ފާހަގަ ކުރަމެވެ.
ތަފާތު އެކި މީސްމީޑިއާގެ މަންސަތަކުން ޓެކްނިއުސްއާއި ގުޅާލެވިދާނެ އެވެ.
ޓްވިޓަރ twitter.com/technewsmv
ފޭސްބުކް fb.me/mvtechnews
ޓެލެގްރާމް ޗެނަލް t.me/technewsmv
ޓެލެގްރާމް ގްރޫޕް t.me/tnmvtalks
އީމެއިލް hello@technews.mv