ކޮމަންވޮއިސްއަކީ، އިންސާނުން ވާހަކަދައްކާ ގޮތް މެޝިނުތަކަށް ދަސްކޮށްދިނުމަށް ޓަކައި މޮޒިލާއިން ކުރާ މަސައްކަތެއް.
ތިރީގައި މިވަނީ ކޮމަންވޮއިސްގެ ވެބްސައިޓުގެ ދިވެހި ބައިގައި، މީގެ މަގުސަދާއި ބޭނުންތެރިކަމާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމެކެވެ.
"އަޑަކީ ޠަބީޢީ، އިންސާނީ އެއްޗެއް. އެހެންވެ އަހަރުމެންގެ މެޝިނުތަކަށް ބޭނުން ކުރެވޭނެ އަޑުތަކެއް އުފެއްދުމަކީ އަހަރެމެން ޝައުޤުވެރިވާކަމެއް. އެހެނަސް، އަޑުގެ ނިޒާމުތައް އުފެއްދުމަށް،ޑިވެލޮޕަރުންނަށް ވަރަށް ބޮޑު އަދަދެއްގެ އަޑު ޑޭޓާ ބޭނުންވޭ."
"ބޮޑެތި ކުންފުނިތަކުގައި ބޭނުންކުރާ ގިނަ ޑޭޓާސެޓް ތަކަކީ، އާންމުންނަށްލިބޭ އެއްޗިއްސެއްނޫނެވެ. އަހުރަމެން ދެކޭގޮތުގައި މިއީ އުފެއްދުންތެރިކަމަށް އެޅޭ ހުރަހެކެވެ. އެހެންކަމުން ކޮމަންވޮއިސް އެކުލަވާލެވުނެވެ، އެންމެނަށް ވޮއިސް ރެކޮގްނިޝަން ޓެކްނޮލޮޖީ ހުޅުވާލުމަށެވެ."
"މިހާރު ތިޔަ ފަރާތުގެ އަޑު އަޅުގަނޑުމެންނަށް ހަދިޔާ ކުރެއްވޭނެ. އަޅުގަނޑުމެން ހަދަމުން އަންނަ އޯޕަންސޯސް ވޮއިސް ޑޭޓާބޭސް ތަރައްޤީކުރުމަށް ތިޔަ ހަދިޔާކުރެއްވި އަޑު ވަރަށް ބޮޑު އެހީއަކަށް ވާނެ. މި އޯޕަންސޯސް ވޮއިސް ޑޭޓާބޭސްއަކީ، ވެބްއަށާއި ޑިވައިސްތަކަށް މުޅިން އާ ވައްތަރު ވައްތަރުގެ އެޕްތައް ތައްޔާރުކުރުމަށް ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭނެ ޑޭޓާބޭސްއެއް. އަސްލު މީހުން ވާހަކަ ދައްކާ ގޮތް މެޝިންތައް ދަސްކުރަން އެހީތެރިވެދިނުމަށް ޓަކައި ޖުމްލައެއް ކިޔައިދެއްވާ. އަދި އެހެން ފަރާތްތަކުން ވެދެއްވާ އެހީތައް ބަލައި ފާސްކޮށްގެން މި ޑޭޓާބޭސްގެ ފެންވަރު ރަނގަޅުކޮށްދެވިދާނެ. މިއީ އެހާވެސް ފަސޭހަ ކަމެއް." - އިތުރަށް ކިޔާލުމަށް