ކްރެޑިޓްސް

ޓެކްނޮލޮޖީ ހަބަރުތަކާއި ލިޔުން ހޮޅުއަށިތަކަށް ގެނެސްދިނުމަށް ކުރެވޭ މިދަތުރުގައި ރާއްޖޭގެ ފުރަތަމަ ޓެކްނޮލޮޖީ، ސައެންސް އަދި ސްޕޭސް އަށް ހާއްސަކޮށްގެން ނެރެވޭ ނޫސް ވުޖޫދަށް ގެނައުމަށްޓަކައި ގިނަ ގުނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކި ފަރާތްތަކުގެ އަމިއްލަވަންތަ އުފެއްދުންތައް ބޭނުން ކުރުމުގެ އިޚްތިޔާރު ދީފައިވާތީ އެފަރާތްތަކަށް ޙައްޤުވާ ޝުކުރު އަދާކުރުމަކީ ޓެކްނިއުސް.އެމްވީ ޓީމްގެ ވާޖިބެއްކަމުގައި ދެކޭ ހާލު، އެ އެންމެހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަމެވެ.


ފޮންޓު

MV Typewriter Semibold / MV_Typewriter : ހަސަން ހަމީދު


ޕްލެޓްފޯމް

މި ޕްލެޓްފޯމް ހަދާފައިވަނީ ލަރަވެލް ފްރޭމްވޯކް ބޭނުންކޮށްގެނެވެ.


ލައިބްރަރީތައް

ޖާވާސްކްރިޕްޓް ތާނަ ކީބޯޑް - ޖާވިޝް ހަމީދު

ޓެއިލްވެިންޑް ސީއެސްއެސް - ޓެކްނިއުސްގެ ކުލަތަކާއި، ފޮންޓާއި އަދި ލޭއައުޓް ހެދުމުގައި ބޭނުންކޮށްފައިވަނީ މި ފައްކާ ސީއެސްއެސް ލައިބްރަރީއެވެ.

އާރޓިކަލްތަކުގައި ހިމެނޭ ވޮއިސް ރިކޯރޑިންގް އަކީ މޮޒިއްލާ ކޮމަން ވޮއިސް ޕްރޮޖެކްޓްގެ އެހީގައި ގިނަބައެއްގެ އެހީއާއިއެކު މެޝިންލާނިންގް ބޭނުންކޮށްގެން އިންސާނުން ވާހަކަ ދައްކާގޮތަށް ގިނަބައެއްގެ އެހީއާއެކު ކުރިޔަށްދާ ޕްރޮޖެކްޓުގެ އެހީގައި ހަދާފައިވާ ރިކޯޑިންގްއެވެ.

ލިޔުންތަށް އަޑަށް ބަދަލުކޮށްފައިވަނީ ދިވެހި.އޭއި ގެ ޓެކްސްޓް-ޓު-ސްޕީޗް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

މި ނޫހުގައި ބޭނުންކުރާ ފޮޓޯ ތަކަކީ ކްރިއޭޓިވް ކޮމަންސް ލައިސެންސް، ނުވަތަ ފްރީ ޔޫސް ގޮތުގައި އިންޓަނެޓް ގައި ޝާއިއުކޮށްފައިވާ ފޮޓޯ ތަކެވެ. މި ނޫހުގައި ބޭނުން ކުރާ ބައެއް ފޮޓޯ ހޯދުމަގައި އަންސްޕްލޭޝް ވެބްސައިޓް ތަކުރާރުކޮށް ބޭނުން ކުރެވެމުންދެއެވެ.

މި ލިސްޓް ގައި ނަންގަނެވިފައި ނުވި ނަމަވެސް މި މަސައްކަތަށް ކުޑަ ނަމަވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވި ކޮންމެ ފަރާތެއްވެސް ޝާމިލް ކުރަމެވެ. އެފަރާތެއްގެ ނަން ލިސްޓް ކުރެވިފައި ނުވާނަމަ ނިހާޔަތަށް މާފް އަށް އެދެމެވެ. އެފަދަ ފަރާތެއް ވާނަމަ މެސެޖް ކޮށްލައްވާ.

// });