އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން ހުވާ ކުރެއްވުމުގެ ރަސްމިޔާތުގެ ތެރެއިން ވަރމޮންޓް ގެ ސެނެޓަރ ބަރނީ ސެންޑަރސް ވަރަށް އަރާމު ގޮތަކަށް އިން ފޮޓޯ ޝޯޝަލް މީޑިއާގައި މީމް އެއް ގޮތަށް ދައުރުވާން ފަށައިފި އެވެ. ކެޕިޓޮލް ގެ ސިޑި މަތީގައި ބޯ ކޯޓެއްގައި އަތަށް އަންގި އަރުވައިގެން ދެފައި ހުރަސް ކޮށްލައިގެން އިން މި ފޮޓޯ އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އެ ރަސްމިއްޔާތުގައި އިޖްތިމާއީ ޤައިދުރުކަން ބެހެއްޓުމުގެ އިންތިޒާމް ތަކުގެ ތެރެއިންނެވެ.
ބާނީ ސެންޑަރސް ގެ މި ވައިރަލް މީމް ދިވެހި ޓުވީޕުންގެ ތެރޭގައި ވެސް ވަރަށްބޮޑަށް ދައުދުވަމުން އެބަދެއެވެ. ރާއްޖޭގެ ތާރީޙި ފޮޓޯތަކުންނާއި، ގޮނޑުދޮށް ތަކުން އަދި މިހާރުގެ ބައެއް ހޫނު ހަބަރު ތަކުގެ ކަވަރޭޖް އިންވެސް ފެނިފައި ވެއެވެ. މާލޭގެ ބައެއް މުހިންމު އިމާރާތް ތަކުގެ ކައިރިނާއި ކަނބާއައިސާރަނި ހިގުމުގައި ބާނީ އިޝީންދެލައިގެން އިން ފޮޓޯ ވެސް އެބަ ދައުރު ވެއެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް