އެޗް.ޕީ.އޭ އިން ޓެލެގްރާމް ޗެނެލް އެއް އިފްތިތާހު ކޮށްފި

ޓެކް އެޑިޓަރ 30 ޖެނުއަރީ 2021

ރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތާއި ވެކްސިންގެ އެންމެ ފަހުގެ ހަބަރުތައް ތާޒާކަންމަތީ ހިއްސާ ކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވެރިފައިޑް ޓެލެގްރާމް ޗެނެލް އެއް އިފްތިތާހު ކޮޮށްފިއެވެ. ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮޕަރޭޓް ކުރަމުންގެންދާ މި ޓެލެގްރާމް ޗެނެލް އާއްމު ކޮށް ހުޅުވާލި ކަން އިއުލާން ކޮށްފައި ވަނީ ހޮނިހިރު ދުވަހު އެޗް.ޕީ.އޭގެ ތަފާތު މީސް މީޑިއާ މަންސަތަކުންނެވެ.


ކޯވިޑް އާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ އިސް ދައުރެއް އަދާ ކުރަމުންގެންދާ އެޗް.ޕީ.އޭ އިން ދަނީ މީސްމީޑިއާގެ ތަފާތު މަންސަ ތަކުގެ އެހީގައި ކޯވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތާއި ތަފާސް ހިސާބުތައް އަދި އެކި ހޭލުންތެރިކުމުގެ މައުލޫމަތުތައް ދުވަހުން ދުވަހަށް ހިއްސާ ކުރަމުންނެވެ. މިގޮތުން އެޗް.ޕީ.އޭ ގެ ވައިބަރ ކޮމިއުނިޓީ އަދި ޓްވިޓަރ އާއި ފޭސްބުކް މެދުވެެރިކޮށް ހިއްސާ ކުރާ މައުލޫމަތު ވަރަށް ގިނަ ބަޔަކު އިތުރަށް ސެއަރ ކޮށް ލައިލް ކުރަމުން ގެންދެއެވެ. މި ހުރިހާ ޕްލެޓްފޯރމް އެއްގައި ވެސް އެޗް.ޕީ.އޭގެ އަކައުންޓްތައް ވަނީ ރަސްމީ އެކައުންޓްތައް ގޮތުގައި ވެރިފައި ކޮށްފައެވެ.

ޓެކް އެޑިޓަރ

ޓެކް އެޑިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް. ދިވެހިރާއްޖޭގައި ޓެކްނޮލޮޖީ، ސައެންސް އަދި ސްޕޭސް އަށް ހާއްސަކޮށްގެން ނެރެވޭ ފުރަތަމަ ނޫސް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.