ސޭފަރ އިންޓަނެޓް އެމްބެސަޑަރުން ތަމްރީން ކުރަން ފަށައިފި

ޓެކް އެޑިޓަރ 07 ފެބްރުއަރީ 2021

ސްކޫލް މައުހައުލުގައި ހަރަކާތްތެރިވާނެ ސެފަރ އިންޓަނެޓް އެމްބަސަޑަރުން އުފެއްދުމަށްޓަކައި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ގުޅިގެން ތަމްރީން ޕްރޮގްރާމް ތަކެއް ފަށައިފިއެވެ.

ހޮނިހިރު ދުވަހު ކޮމިއުނެކޭޝަން މިނިސްޓްރީގެ ކްލާސްރޫމް ގައި މި ޕްރޮގްރާމް ފައްޓަވައި ދެއްވާފައި ވަނީ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލެވެ. މ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ގްރޭޓަރ މާލެ ސަރަހައްދުގެ ސްކޫލް ތަކުން ހޮވާލެވުނު 15 އެމްބަސަޑަރަކު ތަމްރީން ކުރެވޭނެއެވެ.

ރައްކާތެރިގޮތެއްގައި އިންޓަނެޓް ބޭނުން ކުރާނެގޮތަކާއި އޮންލައިން މައުހައުލުން ކުރިމަތިވާ ގޮންޖެހުންތަކާއި މެދު ހޭލުންތެރިކުރުމަށް ހިންގާ މި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި އަތޮޅުތަކަށްވެސް ހުޅުވާލާނެ ކަމަށް މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.


ޓެކް އެޑިޓަރ

ޓެކް އެޑިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް. ދިވެހިރާއްޖޭގައި ޓެކްނޮލޮޖީ، ސައެންސް އަދި ސްޕޭސް އަށް ހާއްސަކޮށްގެން ނެރެވޭ ފުރަތަމަ ނޫސް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.