އިންޑިއާއިން އެގައުމުގެ މީހުން ބޭނުންކުރުމަށް އެގައުމަށް ހާއްސަ އިންޓަނެޓް އެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން ޓްވިޓަރ، ޓިކްޓޮކް އަދި މިފަދަ އިންޑިއާއިން ބޭރުގެ އިންޓަރނެޓް ހިދުމަތްތަކުގެ ބަދަލުގައި އެގައުމުން ވަނީ އެގައުމުގެ މިފަދަ އުފެއްދުންތަށް އިތުރު ކުރުމުގެ މަސައްކަތް ފަށާފައިއެވެ.
އެގޮތުން ޓްވިޓަރ ނަކަލުކޮށްގެން އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވާ ކޫ ނަމަކަށްކިޔާ އެޕްލިކޭޝަން މިއަހަރު ވަނީ 3.3 މިލލިއަން ފަހަރު ޑައުންލޯޑް ކުރެވިފައިއެވެ. ޓްވިޓާ އިން އިންޑިއާ ސަރުކާރުގެ ނިންމުންތަކަށް އިޖާބަ ދީފައިނުވުމާއި އެކު އެގައުމުގެ އަމިއްލަ އުފެއްދުމެއްކަމަށްވާ ކޫ އަކީ ބޮޑުވަޒީރު މޯދީ އާއިސަރުކާރުގެ އިސް ބޭފުޅުންގެ މެދުގައިވެސް މަގްބޫލު އެޕްލިކޭޝަނަކަށް ވަނީ ވެފައިއެވެ.
މީގެ އިތުރުން މޯދީގެ ސަރުކާރުން ވަނީ ބޭރުގެ ޓެކް ކުންފުނިތަކަށް އެތަކެއް ފިއްތުންތަކެއް ކުރިމަތި ކުރުވައި އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުވެސް ދައްކާފައިއެވެ. މީގެ ތެރޭގައި ފޭސްބުކް، ޓްވިޓާ އަދި ޔޫޓިއުބް ފަދަ ކުންފުނިތަށް ހިމެނެއެވެ. އަދި ހަމައެއާއެކު އެގައުމުން ވަނީ ވީޗެޓް އާއި ޓިކްޓޮކް ފަދަ ޗައިނާގެ އުފެއްދުންތަށް އެގައުމުގައި ބޭނުންކުރުން މަނާކޮށްފައިއެވެ.
މިކަމުގެ ސަބަބުން އިންޑިއާގެ ކުންފުނިތަކަށް ވަނީ މި ބޭރުގެ ޓެކް ކުންފުނިތަކުގެ މަންސަތައް ނަކަލުކޮށް އެކުންފުނިތަކުގެ މޭޑް އިން އިންޑީއާ ބްރޭންޑްގެ އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ނެރުމަށް ރަނުގެ ފުރުސަތެއް ހުޅުވިފައިއެވެ.
މީގެ އިތުރުން މޯދީގެ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅިގެން އިންޑީއާގައި ޓްވިޓާ އަދި ފޭސްބުކް އަދި މީގެ އިތުރުން ބޭރުގެ އެހެނިހެން ކުންފުނިތަކުގެ ވިޔަފާރި އިންޑިއާގައި ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައިއެވެ. އަދި އިންޑީއާ ސަރުކާރުގެ އަމަލުތަކާއި ގުޅިގެން އެގައުމުގެ ސަރުކާރުން މަސައްކަތްކުރަނީ ބޭރުގެ ކުންފުނިތަށް އެގައުމުގެ އިންޓަނެޓް މާކެޓުން ބޭރުކުރުމަށް ކަމަށް މިހާރު ބެލެވެއެވެ. އެގޮތުން ފިއްތުންތަށް ކުރިމަތި ކުރުވައި މި ކުންފުނިތަށް އިންޑިއާގައި ހިންގުން ހުއްޓުވާލުމުން ދެން ބާކީ އެގައުމުގައި ހަރަކާތްތެރިވާނީ ހަމައެކަނި އިންޑިއާގެ ކުންފުނިތައް ކަމަށް ބެލެވެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް