ފޭސްބުކް އިން ސްޓޯރީޒް އާންމުކޮށްފައިވަނީ މީގެ 4 އަހަރު ކުރިންނެވެ. މިހާރު އެކުންފުނިން އަމާޒު ހިފާފައިވަނީ އެހިދުމަތް ހޯދާ ބައެއް ފަރާތްތަކަށް އެ ހިދުމަތް މެދުވެރިކޮށް އާމްދަނީ ލިބޭނެގޮތް ހެދުމަށެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ސްޓޯރީޒް ގައި އިޝްތިހާރުގެ ގޮތުގައި ސްޓިކާ ބޭނުންކޮށްގެން އާމްދަނީ ލިބޭނެފަދަ ހިދުމަތެއް އެކުންފުންނިން ދިރާސާކުރަމުން އަންނަކަމަށެވެ. އަދި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިދާރާސާގައި ފުރަތަމަ މަދު އަދަދެއްގެ ބަޔަކު ބައިވެރިކުރުވިޔަސް ވަރަށް އަވަހަށް މި ހިދުމަތް އިތުރަށް ފުޅާކުރަން ނިންމާފައިވާކަމަށާއި އަދި މުސްތަގްބަލުގައި ފޭސްބުކްގައި ހިއްސާކުރެވޭ ކުރު ވީޑިއޯތަކަށްވެސް މި ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ފޭސްބުކް އިން ވަނީ ކުރު ވީޑިއޯތަކުގައިވެސް އިން-ސްޓްރީމް އިޝްތިހާރުތައް ހިމެނުމުގެ ފުރުސަތު ހުޅުވާލާފައިއެވެ. މީގެ ކުރިން މިފަދަ އިޝްތިހާރުތަށް މެދުވެރިކޮށް އާމްދަނީ ލިބެނީ 3 މިނިޓާއި އެއަށްވުރެ ގިނަ އިރުގެ ވީޑިއޯތަކަށެވެ. މިބަދަލާއިއެކު އެއް މިނިޓަށްވުރެ ދިގު ވީޑިއޯތަކަށްވެސް މިފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން ފޭސްބުކް އިން އަންނަނީ އެކުންފުނީގެ ސްޓާޒް ހިދުމަތް ޕްރޮމޯޓުކުރުމަށް 7 މިލިއަން ޑޮލަރު ހޭދަކުރުމަށް ނިންމާފައިއެވެ. ފޭސްބުކް އިންވަނީ އެކުންފުނީގެ ޕެއިޑް ލައިވް އިވެންޓްސްގެ ހިދުމަތްވެސް އިތުރު 24 ގައުމަކަށް ދިނުމަށް ނިންމާފައިއެވެ. އަދި ފޭން ސަބްސްކްރިޕްޝަން ހިދުމަތް އިތުރު 10 ގައުމަކަށް ދިނުމަށްވެސް އެކުންފުނިން ވަނީ ނިންމާފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް