ޕޭޕާލް މެދުވެރިކޮށް ކްރިޕްޓޯކަރަންސީ އިން ވިޔަފާރިކޮށްލެވޭނެ

މުހައްމަދު ރައްޔާން 30 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕޭޕާލް އިން އެމެރިކާގައި ދިރިއުޅޭ އެ ކުންފުނީގެ ކަސްޓަމަރުންނަށް ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަށް ކުރެވޭގޮތް ހަދައިފިއެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ފައިސާގެ މުއާމަލާތްތަށް ކުރެވޭނީ 4 ކްރިޕްޓޯ ކަރަންސީއަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ބިޓްކޮއިން، އީތާ، ލައިޓްކޮއިން އަދި ބިޓްކޮއިން ކޭޝްއެވެ. ޕޭޕާލް އަކީ 300 މިލިއަން އަށްވުރެ ގިން ކަސްޓަމަރުންނާއި 20 މިލިއަން ވިޔަފާރިވެރިން ހިމެނޭ ހިދުމަތަކަށް ވުމުން މި ނިންމުމަކީ ކްރިޕްޓޯ ކަރަންސީއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބެކެވެ.

ނިމިދިޔަ އަހަރު ޕޭޕާލް އިން ވަނީ ކުރިން ދެންނެވުނު 4 ކްރިޕްޓީޓޯ ކަރަންސީ ގަނެ ވިއްކުމާއި ރައްކާކުރުމުގެ ހިދުމަތްދޭން ފަށާފައިއެވެ. ނަމަވެސް އޭރު ކަސްޓަމަރުންނަށް ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރެވެއެވެ. ކްރިޕްޓޯ ކަރަންސީއަށް އޮތް ޑިމާންޑު ބޮޑުވެ ފައިސާގެ މުއާމަލާތްތަށް ހިންގާ ތަފާތު ކުންފުނިތަކާއި މާލީ އިދާރާތަކުން ވަނީ ކްރިޕްޓޯ ކަރަންސީ ބޭނުންކުރެވޭގޮތް ހެދުމަށް މަސައްކަތް ފަށާފައިއެވެ.

އެގޮތުން ވިސާ ކުންފުނިންވެސް ވަނީ އެތީރިއަމް އާއި ޔޫއެސްޑީސީ އިން ފައިސާގެ މުއާމަލާތް ކުރެވޭނެކަން އިއުލާންކޮށްފައިއެވެ. މި ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑު ދެކުންފުނިން ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށް މުއާމަލާތް ކުރެވޭނެގޮތް ހެދުމުން އެނގިގެން ދަނީ ކްރިޕްޓޯ ކަރަންސީ އަށް ބާޒާރުގައި އޮތް ޑިމާންޑު ބޮޑުކަމެވެ.

މީގެ އަހަރެއް ކުރިން މާލީ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން ވަނީ ކްރިޕްޓޯ ކަރަންސީއަށް ވަރަށް ބޮޑަށް ފާޑުކިޔައި އެއާއި ދެކޮޅަށް ވާހަކަދައްކާފައިއެވެ. ނަމަވެސް މިހާރު މިކުންފުނިތަކުން މިވަނީ ދުނިޔޭ މާލީ ނިޒާމުގެ ތެރޭގައި ކްރިޕްޓޯ ކަރަންސީ ބޭނުންކުރަން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް މަސައްކަތް ފަށާފައިއެވެ. ބައިނަލް އަޤްވާމީ މީޑިއާ ތަކުގައިބމި ހަބަރު ޖެހުމާއެކު ބިޓްކޮއިންގެ އަގު ވަނީ މައްޗަށް ގޮސްފައިއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.