ޕަބްޖީ އިން އޯޕަން ވޯލްޑް ސައިފައި ޝޫޓާ ގޭމެއް އުފައްދަނީ

މުހައްމަދު ރައްޔާން 19 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕަބްޖީ ނިއު ސްޓޭޓް، ދި ކެލިސްޓޯ ޕްރޮޓޮކޯލް، އަދި ޕަބްޖީ 2 އާއި އެކު ޕަބްޖީގެ ގޭމިން ޔުނިވާސް އިތުރަށް ފުޅާވެގެންދާނެއެވެ. ޕްލޭޔާ އައިޖީއެން ނަމަކަށް ކިޔާ ފަރާތަކުން ލީކްކޮށްފައިވާ މައުލޫމާތުތަކުން ހާމަވެފައިވާ ގޮތުގައި މިލިސްޓަށް މުޅިން އަލަށް އޯޕަން ވޯލްޑް ސައިފައި ޝޫޓާ ގޭމެއް އިތުރުކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޕްލޭޔާ އައިޖީއެން ހާމަކޮށްފައިވާ ގޮތުގައި ޕަބްޖީ ސްޓޫޑިއޯ އިން ވާޓިކަލް ގެ ނަމުގައި ނަންދީފައިވާ ޕްރޮޖެކްޓަކަށް 14 އައު މުވައްޒަފުން ނެގުމަށް ވަނީ އިއުލާންކޮށްފައިއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ވާޓިކަލް އަކީ ޕަޒުލް ތަކަކާއި އެކު އެކުންފުނިން ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ އޯޕަން ވޯލްޑް ސައިފައި ޝޫޓާ ގޭމްއެވެ. ޕްލޭޔާ އައިޖީއެން ވަނީ މީގެ ކުރިން ހަމަ މިގޮތަށް ނިއު ސްޓޭޓް ގެ މައުލޫމާތުވެސް ލީކުކޮށްލާފައިއެވެ.

އަންރިއަލް އިންޖީން 4 ގައި ތައްޔާރު ކުރެވެމުންދާ މި ގޭމް ވެގެންދާނީ ވަރަށް ބޮޑަށް ސައިންސް ފިކްޝަން ހިމެނޭ ގޭމަކަށެވެ. ޕަބްޖީގެ ފަހުގެ ހުރިހާ ގޭމްތަކަކީ ވަރަށް ބޮޑަށް ސައިފައި އިފެކްޓްސް ހިމެނޭ ގޭމްތަކެކެވެ. އެގޮތުން ނިއު ސްޓޭޓްގައި ތަފާތު އެކި ޑްރޯންތަކާއި އައު ޓެކްނޮލޮޖީ ހިމެނިފައިވާ އިރު ކެލިސްޓޯ ޕްރޮޓޮކޯލް އަކޯ ޖުޕިޓާގެ ހަނދެއްގައި ހުންނަ ޖަލެއްގައި ހިނގާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ގޭމެކެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.