ޓެލެގްރާމް އަކީ އެކުންފުނީގެ އެޕްލިކޭޝަން ގަވާއިދުން އަޕްޑޭޓުކޮށް އައު ފީޗާތަކެއް ހަލުވިކަމާއި އެކު ތައާރަފް ކުރަމުން ގެންދާ ކުންފުންޏެކެވެ. އެގޮތުން ޓެލެގްރާމްގެ އެންމެ ފަހުގެ އަޕްޑޭޓްގައި އެކުންފުނިން ވަނީ ޝެޑިއުލްޑް ވޮއިސް މެސެޖް ފޮނުވޭގޮތަށައި އަދި ޓެލެގްރާމް އިން ފައިސާގެ މުއާމަލާތް ކުރެވޭގޮތް ހަދާފައިއެވެ. މީގެ އިތުރުން އެ އެޕްލިކޭޝަންގެ ވޮއިސް ޗެޓް ފީޗާތައް އިތުރަށް ފުރިހަމަކޮށް އެތައް އައު ފީޗާތަކެއް ވަނީ މި އަޕްޑޭޓްގައި ހިމަނަފާއިއެވެ.
މިހާރުވެސް ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށް މެސެޖް ބޭނުންވާ ދުވަހެއް ނުވަތަ ގަޑިއެއްގައި ފޮނުވޭނެ ގޮތަށް ޝެޑިއުލްކޮށްލެވެއެވެ. މި އެޕްލިކޭޝަންގެ ފަހުގެ އަޕްޑޭޓްގައި މި ފީޗާ މިވަނީ ވޮއިސް ޗެޓާއި އެއްކޮށްވެސް ބޭނުންކުރެވޭގޮތް ހަދާފައިއެވެ. މީގެ އިތުރުން ކުރިއަށްހުރި ގްރޫޕް ޗެޓްތަކުގެ މަތިން ހަނދާންކޮށްދިނުމުގެ ގޮތުން މި އަޕްޑޭޓްގައި ކައުންޓްޑައުން ފީޗާއެއްވެސް ވަނީ ހިމަނާފައިއެވެ. ނަމަވެސް މި ކައުންޓްޑައުން ނިމުނަސް މި ޗެޓް ފެށޭނީ ހޯސްޓް މި ޗެޓް ފެށުމުންނެވެ. އަދި މި އަޕްޑޭޓާއި އެއްކޮށް ވޮއިސް ޗެޓް ގައި ބައިވެރިވުމުން އެ ޗެޓްގައި ދެންތިބި ބައިވެރިންގެ މިނީ ޕްރޮފައިލްތަކެއް ހުރިހާ ބައިވެރިންނަށް ފެނިގެންދާނެއެވެ.
މި އަޕްޑޭޓުގައި ޓެލެގްރާމް އިންވަނީ އެ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރެވޭގޮތް އިތުރަށް ފުރިހަމަކޮށްފައިއެވެ. އެގޮތުން މިހާރު ކޮންމެ ޗެޓް އެއް މެދުވެރިކޮށްވެސް ފައިސާގެ މުއާމަލާތްކުރެވޭނެއެވެ. ޓެލެގެރާމް އިން މި ހިދުމަތާއި ބެހޭގޮތުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ކާޑްގެ މައުލޫމާތެއް ޓެލެގްރާމް އިން ރައްކާއެއް ނުކުރާނެއެވެ. މީގެ އިތުރުން މި ހިދުމަތުން އެކުންފުންޏަށް ކޮމިޝަނެއް ނުނަގާނެ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
މިފަހަރުގެ އަޕްޑޭޓްގައި ޓެލެގްރާމް އިންވަނީ މޯބައިލް އަދި ޑެސްކްޓޮޕަށް ހާއްސަކޮށް އައު ދެ ވެބް އެޕްލިކޭޝަން ތައާރަފްކޮށްފައިއެވެ. ޓެލެގްރާމް އިން ހާމަކޮށްފައިވާ ގޮތުގައި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުން މި އަޕްޑޭޓް އަވަހަށް ބޭނުންނަމަ އެކުންފުނީގެ ވެބްސައިޓުން މިހާރު މި އަޕްޑޭޓް ޑައުންލޯޑުކޮށްލެވޭނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް