ފޭސްބުކް ގްރޫޕްތަކުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް އެކުންފުނިން ނިންމައިފިއެއެވެ. އެގޮތުން މި މަސައްކަތުގެ ދަށުން އޭއައި މެދުވެރިކޮށް ފޭސްބުކް ގްރޫޕްތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ދެބަސްވުން ދެނެގަނެ އެ ގްރޫޕުތަކުގެ އެޑްމިނިސްޓްރޭޓަރުންނަށް މިކަން އަންގައި އަވަހަށް މައްސަލަ ހައްލުކުރެވޭނެ ގޮތެއްވޭތޯ ބަލާނެއެވެ.
ފޭސްބުކްއިން މި ނިންމުން ހާމަކޮށްފައި ވަނީ ފޭސްބުކްގައި ގްރޫޕްތަށް ހިންގާ 70 މިލިއަން މީހުންނަށް އަމާޒުކޮށް އަލަށް ތައާރަފްކުރާ ސޮފްޓްވެއާ ޓޫލްސް ތަކާއި ގުޅޭގޮތުން އެކުންފުނިން ކޮށްފައިވާ ބްލޮގް ޕޯސްޓެއްގައިއެވެ. ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި ފޭސްބުކް ބޭނުންކުރާ 1.8 ބިލިއަން މީހުން ގްރޫޕްތައް ބޭނުންކުރެއެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި 10 ވަރަކަށް މިލިއަން ގްރޫޕް މިހާރުވެސް ފޭސްބުކްގައި ހަރަކާތްތެރިވެއެވެ.
ފޭސްބުކްއިން ގްރޫޕްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ އައު ޓޫލްތަކާއިއެކު އެކުންފުނީގެ އޭއައި އިން ގްރޫޕްތައް ބަލައްހައްޓާ ފަރާތްތަކަށް ކޮންފްލިކްޓް އެލާޓްސް ފޮނުވާނެއެވެ. މި އެލާޓްތައް ފޮނުވާނީ މި އޭއައި އަށް ގްރޫޕްތަކުގައި ނުރައްކާތެރި ނުވަތަ ހަމަނުޖެހުން އުފެދޭފަދަ ވާހަކަ ދައްކާކަން އެނގުމުންނެވެ.
މި އެލާޓްތައް ލިބުމުން އެކާމާއި ދެކޮޅަށް ފިޔަވަޅުއަޅާނީ އެ ގްރޫޕްތައް ބަލަހައްޓާ ފަރާތްތަކުންނެވެ. ފޭސްބުކްއިން ހާމަކޮށްފައިވާ ގޮތުގައި ގްރޫޕްތައް ބަލައްހައްޓާ ފަރާތްތަކަށް ނުރައްކާތެރި ނުވަތަ ހަމަނުޖެހުން އުފެދޭނެހެން ހީވާކަހަލަ ވަކިވަކި ބަސްބަސް ކަނަޑައެޅޭނެއެވެ. މިފަދަ ބަސްތައް ބޭނުންކުރާ ފަރާތްތައް އޭއައި އިން ދެނެގަތުމަށްފަހު އެންގުމުން އެފަރާތްތަކަށް ގްރޫޕުގައި ލިޔުން ހުއްޓުވުމާއި ވަކި ގަޑިއެއްގެ ފަހުން ލިޔެވޭނެގޮތް ހެދުން ފަދަ ފިޔަވަޅުތައް ގްރޫޕުތައް ބަލައްހައްޓާ ފަރާތަށް އެޅޭނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް