ސައިބަރ ކްރިމިނަލުންގެ ކަޅު ފައިސާ އަކަށް މޮނީރޯ

ހަސަން ޒަޔާން 23 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސައިބަރ ކްރިމިނަލުންގެ މުއާމަލާތްތަކުގައި ކްރިޕްޓޯ ކަރެންސީ މޮނީރޯ ބޭނުންކުރާ މިންވަރު އިތުރުވެއްޖެއެވެ. ރެންސަމްވެއަރ ހެކްތަކާއި އެހެނިހެން އެފަދަ ހެކްތަކުގައި ހެކު ކުރެވިފައިވާ ފަރާތުގެ އަތުން ފައިސާ ހޯދުމަށްޓަކައި ސައިބަރ ކްރިމިނަލުން ވޭތުވެދިޔަ ތަނުގައި ބޭނުންކުރަމުން ގޮސްފައި ވަނީ ބިޓްކޮއިން އެވެ. ނަމަވެސް އެހެން ކްރިޕްޓޯ ކަރެންސީއެއް ކަމަށް ވާ "މޮނީރޯ" އަށް ޓްރާންސެކްޝަން ހެދުމަށް މިފަދަ ސައިބަރ ކްރިމިނަލުންގެ މުއާމަލާތްތައް މިހާރު ވަނީ ބަދަލު ކޮށްފައެވެ.

ސައިބާރ ކްރިމިނަލުން ބިޓްކޮއިން ދޫކޮށްލައި މޮނީރޯ އަށް ބަދަލުވެފައިވަނީ، "ޕްރައިވެސީ ކޮއިން" މޮނީރޯ ޑިޒައިން ކޮށްފައިވަނީ ސައިބަރ ކްރިމިނަލުންނަށް އެންމެ މުހިއްމު ކަންތައްތައް ހިމަނައިގެން ކަމަށްވާތީއެވެ. އޭގެ ތެރޭގައި ސެންޑަރ، ރިސީވަރ އަދި އެކްސްޗޭންޖް ރޭޓް އެމައުންޓް ކަހަލަ އެއްޗިހި ރިކޯރޑު ނުވުން ކަހަލަ ކަންކަން ފާހަގަކުރެވެއެވެ.

މިއާ ހިލާފަށް ބިޓްކޮއިންގައި ޓްރާންސެކްޝަންގެ ރިކޯރޑިންގ، ސެންޑަރގެ އެޑްރެސް، ރިސީވާގެ އެޑްރެސް، ކަރެންސީ އެކްސްޗޭންޖް ރޭޓް އެމައުންޓް ކަހަލަ ތަކެތި ރިކޯރޑް ކުރިވިފައި ހުރުމާއި އަދި ސައިބަރ ކްރިމިނަލުންގެ އަސްލު އައިޑެންޓިޓީވެސް ބިޓްކޮއިން މެދުވެރިކޮށް ހާމަވުމުގެ ފުރުސަތު އޮވެެއެވެ. މި ސަބަބުތަކަށް ޓަަކައި ސައިބަރ ކްރިމިނަލުން ގަބޫލު ކުރާ ގޮތުގައި ޓްރާންސެކްޝަންސް ކަހަލަ ބޭނުންތަކަށް ބިޓްކޮއިން ބޭނުން ކުރުން އެއީ އެފަރާތްތަކަށް ހެދުނު ބޮޑު ގޯހެކެވެ.

ނަތީޖާއެއްގެ ގޮތުން "މޮނީރޯ" ވެފައި ވަނީ ސައިބަރ ކްރިމިނަލުންނަށް އަދި ރޭސަމްވެއަރގޭންގް ތަކަށް ވަރަށް ބޮޑަށް އެހީތެރި ވެދޭ އެއްޗަކަށެވެ. މޮނީރޯ ކަހަލަ ކަރެންސީތައް ސައިބަރ ކްރިމިނަލުންނާއި ރޭންސަމްވެއަރ ހެކަރުން ކަހަލަ ފަރާތްތަކުން ބޭނުން ކުރަންފެށުމަކީ ކްރިޕްޓޯރ ކޮމިއުނިޓީ އަދި ހުރިހާ ވިޔަފާރި ތަކަށް ވަރަށް ބޮޑަށް ނުރައްކާތެރި ކަމަކަށްވާނެ ކަމެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.