އިންސްޓަގްރާމް "ސަޖެސްޓެޑް ޕޯސްޓްސް" ފީޗަރގެ ދެވަނަ ޓެސްޓެއް

ހަސަން ޒަޔާން 24 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމުން "ސަޖެސްޓެޑް ޕޯސްޓްސް" ފީޗަރގެ ދެވަނަ ޓެސްޓެއް ލާންޗްކޮށްފިއެވެ. އިންސްޓަގްރާމުން ބުނާގޮތުގައި މި ސަޖެސްޓެޑް ޕޯސްޓް ފީޗަރގެ ދެވަނަ ޓެސްޓްއެއް ލާންޗްކުރީ ފުރަތަމަ ޓެސްޓް ވަރަށް ބޮޑަށް ކާމިޔާބު ވުމުންނެވެ.

މިފަހަރުގެ ސަޖެސްޓެޑް ޕޯސްޓްސް މި ފީޗަރ ހިމެނޭނީ ޕްރައިމަރީ ފީޑް ގައެވެ. އަދި ސަޖެސްޓެޑް ޕޯސްޓްސް ގެ ގޮތުގައި ހިމެނޭނީ ފޮޓޯ އަދި ވީޑިއޯއެވެ. މިފަހަރުގެ މި ޓެސްޓް ލާންޗްގައި ސަޖެސްޓެޑް ޕޯސްޓްސް މި ފީޗަރ ގެ ކޮންޓްރޯލްސް ޔޫޒަރ އަށް ލިބިގެން ދެއެވެ. އެއީ ސަޖެސްޓެޑް ޕޯސްޓްސް އަށް ފިލްޓަރ ވާ އެއްޗިހި ކަސްޓަމައިޒް ކުރެވުން އަދި ސަޖެސްޓެޑް ޕޯސްޓްސް 30 ދުވަހަށް ސުނޫޒް ކުރެވުންކަހަލަ ކޮންޓްރޯލްސް ތަކެވެ.

އިންސްޓަގްރާމް ސަޖެސްޓެޑް ޕޯސްޓްސް ކޮންޓްރޯލްސް ތަކުގެ ފޮޓޯއެއް

މި ފީޗަރ ގެ ފުރަތަމަ ޓެސްޓް ލާންޗްކޮށްފައިވަނީ މީގެ 1 އަހަރު ކުރިންނެވެ. ނަމަވެސް މިހާރު މިފީޗަރ މިވަނީ އިންސްޓަގްރާމުން އޮޕްޝަންސް ކަހަލަ އެއްޗިހި ހިމެނުމަށްފަހު ތަރައްޤީކޮށްފައެވެ.. މި ފީޗަރ ގެ 2ވަނަ ޓެސްޓް ފުރަތަމަ ލިބޭނީ މަދު ފަރާތްތަކަކަށެވެ.

މި ފީޗަރ އަކީ އަދި އިންސްޓަގްރާމުގައި ޓެސްޓް ފީޗަރ އެއް ކަމުގައި ވިޔަސް، މި ފީޗަރ ޕާރމަނެންޓް ކޮށް އިންސްޓަގްރާމަށް އަންނާނެ ކަމަށް ބެލެވެއެވެ.

އިންސްޓަގްރާމުން އަމާޒު ހިފާފައި ވަނީ ގިނަ ފަރާތްތަކުން އިންސްޓަގްރާމާ ގަޔާވުމާއި، އިންސްޓަގްރާމް ބޭނުން ކުރާ ފަރާތްތަކަށް އެ ޕްލެޓްފޯރމްގެ ޔޫޒަރ އެކްސްޕީރިއެންސް ރަނގަޅު ކުރުމެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.