އިންސްޓަގްރާމަށް ޑެސްކްޓޮޕުން ޕޯސްޓްކުރެވޭގޮތް ޓެސްޓްކުރަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންސްޓަގްރާމަށް ޑެސްކްޓޮޕުން ޕޯސްޓްކުރެވޭގޮތް ޓެސްޓްކުރަން ފަށައިފިއެވެ. އެގޮތުން ފޭސްބުކްއިން ވަނީ އެކުންފުނީގެ އިންސްޓަގްރާމް އަށް ޑެސްކްޓޮޕް ބްރައުޒާތަށް މެދުވެރިކޮށް ޕޮސްޓް ކުރެވޭގޮތް ހެދުމަށް ޓެސްޓުތަކެއް ކުރެވެމުންދާކަން ޔަގީންކޮށްދީފައިއެވެ.

ފޯނުންނަގާ ފޮޓޯތައް ހިއްސާކުރުމަށް ހާއްސަކުރެވިފައިވާ އިންސްޓަގްރާމްއަކީ ޒަމާނުއްސުރެ މޯބައިލް ބޭސްޑް އެޕްލިކޭޝަނެކެވެ. އެގޮތުން އިންސްޓަގްރާމްއަށް ޕޯސްޓްކުރުމާއި އަދި އިންސްޓަގްރާމްގެ މުހިންމު އެތަކެއް ފީޗާތަކެއް ވެބް ބްރައުޒާއަކުން ބޭނުމެއް ނުކުރެވެއެވެ.

މި ފީޗާގެ ފުރަތަމަ ފޮޓޯތައް މެއި މަހުގައި ވަނީ ލީކްވެފައިއެވެ. އެގޮތުން ބްރައުޒާއަށް ފޮޓޯތަކާއި ވީޑިއޯތައް އަޕްލޯޑުކުރުމަށް ޑްރޭގްކޮށް ޑްރޮޕްކުރެވޭ މަންޒަރު މި ފޮޓޯތަކުންވަނީ ފެނިގެންގޮސްފައިއެވެ. މީގެ އިތުރުން ފިލްޓާތަކާއި، ކްރޮޕް ކުރުމާއި ޕޯސްޓާއިއެކު ޕަބްލިޝްކުރުމަށް ބޭނުންވާ ލިޔުން ލިޔެވޭނެގޮތްވެސް މި ފީޗާމެދުވެރިކޮށް ލިބިގެންދާނެކަމަށް މި ފޮޓޯތަކުން ވަނީ ހާމަވެފައިއެވެ.

ނަމަވެސް ފޭސްބުކްއިން އޭރު މިކަމާއިބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާ ކޮންސަލްޓަންޓަކު މި ފީޗާތަކުގެ އައު ފޮޓޯތަކެއް ހާމަކުރުމާއިއެކު ފޭސްބުކްއިން ވަނީ ބްލޫމްބާގް މެދުވެރިކޮށް މިކަން ޔަގީންކޮށްދީފައިއެވެ.

އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ގިނަބަޔަކު އިންސްޓަގްރާމަށް ވަނުމަށް ކޮމްޕިއުޓަރުތައް ބޭނުންކުރާކަން އެކުންފުންޏަށްއެގެއެވެ. އެހެންކަމުން މި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި މި ވަސީލަތްތަކުން އިންސްޓަގްރާމަށް ޕޯސްޓް ކުރެވޭގޮތް ހެދުމަށް ޓެސްޓްތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ފޭސްބުކްއިން ވަނީ ހާމަކޮށްފައިއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.