ޕަބްޖީ މޯބައިލް އިން މަޝްހޫރު ކަރަންޓް ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ޓެސްލާ އާއި ޕާރޓްނާޝިޕެއްހަދައިފިއެވެ. ޕަބްޖީ މޯބައިލް އިން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ޕަބްޖީ މޯބައިލް އާއި ޓެސްލާ ގުޅިގެން ދަނީ ޕަބްޖީއަށް ޓެސްލާއާއި ގުޅޭ ތަފާތު ވައްތަރުގެ އައު ޕްރޮޑަކްޓްތަކެއް ގެންނަމުންނެވެ.
ޕަބްޖީއިން ޓެސްލާ އާއި ގުޅިގެން ނެރޭނެ ވަކި ޕްރޮޑަކްޓް ތަކެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ކޮށްފައިވާ ޓުވީޓުގެ ފޮޓޯއިން ޓެސްލާ އިމާރާތެއް ފެންނަން ހުރިނަމަވެސް އިންގޭމް ގެ އެއްވެސް ޕްރޮޑަކްޓެއް ހާމަ އެއް ނުވެއެވެ.
ނަމަވެސް ޕަބްޖީގެ ގިނަ ފޭނުން ބުނާގޮތުގައި ޕަބްޖީގެ ސީޒަން 15ގެ ބެޓަލް ޕާސް ގެ ޕްރޮޑަކްޓްތައް ވަރަށް ތަފާތުވެގެންދާނެއެވެ. ސީޒަން 15 ބެޓަލްޕާސްގައި ޓެސްލާ ސްޓައިލް ގެ އައުޓްފިޓް ތަކާއި ކާރު ސްކިންތައް ހިމެނިގެންދާނެއެވެ. އަދި މުޅި ގޭމް ތެރެއަށް ޓެސްލާގެ ކާރުތައް ވެސް އިތުރު ވެދާނެ ކަމަށް ބުނެއެވެ.
މިހާތަނަށް 3.4މިލިއަން އެކްޓިވް ޕަބްޖީ ޕްލެއަރުން ތިބިއުރު، ޕަބްޖީ އިން ދަނީ މަޝްހޫރު ކުންފުނިތަކާއި ބްރޭންޑް ޑިލްތަކާއި ކޮލާބްރޭޓްކޮށް ޕަބްޖީޔޫޒަރސް އަށް އައު އަޕްޑޭޓް ތަކާއި ސަޅި އިންގޭމް ޕްރޮޑަކްޓްސް ގެނެވޭތޯ ބަލަމުންނެވެ.
ޑިވެލޮޕާރ