ދަ ގްލޯބަލް ސްމާރޓްފޯން މޯބައިލް (ޖީއެލްއޯއެމްއޯ) ގެ ބެސްޓް ސްމަރޓްފޯން އެވޯޑް ސަމްސަންގް އެސް 21 އަލްޓްރާއަށް ލިބިއްޖެއެވެ. ދަ ގްލޯބަލް ސްމާރޓްފޯން އެވޯޑަކީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އިވެންޓެކެވެ. ކޯވިޑް ޕެންޑަމިކް އާއި ގުޅިގެން މިދިޔަ އަހަރު މި އިވެންޓް ނުބޭއްވުނު ކަމުގައިވިޔަސް މި އަހަރު މި އިވެންޓް ވަނީ ބާއްވާފައެވެ.
މި އަހަރު ބާއްވާފައިވާ ގްލޯބަލް މޯބައިލް އެވޯޑް ގެ ބެސްޓް ސްމާރޓްފޯން އެވޯޑައަށް އެންމެ ގިނަ ފަރާތްތަކުން ވޯޓް ދީފައިވަނީ ސަމްސަންގް އެސް 21 އަލްޓްރާ އަށެވެ.
އެސް 21 އަލްޓްރާ އަށް ވޯޓް ދީފައިވާ ފަރާތްތަކުން ބުނާ ގޮތުގައި އެމޮލެޑް ޑިސްޕްލޭ އަދި ހައި-ކޮލެޓީ ކެމަރާ ފަދަ ރަނގަޅު ފީޗާތައް ހިމެނޭ މި ފޯނަކީ މިހާތަނަށް ސަމްސަންގްއިން ނެރުނު އެންމެ ރަނގަޅު ފޯނަށް ވާތީ ދަ ގްލޯބަލް ސްމާރޓްފޯން މޯބައިލް ގެ ބެސްޓް އެވޯރޑް ލިބެން ޖެހެއެވެ.
މަތީގައިވާ ފޮޓޯ އިން ފެންނަ ގޮތުން އެންމެ ބެސްޓް ސްމާޓްފޯންގެ މަޤާމަށް ވާދަކުރާ ފޯނުތަކުގެތެރެއިން، އެއް ކޮމްޕެނީ އަކުން 2 ސްމާރޓް ފޯނު މި ލިސްޓަށް އަރާފައިވަނީ ސަމްސަންގުން އެކަންޏެވެ.
ތިރީގައި އެވާ ފޮޓޯއިން އެ ފެންނަނީ މި އެވާރޑް ދިން އިރު ބަލާފައިވާ ހުރިހާ ކަންތައްތަކެވެ.
ޑިވެލޮޕާރ