ނަތިންގ ކުންފުނީގެ ފުރަތަމަ ޕްރޮޑަކްޓް ރިލީޒްކޮށްފި

ހަސަން ޒަޔާން 02 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަންޕްލަސްގެ ކުރީގެ ކޯ-ފައުންޑަރ ކަމަށްވާ ކާރލް ޕެއިގެ އައު ކުންފުނި ކަމަށްވާ ނަތިންގ ގެ ފުރަތަމަ ޕްރޮޑަކްޓް ރިލީޒްކޮށްފިއެވެ. ނަތިންގ ކުންފުނިން އެންމެ ފުރަތަމަ ރިލީޒް ކުރި ޕްރޮޑަކްޓަކީ ނަތިންގ އިއަރ ވަން އިއަރބަޑްސްއެވެ. މޮޑާރން ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ މި ޕްރޮޑަކްޓުގައި ވަރަށް ގިނަ ފީޗަރތަށް ހިމެނެއެވެ.

ނަތިންގ ގެ މި އިއަރ ބަޑްސް ގެ ޑިޒައިން އަކީ ޓްރާންސްޕޭރެންޓް އަދި އެމީހުންގެ ލޯގޯގެ މައި ދެކުލަ ހުދު އަދި ރަތެވެ.

ތިރީގައި އެފެންނަވަނީ ނަތިންގ އިން އިއަރބަޑްސް ރިލީޒް ކުރުމަށް ތައްޔާރުކޮށްފައިވާ ވީޑިއޯ އެކެވެ.

ނަތިންގ އިއަރބަޑްސް ގެ ބައެއް ފީޗަރސް:

ނޮއިޒް ކެންސެލޭޝަން

ޓްރާންސްޕޭރެންސީ މޯޑް

ބްލޫޓޫތް 5.0

34 ގަޑިއރުގެ ބެޓެރި ލައިފް

ޓަޗް ރެކޮގްނައިޒޭޝަން

އަދި ވަޔަރލެސް ޗާރޖިން

ނަތިންގ ގެ ފުރަތަމަ ޕްރޮޑަކްޓުކަމަށް ވުމުން ވަރަށް ގިނަ މައްސަލަ މި އިއަރބަޑްސްގައި އުޅޭކަން ވަނީ ވަރަށް ގިނަ ފަރާތްތަކަށް ފާހަގަ ކުރެވިފައެވެ.

ޓްރާންސްޕޭރެންސީ މޯޑް ކޯލެއްގައި އިންދަ އެކްޓިވޭޓް ވުން ފާސްޓް ޕެޔާރގައި ބޮޑެތި މައްސަލަ ޖެހުން ޗާރޖިން ލައިޓް ނުދިއްލުން ފަދަ މައްސަލަތައް ފާހަގަ ކުރެވިފައި ވީނަމަވެސް ފަހުގެ ފާރމްވެޔަރ އަޕްޑޭޓްގައި ހައްލުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އިއާރބަޑްސް ބޭނުން ކުރަމުންދާއިރު އޮޓޮމެޓީކުން އެންސީ އޮފް އަދި އޮން ފަދަ މައްސަލަތަށް ވަރަށް ގިނައެވެ.

ނަތިން އިއަރ ބަޑްސްގެ ފޮޓޯ: ނަތިންގ

ނަތިން އިއަރ ބަޑްސްގެ ފޮޓޯ: ނަތިންގ

ނަތިންގ އިން އިއަރ 1 އެސް ރިލީޒްކުރަން މަސައްކަތް ކުރަމުންދާއިރު މިހުރިހާ ކަމެއް ހައްލު ވުމަކީ އެކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.