ފޭސްބުކް ރީލްސް ތަޢާރަފްކޮށް ބީޓާ ޓެސްޓިންގ އަށް!

ހަސަން ޒަޔާން 19 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކް ރީލްސް ތަޢާރަފްކޮށް ބީޓާ ޓެސްޓިންގ އަށް ފަށައިފިއެވެ. ފޭސްބުކް ރީލްސް މި ފީޗަރ އަކީ ޓިިކްޓޮކްގައި ހުންނަ ކަހަލަ ޝޯރޓް ވީޑިއޯ ތަކެކެވެ. ސްކްރޯލްކޮށް ލައިކް ދީ ޝެއަރކޮށް އަދި ކޮމެންޓްވެސް ކުރެވެއެވެ.

މި ފީޗަރ މިއަދު ތަޢާރަފްކޮށްފައިވާއިރު އެމެރިކާ، މެކްސިކޯ، އިންޑިއާ އަދި ކެނެޑާގާ މިހާރު މި ފީޗަރގެ ބީޓާ ޓެސްޓިންގ ދަނީ ކުރިއަށެވެ.

ފޭސްބުކް ރީލްސް ޢާންމު ވެގެންދާނީ ހުރިހާ އެންމެންނަށް އެއްތާކުން ބެލޭނެ ގޮތަކަށް ޔޫޒަރސްގެ ނިއުސްފީޑް އަދި ގުރޫޕްތަކުގަ އެވެ.

ފޭސްބުކް ރީލްސްގައި ހުރިހާ ފޭސްބުކް ޔޫޒަރސް އަށް އެހެން ފަރާތްތަކުގެ ރީލްސްތައް ބަލައި އަދި، ރީލްސް ކްރިއޭޓް ކުރެވޭނެއެވެ.

ފޭސްބުކް ރީލްސް ގުރޫޕް ތަކުގަ އަދި ނިއުސް ފީޑްގަ
ފޭސްބުކް ރީލްސް ވީޑިއޯއެއް ހަދަމުން ދަނީ

އިންސްޓަގްރާމް ޔޫޒަރސް އަށްވެސް ފޭސްބުކް ރީލސް ގައި ކްރޮސް-ޕޯސްޓް ކުރެވޭނެއެވެ.

ފޭސްބުކްގެ ރީލްސް ހިންގުމަށް ފޭސްބުކްއިން ކިހާ ހަރަދެއް ކުރާނެބާ؟

ފޭސްބުކްގެ ވާދަވެރިން ކަމަށްވާ ސްނެޕްޗެޓް ކުންފުނީގެ ސްޕޮޓްލައިޓްގައި ގިނަ ފަރާތްތަކުން ޕޯސްޓް ކުރުމަށް ކްރިއޭޓަރ ފަންޑެއްގެ ގޮތުގައި ހުރިހާ ފަރާތަކަށް 1 މިލިޔަން ޑޮލަރު ކޮންމެ ދުވަހަކަށް ހަރަދު ކުރަމުންދާއިރު، ޔޫޓިޔުބްއިން ޔޫޓިޔުބް ޝޯރޓްސްގައި ޕޯސްޓްކުރާ ފަރާތްތަކަށް ޝޯރޓްސް ފަންޑަށް 100 މިލިއަން ޑޮލަރު ކޮންމެ އަހަރަކަށް ހަރަދު ކުރެއެވެ. ފޭސްބުކް އިން ބުނާ ގޮތުގައި 2022 ވަނަ އަހަރު ރީލްސް ހިންގުމަށް އިންސްޓަގްރާމް އަދި ފޭސްބުކްގެ ކްރިއޭޓަރ ފަންޑަށް 1 ބިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ. އަދި ގިނަ ފަރާތްތަކުން ރީލްސްގައި ކޮންޓެންޓް ގިނަ ކުރުމުން ޕޭ އައުޓްވެސް ބޮޑުވާނެ ކަމަށް ބުނެއެވެ.

ފޭސްބުކްއިން ބުނާ ގޮތުގައި އޮފިޝަލް ރިލީޒް ނެރޭނީ 2022 ވަނަ އަހަރުގައެވެ.

ފޭސްބުކްއިން ދަނީ ރީލްސްއަށް ގިނަ ފީޗަރތަކެއް އިތުރުކޮށް އަދި ބޮޑެތި ހަރަދުތަކެއް ކްރިއޭޓަރ ފަންޑަށް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.