ކާކުކަން ދެނެގަތުމަށް ބޭނުންކުރެވޭ އެންމެ އިތުބާރު ހުރި ސިފަ

ހަސަން ޒަޔާން 25 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިނގިލީގެ ނިޝާނަކީ މީހުންގެ އަމިއްލަވަންތަ ކަން ދެނެގަތުމަށް ބޭނުންކުރަމުން އަންނަ ޒަމާންވީ އިތުބާރުހުރި ބަޔޯމެޓްރިކް އެކެވެ. އެއީ އިނގިލީގެ ނިޝާނަކީ އިންސާނާ ދުނިޔެއަށް އުފަންވުމުގެ ކުރިން އުފެދޭ ދާއިމީ ފާހަގައަކަށް ވެފައި އެއްވެސް ދެ އިނގިއްޔެއްގެ ނިޝާން އެއްގޮތްނުވާތީއެވެ.

އިގިލީގެ ނިޝާން ބޭނުންކުރަން ފެށި ތާރީހް

އިނގިލީގެ ނިޝާން އެންމެ ފުރަތަމަ މުޅި ދުނިޔޭގައި ބޭނުން ކުރަން ފަށާފައިވަނީ 1892 ވަނަ އަހަރުގައެވެ. އިނގިލީގެ ނިޝާން ހޯދައިފާވަނީ އާރޖެންޓީނާގެ ޗީފް ފުލުސް އޮފިސަރެއް ކަމަށްވާ ޖުއަން ވުސެޓިޗް އެވެ. އޭނާގެ މިހޯދުން އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ ކްރައިމް ސީން ތަކުގެ ފޮރެންސިކް ބޭނުން ތަކަށެވެ. އަދި އެންމެ ފުރަތަމަ އިނގިލީގެ ނިޝާން ރައްކާ ކުރަން ބޭނުން ކޮށްފައިވާ އުސޫލަކީ ކުއްވެރިންގެ އިނގިލީގެ ނިޝާން ފައިލް ތަކުގައި ރައްކާ ކުރުމެވެ.

އިނގިލީގެ ނިޝާން ބޭނުންކުރެވޭ ގޮތް

މި ޒމާނުގައި އިނގިލީގެ ނިޝާން ބަލައިގަނެވިފައިވަނީ ވަރަށް މުހިއްމު އަދި ބޭނުންތެރި އެއްޗެއްގެ ގޮތުގައެވެ. އެއީ އިނގިލީގެ ނިޝާނަކީ ދިރިއުޅުމުގެ ތަފާތު ޙާލަތްތަކުގައި ވަރަށް ގިނަ ކަންތައްތަކުގައި ބޭނުންކެރެވޭ މުހިއްމު ވަސީލަތަކަށް ވާތީއެވެ. އެފަދަ ބޭނުންތަކަކީ މިޒަމާނުގައި ތަރައްގީވަމުން މިއަންނަ ޓެކްނޮލޖީގެ އައު ވަސީލަތްތަކާއި ގުޅި ލާމެހިފައިވާ ބޭނުންތަކަކަށް ވުމާއި ގުޅިގެން މުހިއްމުކަން ބޮޑުވެފައިވާ ގޮތްތަކެކެވެ. އޭގެ ތެރޭގައި މޯބައިލް ފޯނު އެޕްލިކޭޝަންތައް ހުޅުވުމާއި، އެ އެޕްލިކޭޝަން ތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފޮރެންސިކް ބޭނުންތަކަށާއި، ކްރިމިނަލް އިންވެސްޓިގޭޝަން ތަކުގަޔާއި، އަދި އެއްބަސް ވުންތަކުގައި ސޮއި ގެ ބަދަލުގައި ނުވަތަ ސޮޔާއި އެކު ވެސް އިނގިލީގެ ނިޝާން ބޭނުން ކުރެވެމުން ދެއެވެ.

އިނގިލޭގެ ނިޝާން ބޭނުންކުރުމުން ދިމާވާ މައްސަލަ

މިފަދަ ބޭނުންތެރި މުހިއްމު ވަސީލަތެއް ބޭނުންކުރުމުގައި މަދުން ނަމަވެސް ދިމާވެދާނެ އުދަގޫތަކަކާއި ދަތިތަކެއް ހުރި އިރު ނުރައްކާތެރިކަން ވެސް އެހާ ބޮޑެވެ. އެގޮތުން ފާހަގަ ކުރެވޭ އެއް ކަމަކީ މީސް މީހުންގެ ނަމުގައި ފޭކް އިނގިލީގެ ނިޝާން ބޭނުންކޮށްގެން ފޭކް ލިޔެކިޔުންތައް އުފައްދައިގެން މަކަރާއި ހީލަތް ހަދާ އޮޅުވާލުމެވެ.

ލިބުނު މައުލޫމާތުތަކުގެ އަލީގައި އެނގިގެންދަނީ، ދުނިޔޭގެ ތާރީހް ގައި ގަރުނެއްހާ ދުވަސް ކުރިން އިގިލީގެ ނިޝާން ބޭނުންކުރިކަމާއި، ތަފާތު ބޭނުންތަކާއި ހާލަތްތަކުގައި އިނގިލީގެ ނިޝާން ބޭނުންކުރެވެމުން އައި ކަމާއި، އަދި މި މުހިއްމު ވަސީލަތް ބޭނުންކުރުމުގައި ދިމާވެދާނެ ދަތިތަކާއި އުދަގޫތަކުގެ އިތުރުން ނުރައްކާތެރި ކަން ހުރި ކަމެވެ. އަބަދުވެސް ތިމާ ވިސްނަން ވާނީ ކޮންމެ ހިދުމަތަކާއި ވަސީލަތެއް ބޭނުން ކުރި ކަމުގައި ވިޔަސް އެކަމަކުން ލިބޭނެ ފާދައިތަކާއި އެކު ގެއްލުންތަކެއް ވެސް ހުރެދާނެ ކަމަށް ވިސްނައިގެންނެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.