ޓެސްލާގެ ޑްރައިވިންގ ޑޭޓާ ސްޓޯރެޖް ހެކްކޮށްފި!

ހަސަން ޒަޔާން 22 އޮކްޓޯބަރު 2021

ނެދަލެންޑްސްގެ ފޮރެންސިކް ރިސާޗަރުންގެ ޓީމަކުން ޓެސްލާގެ ޑޭޓާ ސްޓޯރޭޖް ސިސްޓަމް ޑިކްރިޕްޓްކޮށް، ކްރޭޝް އިންވެސްޓިގޭޝަންތަކުގައި ބޭނުންކުރެވިދާނެ ފަދަ މައުލޫމާތުގެ އެކްސެސް ފޯރުކޮށްދީފިކަމަށް ރޮއިޓަރސް އިން މައުލޫމާތު ދެއެވެ.

ޓެސްލާއިން އެކުންފުނީގެ ކުރިއަރާފައިވާ އޮޓޯޕައިލެޓް (ސެލްފް ޑްރައިވިންގް އެސިސްޓެންސް) ސިސްޓަމް އަށް ކްރޭޝްއެއް ދިމާވެއްޖެ ހާލަތެއްގައި، އިންވެސްޓިގޭޓަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، ކަސްޓަމަރުންގެ ޑްރައިވިންގ ބިހޭވިއަރއާ ބެހޭ މައުލޫމާތު ރެކޯޑް ކުރަމުންދާކަމީ ސިއްރެއް ނޫނެވެ.

އެކަމަކު ނެދަލެންޑްސް ފޮރެންސިކް އިންސްޓިޓިއުޓް (އެންއެފްއައި) ގެ ދިރާސާކުރާ ފަރާތްތަކުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ޓެސްލާގެ ވެހިކަލްތަކަކީ ކުރިން އެނގިފައިވާ ވަރަށް ވުރެ ތަފްސީލީ ޑޭޓާ ރައްކާކުރާ ވެހިކަލްތަކެއް ކަމަށާއި، އޭގެ ތެރޭގައި ސްޕީޑާއި އެކްސެލެރޭޓާ ޕެޑަލް ޕޮޒިޝަން އާއި ސްޓިއަރިން ވީލް އޭންގަލް އަދި ބްރޭކް ޔޫސޭޖް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ޑޭޓާ 2 އަހަރު ވަންދެން ރައްކާ ކުރެވޭނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ.

މި އިންފޮރމޭޝަންސް ހެކްކުރުމުގެ ސަބަބުން ޓެސްލާގެ ވެހިކަލްތަކުގައި އޮޓޯޕައިލޮޓް ބޭނުންކުރަމުންދާއިރު، ޓެސްލާގެ ވެހިކަލްތަކާއި އެހެނިހެން ވެހިކަލްތަކުގައި ހިނގި އެކްސިޑެންޓްތަކުގެ އެތައް ހާދިސާއެއް ތަހުގީގު ކުރަމުންދާ އެމެރިކާގެ އިންވެސްޓިގޭޓަރުންނަށް އަސަރުތަކެއް ކޮށްފާނެ ކަމަށް ގިނަބަޔަކު މީސްމީޑިޔާގައި ޝުއޫރު ފާޅުކޮށްފައި ވެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.