އިންޓެލްގެ އައު ޕްރޮސެސަރ ރިލީޒްކުރުމުގެ ކުރިން ވިއްކައިފި!

ހަސަން ޒަޔާން 23 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޓެލްގެ އާ ކޯރ i9-12900K ޕްރޮސެސަރ ގެ މައުލޫމާތު ހާމަކުރުމުގެ ކުރިން ވަނީ އޮޅުމަކުން މި އައު ޕްރސެސަރ މީހަކަށް ވިއްކާފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރެޑިޓް ގެ ޔޫސަރަކު ވަނީ އެލްޑަރ ލޭކް ނަމަކަށް ކިޔާ ރިލީޒްނުކުރާ ޕްރޮސެސަރ އެއް ރަސްމީ ގޮތުން ލޯންޗް ކުރުމުގެ ކުރިން އޯރޑަރ ކޮށްފައެވެ. ރެޑިޓް ގެ ޔޫސަރ ސެބީ9123 ބުނާ ގޮތުގައި ދެ ޕްރޮސެސަރ އެއް 610 ޑޮލަރަށް ގަނެ، އެމީހުންނަށް ލިބުނު ޕެކޭޖިންގ ގެ ފޮޓޯތައް ޕޯސްޓް ކޮށްފައި ވެއެވެ.

ޕްރޮސެސަރ އަކީ ނޫކުލައިގެ ޕެކޭޖިންގ ގައި އަންނަ އެއްޗަކަށް ވާއިރު، ޔުނިޓް އަމިއްލައަށް ވެސް ރަން ކުލައިގެ ޑިސްކެއްގައި ބަންދުވެފައި ހުރެއެވެ. ސެބީ9123 އިން ޕޯސްޓްކޮށްފައިވާ ފޯޓޯތަކުގައި މި މަސް ފެށުނުއިރު މި ޕްރޮސެސަރގެ ޕެކޭޖިންގ ލީކުވި ފޮޓޯތަކާއި އަސްލު ޕެކޭޖިންއާ އެއްގޮތް ކަމެއް އެބަހުއްޓެވެ.

ދަ ވާޖް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މައިކްރޯ ސެންޓަރުން ރީޓެއިލް ލިސްޓެއް ގައި ވެސް ވަނީ ޗިޕްގެ ސްޕެކްސް ލީކުވެފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 3.2GHz އޮޕަރޭޓިން ފްރިކުއެންސީއަކާއި 5.2GHz،16 ކޯރގެ ޓާބޯ ސްޕީޑަކާއި 24 ތްރެޑްގެ އިތުރުން އެލް ތްރީ ކޭޝް 30 އެމްބީ އެވެ. މި ލިސްޓްގައި 125W ގެ ތަރމަލް ޕަވަރ، ޑީޑީއާރް 5 މެމޮރީއަށް ސަޕޯޓް ކުރުން، އަދި ޕީސީއައި ޖެން 5 ގެ ތާމަލް ޕަވަރ ވެސް ތަފްސީލުކޮށް ހިމަނާފައިވެއެވެ.

އިންޓެލް އިން 28 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހު ބާއްވާ އިވެންޓްގައި ކޯރ އައި9-12900ކޭ ޕްރޮސެސަރ ލޯންޗް ކުރާނެ ކަމަށް ބެލެވެއެވެ. ޕްރޮސެސަރުން ހޯދުމަށް ޝިޕިން މަސައްކަތް މިމަހުގެ ފަށާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

ބިޒްނަސް އިންސައިޑަރ އިން ބުނާގޮތުގައި ދުނިޔޭގެ ފެންވަރުގައި ޗިޕް މަދުވުމުގެ ސަބަބުން ކާރު އުފައްދާ ކުންފުނިތަކަށާއި ކޮންސިއުމަރ އިލެކްޓްރޯނިކްސް ކުންފުނިތަކަށް އަސަރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަޕްލައިއަށް އޮތް ޑިމާންޑް ވަނީ މައްޗަށް ޖެހިފައެވެ.

އޭސަރ އެގްޒެކެޓިވް އެއް ކުރިން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޗިޕް ގެ ދަތިކަން ދެމިގެން ހިނގައިދާނެ ކަމަށް ކަސްޓަމަރުންނަށް ލަފާ ކުރެވިދާނެ ކަމަށެވެ.

އޮޅުމަކުން މި އައު ޕްރޮސެސަރ އޯރޑާރ ކުރެވޭ ގޮތް ހެދުމަކީ އިންޓެލް ކަހަލަ ބޮޑު ކުންފުންޏަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެއީ ޕްރޮސެސަރ ރިލީޒް ކުރުމުގެ ކުރިން މިހާރު އެވަނީ އޮޅިގެން މި ޕްރޮސެސަރ ކަސްޓަމަރ އަކަށް ޑެލިވަރ ކޮށްފައެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.