ކްލަބް ހައުސްއިން ލިންކް ޕިން ކުރެވޭ ފީޗާއެއް ތައާރަފުކުރަނީ

ހަސަން ޒަޔާން 24 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއަދު ދަ ވަރޖްސް އޮން ދަ ވަރޖް އިވެންޓުގައި، ކްލައުބްހައުސްގެ ސީއީއޯ ޕޯލް ޑޭވިސަން އާއި ގްލޯބަލް ހެޑް އޮފް މާކެޓިންގ މާޔާ ވޮޓްސަން ވަނީ، މޮޑަރޭޓަރުންނަށް ކްލަބްހައުސްގެ ރޫމްއެއްގެ އެންމެ މަތީގައި ލިންކްތައް ޕްރޮމޯޓް ކުރުމުގެ ފުރުސަތު ލިބޭގޮތަށް، އާ ޕިންޑް ލިންކް ފީޗަރއެއް އިޢުލާންކޮށްފައެވެ.

މި ލިންކްތަކުން މޮޑަރޭޓަރުން ބޭނުންވާ ކޮންމެ އެއްޗެއް، ޕެޓްރީއޮން ޕޭޖެއް، ނިއުސް އާޓިކަލެއް، ރެޑިޓް ޕޭޖެއް، ވެބްސައިޓް ލިންކެއް ނުވަތަ ޕޮޑްކާސްޓެއް ފަދަ އެއްޗެއް ސީދާ އަޑުއަހާ މީހުންނަށް ފެންނަ ގޮތަށް ޕިން ކުރެވިދާނެއެވެ.

އެހެންނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ބައެއް ލިންކުތައް ޕިން ކުރުމަށް ފުރުސަތެއް ނުދެވޭނެ ކަމަށް ވެއެވެ. ކްލަބްހައުސްގެ ސީއީއޯ ވާހަކަފުޅުގައި ހުއްދަ ނުދޭނެ ލިންކްތަކުގެ ނަން ސާފުކޮށް ހާމަކޮށްފައި ނުވި ނަމަވެސް އޭނާ އިޝާރާތްކޮއްފައިވަނީ ޗައިލްޑް އެބިއުސް ވީޑިއޯތަކުގެ ލިންކުތައް އަދި އޮންލީފޭންސް އާ ގުޅޭ ލިންކްސް ލާން ހުއްދަ ނުދޭނެ ކަމަށެވެ.

ކްލަބްހައުސް ރޫމްގެ ކޮންމެ މޮޑަރޭޓަރަކަށްވެސް ލިންކެއް އެޑްކޮށް، ބަދަލުކޮށް، ނުވަތަ ރިމޫވްކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.މި ފީޗާ އައިއޯއެސް އަދި އެންޑްރޮއިޑް ދެ ވާޝަން އަށް ވެސް އޮކްޓޯބަރު 27 ގައި ރޯލްއައުޓް ވާނެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.