ދަގަނޑު ވަޅިއަށްވުރެ 3 ގުނަ ތޫނު ލަކުޑި ވަޅިއެއް!

ޢާއިޝަތު ޝައިހާ 26 އޮކްޓޯބަރު 2021

ވަޅިތަކުގެ ގޯލްޑް ސްޓޭންޑަޑަކީ އާންމު ގޮތެއްގައި ސްޓީލް ނުވަތަ ސެރަމިކްސް އެވެ. ނަމަވެސް އޮކްޓޯބަރު 20 ވަނަ ދުވަހު ޖާނަލް މެޓަރގައި ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި، މެޓީރިއަލް ސައިންޓިސްޓުން އެމީހުންގެ އެންމެ ފަހުގެ އުފެއްދުމެއް ކަމަށްވާ "ހަރޑެންޑް ވުޑް ނައިފް" އަކީ ސްޓެއިންލެސް ސްޓީލް ޑިނަރ ވަޅިއަކަށްވުރެ ތިން ގުނަ ތޫނު ވަޅިއެކެވެ. ޔުނިވާސިޓީ އޮފް މެރީލޭންޑްގެ މެޓީރިއަލްސް ސައިންޓިސްޓެއް އަދި ލިޔުންތެރިއެއް ކަމުގައިވާ ޓެންގް ލީ ބުނާ ގޮތުގައި މި ވަޅިން މީޑިއަމް-ވެލް ޑަން ސްޓޭކެއް "ފަސޭހައިން" ކޮށާލެވިދާނެއެވެ. އަދި މިއީ ގިނަފަހަރު ބޭނުން ކުރެވޭ ގޮތަށް އުފައްދާފައިވާ ވަޅިއެކެވެ.

"އަހަރެމެންގެ ބަދިގޭގައި ވަރަށް ގިނަ ފަހަރަށް ބޭނުން ކުރާ ވަރަށް ގިނަ ވުޑް ޕީސްތައް އެބަހުރި. މިސާލަކަށް ކަޓިން ބޯޑެއް، ޗޮޕްސްޓިކް، ނުވަތަ ރޯލިން ޕިން ފަދަ އެއްޗެހި އެބަހުރި،" ލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. "މި ވަޅިތައް ވެސް ވަރަށް ގިނަ ފަހަރު ބޭނުން ކުރެވިދާނެ، އެ ވަޅިތައް ރީސާފޭސް ކޮށް، ތޫނުކޮށް، ހަމަ އެހެން ވަޅިތަކެކޭ އެއްގޮތަށް މަސައްކަތް ކުރޭ."

ކަޓްލަރީއަށް ލަކުޑި ބޭނުން ކުރުމަކީ އާ ވިސްނުމެއް ނޫނެވެ. އެކަމަކު ލީގެ ޓީމުން ވަނީ ވަޅީގެ މިޔައިގެ ވަރުގަދަކަން 23 ގުނަ އަށް އިތުރުކޮށް، ވަޅިތަކުގައި ދަނގަޑުފަދައިން ހަރުކުރުމަށް ދެ މަރުހަލާއެއް ފުރިހަމަކޮށްފައި ވެއެވެ. މިކަން ހާސިލްވީ ވުޑް ގެ މަތީ ލެވެލް ސެލިއުލޯސް ހިފެހެއްޓިފައިވާކަން ޔަގީން ކޮށްގެންނެވެ.

ޢާއްމުގޮތެއްގައި ލަކުޑީގައި 50 އިންސައްތަ ސެލިއުލޯޒް ހުރެއެވެ. މިސެލިއުޒްގައި ބައެއް ސްޓްރަކްޗަރަލް އިންޓެގްރިޓީ ފޯރުކޮށްދެއެވެ. އަދި ބާކީ ބައި ގައި ބަލިކަށި މޮލިކިއުލްތައް އެކުލެވިގެން ވެއެވެ. ލީގެ ދެ ފިޔަވަޅަށް ބަހާލައިގެން ނިކަމެތި ބައިތައް ފިލުވާލައި ސެލިއުލޯސް ހިފެހެއްޓޭނެ ގޮތް ހެދިއެވެ. ވުޑް ކޯޓިންގ ގައި ހުންނަ މިނެރަލް ތެލުގެ ސަބަބުން އަކީ ބޭނުން ކުރުމާއި ދޮވުމުގެ ތެރޭގައި އޭގެ ތޫނުކަން ރައްކާތެރިކުރުމަށް އެހީތެރިވެދެއެވެ.

ހައި ރިޒޮލިއުޝަން މައިކްރޮސްކޯޕެއް ބޭނުންކޮށްގެން ލީގެ ޓީމުން ވަނީ ވަޅީގެ ބާރުގަދަކަން ހިފަހައްޓަނީ ކީއްވެގެންތޯ ބެލުމަށް ލަކުޑި ވަޅި ތަހުލީލު ކޮށްފައެވެ. އެމީހުންނަށް އެނގިގެން ދިޔަ ގޮތުގައި ދެމަރުހަލާގެ ޕްރޮސެސް ގެ ސަބަބުން އެއްވެސް ކަހަލަ އުނިކަމެއް އައުން ހުއްޓިގެން ދިޔައީއެވެ. "މެޓީރިއަލްގެ ވައްތަރެއްގެ ވަރުގަދަކަމަކީ ހުސް، ޗެނަލްތައް، ނުވަތަ ޕިޓްފަދަ އުނިސިފަތަކުގެ ސައިޒާއި ޑެންސިޓީއަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމެއް ކަމުގައި ލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ލަކުޑި ވަޅިތައް ހެދުމާއި ހިސާބުން މި ޓީމުގެ މަސައްކަތް ހުއްޓާލާފައި ނުވެއެވެ. އަދި ކޮންވެންޝަނަލް ސްޓީލް މޮހޮރުފަދަ ލަކުޑި މޮހޮރުތައް ވެސް އެމީހުން އުފެއްދި އެވެ.

ވަޅީގެ ފަންކްޝަނަކީ ހައިރާންކުރުވަނިވި ފަންކްޝަނެއް ނަމަވެސް އޭގެ މެނުފެކްޗަރިން ޕްރޮސެސް ވެސް މުހިންމު ވެދެއެވެ. އެ ޓީމުން ލިޔެފައިވާ ގޮތުގައި އެއީ "އިއާދަކުރަނިވި އަދި އަގުހެޔޮ އޯލްޓަނޭޓިވް" އަކަށް ވެދާނެ ކަމަށާއި، "ޕްލާސްޓިކް ޓޭބަލް ގެ ބާވަތްތައް ބަދަލުކުރުމުގެ ގާބިލްކަން" ހުރި ކަމަށެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.