ޔޫޓިއުބަށް ޕޮޑްކާސްޓް ތަޢާރަފުކުރަން ވިސްނަނީ

ޙުސައިން ދީމް މުޙައްމަދު 27 އޮކްޓޯބަރު 2021

ޔޫޓިއުބަށް ޕޮޑްކާސްޓު ތަޢާރަފުކޮށް ކުރިއެރުވުމަށް މަސައްކަތްކުރަން ފައްޓައިފިއެވެ. މިގޮތުން ގޫގަލްއިންވަނީ ޔޫޓިއުބުގައި ޕޮޑްކާސްޓް ކުރިއެރުވުމަށް ޚާއްސަ ސްޕެޝަލިސްޓެއްވެސް އައްޔަނުކޮށްފައެވެ. "ޕޮޑްކާސްޓް ލީޑް" އެއްގެ ނަމުގައި އައްޔަނުކުރެވުނު ކައި ޗުކް ނަމަކަށް ކިޔުނު މިސްޕެޝަލިސްޓްގެ މަސްޢޫލިއްޔަތަކީ، ތަފާތު އެކި ޕޮޑްކާސްޓުތައް އެއްކޮށް ޔޫޓިއުބުގެ ތެރޭގައި އެޕޮޑްކާސްޓުތަކާއި ބެހޭ މުއާމަލާތުތައް މެނޭޖުކުރުމެވެ. ޗުކްއަކީ ޔޫޓިއުބުގައި 10 އަހަރުވަންދެން މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. މިގޮތުން އޭނާ ހާއްސަވެފައިވަނީ މީޑިއާ ޕާޓްނަޝިޕްތަކެށެވެ.

ޔޫޓިއުބުން ޕޮޑްކާސްޓްތަކުގެ ފީޗާ ތަޢާރަފުކުރަން މަސައްކަތްކުރަމުން ގެންދާތާ ދުވަސްކޮޅެއް މިހާރު ފާއިތުވެފައިވާއިރު، ފަހުން އައިސް އެންމެ އަޑުހަރުކޮށް ކިޔަމުން އައީ ޔޫޓިއުބުގައި ޕޮޑްކާސްޓްތައް މެނޭޖުކުރާނޭ އެގްޒެކިއުޓިވްއެއް އައްޔަނުކުރުމުގެ ވާހަކައެވެ. ޗުކްއާއި އެކު މިހާރު އެހަރުފަތް މިވަނީ ގިރާކުރެވިފައެވެ. ކައިރި މުސްތަޤްބަލެއްގައި ޔޫޓިއުބުން ޕޮޑްކާސްޓްތަކުގެ ދުނިޔެއަށް މިކުރާ ދަތުރުގައި އިތުރު ކުރިއެރުންތަކެއް ފެނިގެންދާނޭ ކަމަށް ބެލެވެއެވެ.

ސާފުނުވާކަމަކީ، ޔޫޓިއުބުން ޕޮޑްކާސްޓް ތަޢާރަފުކުރަން ގަސްތުކުރަނީ ކިހިނެއްކަމެވެ. ސަބަބަކީ، މިހާރުވެސް ޔޫޓިއުބުގައި ފުދޭވަރަކަށް ޕޮޑްކާސްޓަރުންގެ ކޮންޓެންޓް ފެންނަން ހުރެއެވެ. ޕޮޑްކާސްޓަރުންގެ މި ކޮންޓެންޓް ޔޫޓިއުބަށް އަޕްލޯޑްކުރަނީ ގޫގަލްގެ އެކި ސާވަރުތައް ބޭނުންކޮށްގެންކަމުން މިހާރުވެސް ގޫގަލްއަށް މިކަމުން ފައިދާއެއް ލިބެއެވެ. އެއީ އެޕޮޑްކާސްޓް ވީޑިއޯތައް ޔޫސާރ ޑާޓާގެ މައްޗަށް ބިނާކޮށް މޮނެޓައިޒްކޮށްގެންނެވެ.

ފަހަރުގައި ޔޫޓިއުބުން އަޅަން މިއުޅޭ އާފިޔަވަޅަކީ ޕޮޑްކާސްޓަރުންނަށް އޯޑިއޯ ހޯސްޓްކުރެވޭނެ ޕްލެޓްފޯމެއް ޔޫޓިއުބުގައި ޤާއިމްކުރުމެވެ. އޭރުން އެއްބައި ޕޮޑްކާސްޓަރުން އެމީހުންގެ މައި ހޯސްޓިންގް ޕްލެޓްފޯމަކަށް ޔޫޓިއުބު ހަދައިފާނެއެވެ. ނަމަވެސް މަޤްބޫލުކަން ބޮޑު ޕޮޑްކާސްޓުތަކުން މިފުރުސަތުގެ ބޭނުންކޮށް ޔޫޓިއުބަކީވެސް އެމީހުންގެ ޕޮޑްކާސްތައް ހޯސްޓުކުރަން ބޭނުންކުރާ އެތައް ޕްލެޓްފޯމެއްގެ ތެރެއިން އެއްޕްލެޓްފޯމްކަމުގައި ހަދައިފާނެއެވެ. ވާހަކައަކީ، ހަމައެކަނި ޔޫޓިއުބަށް ޚާއްޞަނުވެ، އެއީވެސް އެމީހުން ބޭނުންކުރާ ގިނަޕްލެޓްފޯމްތަކުގެ ތެރެއިން އެއްޕްލެޓްފޯމް ކަމުގައި ހަދާފާނެއެވެ. ޕޮޑްކާސްޓަރުންނަށް ފައިދާ ބޮޑުގޮތަކީ މިއީއެވެ.

މިހާރުވެސް ޕޮޑްކާސްޓް އަޑުއަހާ ފަރާތްތަކުން، ޕޮޑްކާސްޓު ހުޅުވައިގެން އިނދެ ބަލައި އެހެން ވީޑިއޯތަައް އޯޑިއޯ އެޑްވަރޓައިޒިންއަށް ޔޫޓިއުބުން ބޭނުންކުރެއެވެ. ގޫގަލްއިން ހާމަކުރިގޮތުގައި ފާއިތުވިއަހަރު ގޫގަލްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޕޮޑްކާސްޓު އަޑުއެހި %15 މީހުން ކަންކުރީ މިހެންނެވެ. ވީމާ މިހާރު ޔޫޓިއުބުގެ ތެރޭ ޕޮޑްކާސްޓުގެ ފީޗާ ތަޢާރަފުކުރުމުން މިބައި ބޮޑުވެގެންދާނެކަމަށް ފެނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.