ނިކުތުމުގެ ކުރިންވެސް 1 މިލިއަން ކުޅުންތެރިން ކުޅުނު ގޭމެއް

ޙުސައިން ދީމް މުޙައްމަދު 10 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިދިޔަ އަންގާރަދުވަހު ބާޒާރަށް ނިކުތުމުގެ ކުރިން "ފޯރްޒާ ހޮރައިޒޮން-5" 1 މިލިއަން އާ ގާތްކުރާ އަދަދެއްގެ މީހުން ކުޅެފިއެވެ. މިގޮތުން ޕީސީ އަދި އެކްސްބޮކްސް މެދުވެރިކޮށް 99 ޑޮލަރު (ނުވަތަ 85 ޔޫރޯ)ގެ އަގުދީގެން، ކުރިން ކުޅެވޭގޮތަށް މިގޭމްގެ ޕްރީމިއަމް އެޑިޝަން 800،000 އަށްވުރެ ގިނަ ކުޅުންތެރީން ގަނެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. އަސްލު ބާޒާރުގައި މިގޭމުގެ އަގަކީ 45 ޑޮލަރު (40 ޔޫރޯ) އެވެ.

ފޯރްޒާ ހޮރައިޒަން-5ގެ ކާމިޔާބު ވިޔަފާރިއާއިއެކު އެކްސްބޮކްސް ކުންފުންޏަށް މިހާރުވެސް 36-79 މިލިއަން ޑޮލަރާއި ދެމެދުގެ ފައިދާއެއް ލިބިފައިވާކަމަށް ލަފާކުރެވެއެވެ. ގޭމް އަސްލު އަގުގައި ބާޒާރަށް ނިކުތުމާއެކު މިއަދަދުތައް އިތުރުވާނޭ ކަމަށް ބެލެވެއެވެ.

ރަސްމީކޮށް ބާޒާރަށް ނިކުތުމުގެވެސް ކުރިން ސްޓީމްގައި އެންމެ ހަލުވިކަމާއެކު ވިކޭ ގޭމުގެ މަޤާމް ފޯރްޒާ ހޮރައިޒޮން-5 މިވަނީ ހޯދާފައެވެ. މިއާއެކު މިއަހަރުގެ އެންމެ ހައިރޭޓަޑް ގޭމްގެ މަޤާމްވެސް ފޯރްޒާ ހޮރައިޒޮން-5 މިވަނީ ކަށަވަރުކޮށްފައެވެ. ޕީސީ ބޭނުންކޮށްގެން މިގޭމް ކުޅޭ ފަރާތްތަކުގެ މެދުގައި މިހާރުވެސް ރަނގަޅު ކްރިޓިކަލް ރިސެޕްޝަންއެއް ލިބިފައިވާއިރު، އެކްސްބޮކްސްގައި މިގޭމްގެ ރެޓިންގްތައްވެސް ދަނީ މަތިވަމުންނެވެ. އެެހެންނަމަވެސް، މެޓަކްރިޓިކްގައި މިގޭމަށް ލިބުނީ އެންމެ 91 ޕޮއިންޓެވެ. މިއާއެކު އެވިޔުގާގައި މިގޭމަށް ލިބިފައިވަނީ ހަވަނައެވެ. އެހެންމަވެސް ފާހަގަކޮށްލަންޖެހޭ ތަންކޮޅަކީ، މެޓަކްރިޓިކްގައި، ފޯރްޒާ ހޮރައިޒޮންގެ މައްޗަށް ރޭޓިންގް ލިބިފައިވަނީ މުޅީންވެސް ކުރީގެ ގޭމްތަކުގެ ރީރިލީޒްތަކަށެވެ. އެހެންކަމުން އަލަށް މިއަހަރު ނެރެވުނު ގޭމްތަކުގެ ތެރެެއިން އެންމެ މަތީ ރޭންކެއްގައި އޮތް އެއްގޭމަކީ ފޯރްޒާ ހޮރައިޒޮން-5ކެެވެ.

ވީޖީސީއިން ސިފަކުރިގޮތުގައި، ފޯރްޒާ ހޮރައިޒޮން-5 މިއީ މިޖީލުގެ އެންމެ ފުރަތަމަ "ޒަރޫރީ" ގޭމެވެ. މާނައަކީ ކާރު ރޭސްކުރާ މިގޭމުގެ ތަފާތުކަމާއި މޮޅުކަމުގެ ސަބަބުން، މިއީ މިޖީލުގެ ކުޅުންތެރިން ނުކުޅެ ދޫކޮށްލަންވާނޭ ވަރުގެ ގޭމެއް ނޫނެވެ. މިގޭމްގެ ރޭސްތައް ބިނާވެފައިވަނީ އާދަައިގެ ޕްރޮގްރެޝަން ސިސްޓަމްތަކާ ޚިލާފަށް، އެކުޅުންތެރިއެއް ފޯކަސްކުރަން ބޭނުންވާ ފީޗާތަކަކަށް ޚާއްޞަކަންދެވޭ ޕްރޮގްރެޝަން ސިސްޓަމްއެކެވެ. މިގޭމްގެ އެންމެ ބޮޑު ޚާއްޞިއްޔަތަކީ މިއީއެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.