ކަނޑުން ހޮވާ ޕްލާސްޓިކް ތެލަށް ބަދަލުކުރެވިދާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އެގޮތުން މި ޕްލާސްޓިކްއިން ތެޔޮ އުފެއްދުމަށް އެންމެ ދެމެހެއްޓެނިވި ގޮތަކީ ކަނޑުމަތީގައި މިމަސައްކަތްކުރުން ކަމަށްވެސް މިދިރާސާއިން ދައްކައެވެ.
ކަނޑުތަކަށް އުކާލާފައިވާ ޕްލާސްޓިކް ކުނިބުންޏަކީ ހަމައެކަނި ކަނޑުގެ ދިރުންތަކަށް އޮތް ގެއްލުމެއް ނޫނެވެ. އޭގެ ބަދަލުގައި މި ތަކެއްޗަކީ ހަކަތަ ހޯދުމަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. އެގޮތުން މިތަކެތި ހަކަތައަށް ބަދަލުކުރުމަށް އެންމެ ދެމެހެއްޓެނިވި ގޮތަކީ ހައިޑްރޯތާމަލް ލިކުއިފެކްޝަން (އެޗްޓީއެލް) ބޭނުންކުރުމުވެ. މީގެ އިތުރުން މި ދިރާސާކުރި ފަރާތްތަކުން ވަނީ ގްރޭޓް ޕެސިފިކް ގާބޭޖް ޕެޗްގެ ނަމުން މަޝްހޫރުވެފައިވާ ކުނީގެ ސަރަހައްދު ސާފުކުރުމުގެ އޮޕަރޭޝަނެއް ހިންގާނެ އެންމެ ރަނގަޅުގޮތް ދެނެގަތުމަށް މޮޑެލްއެއްވެސް އުފައްދާފައިއެވެ.
ކަނޑުން ހޮވާ ބައެއް ޕްލާސްޓިކް ކުނިބުންޏަކީ އެކިބޭނުމަށް އަލުން ރީސައިކަލް ކުރެވޭ ބާވަތްތަކެވެ. އެގޮތުން މިޕްލާސްޓިކްއިން އުފައްދާ ތަކެއްޗަކީ ކަނޑުތަކުން ޕްލާސްޓިކް ކުބުނި ހޮވުމަށް ހިންގޭ އޮޕަރޭޝަންތަކަށް ހަރަދުކުރުމަށް އިތުރު ފީއެއް ހިމަނައިގެން ވިއްކާތަކެއްޗެވެ. ނަމަވެސް މިފަދަ ގޮތަކަށް ބޭނުންކުރެވެނީ ދުނިޔޭގެ ކަނޑުތަކުގައި ދައުރުވަމުންދާ ކުނީގެ ނިސްބަތުން ވަރަށް މަދު އެތިކޮޅެކެވެ. އެހެންކަމުން މިތަކެތިން ތެޔޮ އުފެއްދުމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވިދާނެކަމެކެވެ.
ކަނޑުން ހޮވާ ޕްލާސްޓިކުން ތެޔޮ އުފެއްދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކުނި ނެގުމަށް ހާއްސަ އުޅަނދުތަކުގައި ގިނދުވަސްތަކެއް ވަންދެން ކުނި ރައްކާކުރުންކަމަށް މިދިރާސާކުރި ފަރާތްތަކުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އެތަށް ހާސް ކިލޯމީޓަރެއް ދުރުގައި އޮންނަ ބަނދަރަކަށް އަނބުރާ އައިސް ކުނިތަށް ހުސްކޮށް އަލުން އެޔަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ބަރުކޮށްގެން ދަތުރަށް ފެށުމަކީވެސް މި މަސައްކަތަށް ދިމާވާނެ ގޮންޖެހުމެއްކަމަށް މިދިރާސާކުރި ފަރާތްތަކުން ވަނީ ހާމަކޮށްފައިއެވެ.
ޕްލާސްޓިކް ކުނިބުނި ހޮވުމަށް ކުރާ މަސައްކަތަށް އޮތްއެންމެ ބޮޑު ގޮންޖެހުމަކީ މި އުޅަނދުތަކަށް އަހަރެއްގެ މައްޗަށް އެއްކުރެވޭނީ ކިހާ ވަރެއްގެ ޕްލާސްޓިކެއްކަމާއި، އެކަން ކުރުމުގައި ކިހާ ވަރެއްގެ ހަކަތައެއް ހޭދަކުރަންޖެހޭނެކަމާމެދު ސުވާލުއުފެދުމެވެ. ނަމަވެސް މިދިރާސާކުރި ފަރާތްތަކުން ހާމަކުރާ ގޮތުގައި އެޗްޓީއެލް ކޮންވާޓަރަކާއިއެކު ދަތުރުކުރާ އުޅަނދަކަށް އަނބުރާ ބަދަރަށް އައުމުގެ ބަދަލުގައި އެޔަށް ބޭނުންވާ ހަކަތަ ކަނޑުމަތީގައި އުފެއްދޭނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް