އެންމެ ގިނަ ވައިފައި ހޮޓްސްޕޮޓް ދުނިޔޭގެ ރިކޯރޑު މެކްސިކޯ

ހަސަން ޒަޔާން 12 ނޮވެމްބަރު 2021

އެންމެ ގިނަ ފްރީ ވައިފައި ހޮޓްސްޕޮޓް ހުރި ސިޓީގެ އެވާރޑް މެކްސިކޯ ސިޓީއަށް ލިބިއްޖެއެވެ. މެކްސިކޯ އަށް މި އެވާރޑް ލިބެން މެދުވެރިވި ސަބަބަކީ އެތައް ހާސް ޕަބްލިކް އިންޓަރނެޓް އެކްސެސް ޕޮއިންޓްތަކެއް މުޅި ސިޓީގެއެކި ތަންތަނުގައި ހުރުމުގެ ސަބަބުންނެވެ. މި ލިސްޓުގެ ދެވަނައިގައި އޮތީ މޮސްކޯ ސިޓީ، ތިންވަނައިގައި ސޮއުލް އަދި ހަތަރުވަނައިގައި ވަނީ ޓޯކިޔޯއެވެ.

މެކްސިކޯ ސިޓީ މޭޔަރ ކްލައުޑިއާ ޝެއިންބައުމް އަށް އެންމެ ގިނަ ވައިފައި ހޮޓްސްޕޮޓް ހުރި ސިޓީ (21،500 ވައިފައިސްޕޮޓްސް) ގެ އެވާރޑް ހަވާލުކޮށްދެއްވީ ގިނެސް ވޯރލްޑް ރެކޯރޑްސްގެ އޮފިޝަލް އެޑްޖުޑިކޭޓަރ ކާލޯސް ޓަޕިއާއެވެ.

ނުވަ މިލިއަނެއްހާ މީހުންގެ މައްޗަށް އެކުލެވިގެންވާ މި ސިޓީއަށް ވައިފައި އެކްސެސް ޕޮއިންޓްތައް ފެތުރިފައި ވަނީ ވަކިން ޚާއްސަކޮށް ޕަބްލިކް ޓްރާންސްޕޯޓްގެ ދާއިރާއިންނެވެ.

ޝެއިންބައުމް ވިދާޅުވީ އަމާޒަކީ އިންޓަރނެޓްގެ ޚިދުމަތް ނުލިބޭ، ވަކިން ހާއްސަކޮށް ނިކަމެތި އާއިލާތަކަށް އިންޓަނެޓް ގެ ހިދުމަތް ލިބުމަކީ އެންމެންނަށް ވެސް ލިބިގެންވާ ހައްގެއް ގެ ގޮތުގައި ހެދުން ކަމަށެވެ.

"ޓެކްނޮލޮޖީއަކީ ވަޒަންވެރިންނަށް، ޚާއްޞަކޮށް އަޅުގަނޑުމެންގެ ސިޓީގެ އެންމެ ނިކަމެތި ރައްޔިތުންނަށް ފައިދާހުރި ކަމަކަށް ނުވާނަމަ ޓެކްނޮލޮޖީއަކީ މާނައެއް ނެތް އެއްޗެއް " ސިޓީ މޭޔަރ ކްލައުޑިއާ ޝެއިންބައުމް

މެކްސިކޯގެ ޑިޖިޓަލް ޕަބްލިކް އިނޮވޭޝަން އޭޖެންސީގެ އިސްވެރިޔާ ހޯޒޭ އެންޓޯނިއޯ ޕެނާ މެރީނޯ ވިދާޅުވީ، ހިލޭ ވައިފައި އެކްސެސް ދިނުމުގެ މަސައްކަތް އެ ސިޓީގައި ފެށުނީ މީގެ ތިން އަހަރު ކުރިން ކަމަށާއި، އޭރު އެ ސިޓީގައި އޮތީ ހަމައެކަނި 98 ޕަބްލިކް އިންޓަނެޓް ހޮޓްސްޕޮޓް ކަމަށެވެ.

މެކްސިކޯ ސިޓީގެ ހިލޭ އިންޓަނެޓް ނެޓްވޯކް ފޯރުކޮށްދެނީ ލެޓިން އެމެރިކާގެ އެންމެ މުއްސަނދި މީހާކަމަށް ފޯބްސް މަޖައްލާއިން ބުނާ ކާލޯސް ސްލިމްގެ މިލްކިއްޔާތުގައި ވާ ޓެލެކޮމިއުނިކޭޝަން ކުންފުނި ޓެލްމެކްސް ކުންފުނިއިންނެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.