މިދިޔަ ހަފްތާ ކްލައުޑްފްލެއާއިން 2ޓީބީއެސްއާއި ގާތް ކުރާ ޢަދަދެއްގެ ޑީޑޮސް އެޓޭކެއް ހުއްޓިވާފިއެވެ. މިއީ ޑީއެންއެސް އެމްޕިލިކޭޝަންއާއި ޔޫޑީޕީ ފްލަޑް ހިމެނޭގޮތަށްކުރެވުނު މަލްޓި އެޓޭކެކެވެ. އެއްމިނެޓު ހާއިރަށް ދިގުދެމުނު މިއެޓޭކަކީ މިހާތަނަށް ފެނުނު މިފަދަ އެންމެ ބޮޑު އެއް އެޓޭކެވެ. މިއެޓޭކު ލޯންޗުކުރީ އައިއޯޓީ އަދި ގިޓްލެބް ބޭނުންކުރާ ޑިވައިސްތަކެއްގައި މިރާއީ ކޯޑުގެ ވޭރިއަންޓް ބޭނުންކުރާ 15،000ކަށް ބޮޓު މެދުވެރިކޮށެވެ.
ކްލައުޑްފްލެއާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭ މިފަދަ އެޓޭކުތައްވަނީ 44% އިތުރުވެފައެވެ. އަދި މިހާރު ހިނގަމުންމިދާ ހަތަރުވަނަ ކުއާޓަރުވެސް މިސްރާބު ޖަހާފައިހުރީ އެދިމާލަށެވެ.
ކްލައުޑްފްލެއާއަށް މިއެޓޭކު ހުއްޓުނުގޮތަކީ އެމީހުންގެ ސިސްޓަމްތަކުގައި އާދަޔާ ޚިލާފު "އައުޓް އޮފް ޕާތް" ޓްރެފިކް ފާހަގަކުރެވުމުންނެވެ. މިޓްރެފިކް ޓްރެކްކޮށްގެން ފަޅިސިކުންތުކޮޅެއްގެ ތެރޭގައި އެޓޭކުތަކާއި ގުޅޭ ރިއަލް ޓައިމް ސިގްނެޗާއެއް ފާހަގަކުރެވުނެވެ. މިއާއިއެކު، އެސިސްޓަމްގެތެރޭ ދައުރުވަމުންދިޔަ އެހެން ޓްރެފިކްތަކަށް ބުރޫނާރުވާ އެއެޓޭކުތައް ހުއްޓާލެވުނެވެ.
ކްލައުޑްފްލެއާގެ އަމާޒަކީ އިންޓަނެޓުގެ ޚިދުމަތް ރަނގަޅުކޮށް މިފަދަ އެޓޭކުތަކުގެ ކިބައިން އިންޓަނެޓު ރައްކާތެރިކުރުމެވެ. ކްލައުޑްފްލެއާގެ ފަރާތުން މިކަން ތަންފީޒުކުރާ، އެކުންފުނީގެ ޑީޑޮސް ޓީމްގެ އަމާޒަކީ، މެރިސް ބޮޓްނެޓްގެ އެޓޭކުތައް ނުވަތަ މިރާއީ ވޭރިއަންޓް ބޭނުންކޮށްގެން ކުރަމުންދާ އެޓޭކުތައް ތާރީޚުގެ ތެރެއަށް އޮއްބާލުމެވެ. ކްލައުޑްފްލެއާގެ ހަރުދަނާ ނިޒާމްގެ ދަށުން، މިކަހަލަ ބޮޑެތި އެޓޭކުތައް ކުރީބައިގައި ފާހަގަކުރެވި ހުއްޓުވެއެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.