އައިފޯން ޗިޕް ޝޯޓޭޖް 2022ގެ ފަހުކޮޅުވެސް ހައްލުނުވާނެ

ޙުސައިން ދީމް މުޙައްމަދު 17 ނޮވެމްބަރު 2021

އެޕަލްގެ އުފެއްދުންތައް ދުނިޔެއަށް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ "ފޮކްސްކޮން ސަޕްލަޔާޒް" އާއި ހަވާލާދީ "ދަ ވޯލް ސްޓްރީޓް ޖާރނަލް"ގައި ހާމަކޮށްފައިވާގޮތުގައި އެޕަލްއަށް ކުރިމަތިވަމުންދާ ޗިޕް ޝޯޓޭޖްގެ މައްސަލަ މިފެށޭ 2022ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ދާއިރުވެސް ހައްލެއްނުކުރެވޭނެއެވެ.

ވޭތުވެދިޔަ ދުވަސްވަރު އެޕަލްފޯންތަކަށް ބޭނުންވާ ޗިޕްގެ ދަތިކަމެއްވަނީ ކުރިމަތިވެފައެވެ. ކޮރޯނާވައިރަސްގެ އާލަމީ ވަބާއާއި ގުޅިގެން ޗިޕްހޯދުމުގައި އެޕަލްއަށް ކުރިމަތިވި ދަތިކަމުގެ ސަބަބުން، ބާޒާރުގައި އައިފޯންއަދި މެކްފަދަ އެޕަލްގެ ޕްރޮޑަކްޓްތައް ލިބުމުގައިވެސް ތަދުކަމަކާއި މިވަނީ ކުރިމަތިލާންޖެހިފައެވެ. މިހާރުވެސް މިކަމާ ގުޅިގެން 6ބިލިއަން ޑޮލަރުގެ ގެއްލުމެއް އެޕަލްއަށް ލިބިފައިވާއިރު، ކުރިއަށް އޮތް ޗުއްޓީ މޫސުމާއެކު މިގެއްލުން އިތުރުވެގެންދާނޭ ކަމަށް އެޕަލްއިން ކަށަވަރުކުރެއެވެ.

އެޕަލްގެ ޑިމާންޑާއި ނުބައްދަލު މިންވަރެއްގައި އެކުންފުނީގެ އުފެއްދުންތެރިކަން އުޅޭތީ، އެޕަލްގެ ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓްތައް ޕްރީއޯރޑާކުރުމަށް އެކުންފުނިންވަނީ އިލްތިމާޒްކޮށްފައެވެ. މިހާރު ކޮންމެވެސް ވަރަކަށް ޗިޕް އުފެއްދޭ މިންވަރު އިތުރުކުރެވިފައިވީނަމަވެސް، މިތަދުކަމުން އަރައިގަންނަން އަދި ވަރަށް ދުވަސްނަގާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.