އެޕަލްއިން ވަނީ މިދިޔަ ހަފްތާގައި އެކުންފުނިން މިހާތަނަށް ޕޭޓަންޓްކުރި އެންމެ ތަފާތު އައިފޯނު ޕޭޓަންޓުކުރުމަށް ހުށަހަޅާފައިއެވެ. އެގޮތުން އެޕަލްއިން މިފަހަރު ޕޭޓަންޓްކުރުމަށް ހުށަހަޅާފައިވަނީ ބިއްލޫރި ބޭނުންކޮށްގެން އުފައްދާފައިވާ އައިފޯނެކެވެ. އެޕަލްއިން ހުށަހަޅާފައިވާ ކޮންސެޕްޓްގައި ހާމަކޮށްފައިވާ ގޮތުގައި މި ފޯނުގައި 6 ޑިސްޕްލޭ އޭރިއާ ހިމެނެފައިވެއެވެ. އެޕަލްގެ މި ކޮންސެޕްޓް މިހާރު އެމެރިކާގެ ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީހުންވަނީ ފާސްކޮށްފައިއެވެ. އެޕަލްއިން މި ޑިވައިސް ސިފަކޮށްފައިވަނީ ބިއްލޫރި ފަށަލައަކުން ރައްކާތެރި ކުރެވިފައިވާ އިލެކްޓްރޯނިކް ޑިވައިސްއެއްގެ ގޮތުގައިއެވެ.
އެޕަލްއިން ހުށަހަޅާފައިވާ ކުރެހުންތަކުން ފެންނަގޮތުގަ މިޑިވައިސްއަކީ ހުރިހާގޮތަކުންވެސް މިހާރު ބާޒާރުގައި ހުރި އައިފޯނުތަކާއި ވައްތަރުގެ އައިފޯނެކެވެ. މީގެ އިތުރުން މިފޯނުގެ ޑިސްޕްލޭ ބައެއްފަހަރު ފެންނަފެނުމަށް ފެންނަނީ އިންފިނިޓް ޑިސްޕްލޭއެއްގެ ގޮތުގައިއެވެ. މީގެ އިތުރުން އެޕަލްއިން ވަނީ މިޑިވައިސް ރޫޅާލުމަށްފަހު އަލުން އެސެމްބްލް ކުރެވޭނެގޮތްވެސް ހާމަކޮށްފައިއެވެ. އެގޮތުން އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި މިޑިވައިސްގައި ހިމެނޭ ކެޕެއް ނައްޓާލުމަށްފަހު އެތެރޭގައި ހިމެނޭ ކޮމްޕޯނަންޓްތަށް ނައްޓާލެވޭނެއެވެ.
މުޅިންއެއްކޮށް ބިއްލޫރިން އުފައްދާފައިވާ އައިފޯނެއް ގެންގުޅުމަކީ ވިސްނާލަން ދަތިކަމެކެވެ. މީގެ އިތުރުން މިފަދަފޯނެއް މަރާމަތުކުރުމާއި އުފެއްދުންވެސް ވެގެންދާނީ ދަތިކަމަކަށެވެ. އެގޮތުން އެންމެ ވިސްނާލަންޖެހެނީ މިފޯނު ކައްސާލައިގެން އަތުން ވެއްޓިދާނެތީއެވެ. މި ފޯނު ކައްސާލައިގެން ވެއްޓުމުގެ ބިރުގެ އިތުރުން މިފޯނު މިހާރު ބާޒާރުގައި ހުރި ފޯނުތަކަށްވުރެ ބަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ފޯނު އެއްކޮށް ބިއްލޫރިން އުފައްދާފައިވުމުން ދިމާވެދާނެ ކަމެކެވެ.
މި ފޯނަކީ އެޕަލްއިން ބިއްލޫރި ބޭނުންކޮށްގެން ޑިވައިސްއެއް އުފެއްދުމަށް ކުރި ފުރަތަމަ މަސައްކަތެއް ނޫނެވެ. އެގޮތުން އެކުންފުނިން މިފަދަ ޑިވައިސްތައް ޕޭޓަންޓްކުރާތާ މިހާރު 8 ވަރަކަށް އަހަރު ވެއްޖެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް