މީހުންގެ އަބުރަށް ހުތުރުވާ ގޮތަށް ކޮމެންޓްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ހާމަކޮށްފިއެވެ. މިގާނޫނުގެ ސަބަބުން މިފަދަ ފަރާތްތަކުގެ މައުލޫމާތު ސަރުކާރަށް ފޯރުކޮށްދިނުން ސޯޝަލް މީޑިއާ މަންސަތައް ހިންގާ ކުންފުނިތަކަށް މަޖުބޫރު ވެގެންދާނެއެވެ.
އޮންލައިން ފޯރަމްތަކުގައި ޕޯސްޓްކުރެވޭ ކޮމެންޓްތަކުގެ ޒިންމާ އެ ފޯރަމްހިންގާ ފަރާތްތަކުން ނަގަން ޖެހޭނެކަމަށް އެގައުމުގެ އެންމެ މަތީ ކޯޓުން ހުކުމް ކުރުމާއިއެކު އޮސްޓްރޭލިއާގެ ސަރުކާރުންވަނީ ފޭސްބުކް އަދި ޓްވިޓާގައި ޕޯސްޓްކުރެވޭ މީހުންގެ އަބުރަށް ހުތުރުވާ ޒާތުގެ ޕޯސްޓްތަކަށް އެކުންފުނިތަކުން ޒިންމާ ނަގަންޖެހޭނެ މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށާފައިއެވެ. މި މަސައްކަތުގެ ތެރެއިން އެގައުމުގެ ސަރުކާރުން މިހާރުވަނީ ގާނޫނެއް ހެދުމުގެ މަސައްކަތް ފަށާފައިއެވެ.
މި ގާނޫގެ ދަށުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. އެގޮތުން މީހެއްގެ އަބުރާބެހުން ނުވަތަ ހަނގާކުރުން ފަދަކަމެއް ފާހަގަކުރެވިއްޖެނަމަ އެމީހަކަށް ސޯޝަލް މީޑިއާ މަންސަތައް ހިންގާ ކުންފުނިތަކަށް އެފަދަ ޕޯސްޓްތަށް ނެގުމަށް އެންގޭނެއެވެ. މިގޮތަށް އަންގާ އެންގުންތަކަށް މިކުންފުނިތަކުން އަމަލުނުކޮށްފިނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން މިފަދަ ކޮންޓެންޓު ނެގުމުގެ ފުރުސަތު އޮންނާނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް