އަމޮންގްއަސްގެ ވީއާރު ވާޝަން އެއް ހަދަނީ

ޙުސައިން ދީމް މުޙައްމަދު 13 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަމޮންގްއަސް އަކީ ފަހުން އައިސް ވަރަށް މަޤްބޫލުވީ ގޭމެކެވެ. މެޓަވާސްއަކާއި ދިމާލަށް ހުރިހާ ގޭމް ކުންފުންޏަކުންވެސް ހުންގާނު ސީދާކުރަންފެށި ފަދައިން، އަމޮންގްއަސްއިންވެސް ވަނީ ވީއާރު ވާޝަންއެއް އުފައްދާ، މެޓަކުއެސްޓް، ޕްލޭސްޓޭޝަން ވީއާރު، އަދި ސްޓީމް ވީއާރުއަށް ތަޢާރަފުކުރަން ނިންމާފައެވެ.

އަމޮންގްއަސްގެ ވީއާރު ވާޝަންއެއް އުފެއްދުމުގެ ބޭނުމަކީ، މިގޭމުގައި ކުޅުންތެރިންގެ ތަޖުރިބާ 2ޑީއިން 3ޑީއަށް ބަދަލުކޮށްލުމެވެ. 2021ގެ ގޭމް އެވޯޑްސްގައި އިޢުލާންކުރެވުނު މިވާޝަންގެ ޓްރެއިލާރއެއްވެސްވަނީ ނެރެފައެވެ.

2018ވަނަ އަހަރު ނެރެވުނު އަމޮންގްއަސްގެ 2ޑީ ވާޝަން ޕީސީ އަދި މޯބައިލް ޕްލެޓްފޯމްތަކުގައިވެސް ކުޅެވެއެވެ. 2020ގެ ފަހުކޮޅު ނިންޓެންޑޯ ސްވިޗްއަށްވެސް މިގޭމް ތަޢާރަފުކުރެވުނެވެ. މިޑިސެމްބަރުމަހު އެމޮންގްއަސްގެ 2ޑީ ވާޝަން އެކްސްބޮކްސް އަދި ޕްލޭސްޓޭޝަންގައިވެސް ކުޅެން ފެއްޓޭނެއެވެ. އެމޮންގްއަސްގެ ވީއާރު ވާޝަން އުފައްދަނީ "ރޮބޮޓް ޓެޑީ" ނަމަކަށް ކިޔުނު ކޮންސަލްޓަންޓް ކުންފުންޏަކާއި ގުޅިގެންނެވެ. އަމޮންގްއަސްއަކީ "މާފިއާ" އަދި "ވެއާވުލްފް" ފަދަ ގޭމްތަކުން އައިޑިއާ ނަގައިގެން އުފެދުނު ގޭމެކެވެ. މިގޭމްގެ މަޤްޞަދަކީ ބޮޑުބައިގަނޑެއްގެ ތެރެއިން ނުބައިމީހެެއް ހޯދުމެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.