ދުނިޔޭގެ ފުރަތަމަ ވާޗުއަލް ރިއަލިޓީ ޗާޓަރ ސްކޫލް ހުޅުވަނީ

ޢާއިޝަތު ޝައިހާ 24 ޖެނުއަރީ 2022

ދުނިޔޭގެ އެންމެ ފުރަތަމަ ވާޗުއަލް ރިއަލިޓީ ޗާޓަރ ސްކޫލުން، އޭގެ ވާޗުއަލް ދޮރުތައް އަންނަ އަހަރުގައި ހުޅުވާލާނެއެވެ. މި ސްކޫލް ހުންނަނީ ފްލޮރިޑާގެ ހުޅަނގު ފަރާތުގައެވެ.

ނޭޕްލްސްގައި ހުންނާނެ އޮޕްޓިމާ ކްލަސިކަލް އެކަޑަމީއިން، ޒޫމް މީޓިންއެއްގެ ބަދަލުގައި ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ދަރިވަރުންނަށް މުޅި ކްލާސްރޫމް ފެންނާނެއެވެ.

އޮޕްޓިކަލް ކްލަސިކަލް އެކަޑަމީއިން ބެލެނިވެރިންނަށް އަންގައިދޭން ބޭނުންވަނީ މިއަދަކީ މުސްތަގުބަލުކަމެވެ. އާދައިގެ ހެޑްސެޓެއް ބޭނުންކޮށްގެން، 3 ޑީ ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާ ކުރެވޭނެއެވެ.

އޮޕްޓިމާ ކްލަސިކަލް އެކަޑަމީގެ ފައުންޑަރ އަދި ސީއީއީ އެރިކާ ޑޮނާލްޑް ބުނެފައިވާ ގޮތުގައި، "އެކުދިންނަށް މުޅި ކްލާސްރޫމް އަދި 360 ޑިގްރީޒް ފެންނާނެ. އަދި މި އެޓޮމްތަކާއި ގުރަހަތައް އެތާނގައި ވާނީ 3 ޑައިމެންޝަނަށް. އެ ފެންނާނީ އެއަށް އަތް ދިއްކޮށްލުމުން އޭގައި އަތް ލެވޭ ފަދަޔަކުން."

ޑޮނާލްޑްގެ އަމާޒަކީ މުރައްރިސާއި ދަރިވަރާއި ހުރި ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް، އުނގެނުމުގައިވާ ހުސްކަން ބަންދުކުރުމަށް ދަރިވަރުންނަށް އެހީވެދިނުމެވެ.

އޭނާގެ އަމިއްލަ ތަޖުރިބާއިން އެނގިފައިވާ ގޮތުގައި، މިހާރުގެ އާދަކާދައާއި ޘަގާފަތުގައި އޮންނަ ވާޗުއަލް އެޑިޔުކޭޝަން މޮޑެލް މެދުވެރިކޮށް ކިޔަވައިދިނުން ވަރަށް އުނދަގޫ ކަމަށް ވެއެވެ.

އޮޕްޓިމާ ޑޮމީގެ އެގްޒެކެޓިވް ޑިރެކްޓަރ، އެޑަމް މަންގަނާ، މިކަމަށް އެއްބަސްވެއެވެ. "އަހަރެންގެ ދަރިން މިހާރު ކިޔަވަމުން ދަނީ އޮންލައިން ސްކޫލުގަ. އެއީ އާދައިގެ ސްކޫލެއް. ރަނގަޅު މަންހަޖެއް އެކުލަވާލާފައިވޭ. ނަމަވެސް 2 ޑައިމެންޝަނަލް މޮޑެލްގެ ސަބަބުން އޮންނަން ޖެހޭ ވަރުގަދަ ގުޅުމެއް ނޯވޭ."

ފްލޮރިޑާގައި ތިބޭ ދަރިވަރުން އޮޕްޓިމާ ކްލަސިކަލް އެކަޑަމީގައި ބައިވެރިވުމަށްޓަކައި ލޮޓަރީއެއްގައި ބައިވެރިވެވިދާނެއެވެ.

މި ސްކޫލް ހުޅުވާނީ ހަރީފު މޫސުމުގައި، ގްރޭޑް 3 ކުން 8 އާއި ދޭތެރޭގައި ކިޔަވާ ދަރިވަރުންނަށެވެ.

ޑޮނާލްޑް ބުނެފައިވާ ގޮތުގައި، "މިއީ ޗާޓަރ ސްކޫލެއް ކަމުގައި ވާތީ، އަޅުގަނޑުމެންގެ ދަރިވަރުންނަށް އެ ދަރިވަރަކު ހުރި ސަރަހައްދެއްގައި ހުރި ސްކޫލެއްގެ ކުޅިވަރުތަކުގައި ބައިވެރިވެވޭނެ. އަދި މި ކަމުގެ ފައިދާ ނަގައި އެކަމަށް މަގުފަހިކޮށްދިނުމަށް އާއިލާތަކަށްވެސް ހިތްވަރުދޭނަން."

ސްކޫލަށް ހާޒިރުވެ ކިޔެވުމަކީ ހުރިހާ ކުދިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ގްރޭޑް 4 ގައި ފޯޓް މަޔާރސް ގައި ކިޔަވާ އޭޝާ ޖޮންސަން ކަހަލަ ދަރިވަރުންނެވެ.

"ސްކޫލަށް ދާ ކޮންމެ ފަހަރަކު އޭނާ ނޭވާ ހިއްލަން ފައްޓާނެ. އަދި ވަރަށް ބަލިވާނެ. އެހެންވެ އޭނާގެ ސިއްޚީ މައްސަލަތައް ހުރުމުގެ ސަބަބުން އަހަރެމެންނަށް ފެންނަ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އޭނާ ގޭގައި ބެހެއްޓުން." އޭޝާގެ މަންމަ އެމިލީ ޖޮންސަން ބުނެފައި ވެއެވެ.

އޭޝާގެ މަންމަ ބުނެފައިވަނީ، މިއަދާއި ހަމައަށް ވާޗުއަލް ލާނިންގ، ހައިބްރިޑް އެކަޑަމީ އަދި ހޯމް ސްކޫލިންގ ތަޖުރިބާ ކޮށްފައިވާ ކަމަށާއި، ނަމަވެސް އެއްވެސް އެއްޗެއް އޭގެ ރަނގަޅު ގޮތުގައި މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

ޖޮންސަން ބުނެފައިވާ ގޮތުގައި، "ހީވަނީ ހަމަ ހަގީގަތުގައިވެސް ސްކޫލަށް ގޮސް، ސްކޫލް އެތެރެއަށް ވަންނަހެން. އަދި ކޮންމެ ދުވަހަކު އޭނާއަށް އޭނާގެ އެކުވެރިން ފެންނާނެ. އަދި އެއާއެކު ދުޅަހެޔޮކަން މަތީ ހުންނާނެ. ނަމަވެސް އެއާއެކު މުޖްތަމައުގައި ބައިވެރިވުން އޮންނަ ކަމުގެ އިހުސާސްވެސް ކުރެވޭނެ. އެހެންކަމުން އަހަރެމެން މި ތިބެނީ ވަރަށް އުފަލުން."

އޭޝާ ވަނީ މި ހަރީފު މޫސުމުގައި އޮންލައިންކޮށް ފެށޭ އޮޕްޓިމާ ކްލަސިކަލް އެކަޑަމީއަށް އެންރޯލްވެފައެވެ.

މި ޗާޓަރ ސްކޫލަކީ ހިލޭ ކިޔެވޭ ތަނެކެވެ. އަދި މި ސްކޫލުން ވައުދުވަނީ ކްލާސް ސައިޒުތައް ކުޑަކޮށް، ދަރިވަރުންނާއި ބޮޑަށް ގުޅޭ ގޮތަށް ކިޔަވައިދޭ، އެތައް ގިނަގުނަ ކްލަބްތަކެއް ހިމެނޭ ސްކޫލަކަށް މި ސްކޫލް ވެގެން ދާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.