ސެމްސަންގް ގެ ސްމާރޓް ޓީވީތަކަށް ޓީވީ ބްލޮކް ތަޢާރަފްކޮށްފި

ހަސަން ޒަޔާން 16 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސެމްސަންގުން ވަގަށް ނަގާފައިވާ ޓީވީތައް ރިމޯޓްކޮށް ޑިސޭބަލް ކުރެވޭނެ ކިލް ސްވިޗް އާއްމުކޮށްފިއެވެ. ސެމްސަންގަކީ ސްމާރޓް ޓީވީ އުފެއްދުމުގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏެކެވެ.

ސެމްސަންގް އަކީ ވަޔަލެސް ކޮށް ނުވަތަ ވަޔަލެސް ކަނެކްޓިވިޓީ ހިމެނޭއިރު އެޕްތައް ހިންގޭނެ، ރޮކޫ ނުވަތަ އެޕަލް ޓީވީ ފަދަ ސްޓޭންޑަޑް ޑިވައިސްއަކާ ނުލައި ވީޑިއޯ ސްޓްރީމް ކުރެވޭފަދަ ސްމާރޓް ޓީވީ ތައް އުފައްދައިފައިވާ ކުންފުންޏެކެވެ.

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާގެ މައްޗަށް އިއްވާފައިވާ 15 މަސްދުވަހުގެ ޖަލު ހުކުމް ޖުލައި މަހުގެ 8 ވަނަ ދުވަހު ތަންފީޒުކުރަން ފެށިއިރު، އެ ހުކުމް ތަންފީޒުކުރަން ފަށާފައިވަނީ އޭނާގެ އަމިއްލަ ޕްރޮވިންސެއް ކަމަށްވާ ކުއާޒުލޫ-ނަޓާލްގައެވެ. އޭގެ ތިން ދުވަސް ފަހުން އެ ޕްރޮވިންސްގައި ހުރި ސެމްސަންގް ގެ ގުދަނެއް ފަޅާލާ ގިނަ އަދަދެއްގެ ސްމާޓް ޓީވީތަކެއް ލޫޓު ވާފައިވެއެވެ.

މި ސްމާރޓް ޓީވީ ތަކަކީ ފެކްޓްރީގެ ވަރަށް ގިނަ އެޕްތަކެއް އަޅާފައި ހުރި ޓީވީތަކެކެވެ. އޭގެ ތެރޭގައި ހިމެނޭ އެއް އެޕަކީ "ޓީވީ ބްލޮކް" އެވެ. މި އެޕް އަކީ ސެމްސަނގް އިން ރިމޯޓްކޮށް އެކްޓިވޭޓް ކުރުމުން ޓީވީގެ ބޭނުން އެއްކޮށް ކަނޑުވާލާފަދަ އެޕްލިކޭޝަންއެކެވެ. ނަމަވެސް މި އެޕް ގެ އެކްޝަން ރަން ވާނީ ޓީވީއަށް ކަރަންޓް ލިބި އިންޓަރނެޓް ލިބުމުންނެވެ.

ކުއާޒުލޫ-ނަޓާލްގައި ހުރި ގުދަނުން ނެގި ހުރިހާ ސްމާޓް ޓީވީތައް ސެމްސަންގުން ވަނީ "ޓީވީ ބްލޮކް" ޓްރިގަރ ކޮށްފައެވެ. މި އިން ޓީވީ އެއް އިންޓަރނެޓް އާ ކަނެކްޓު ވުމުން ޓީވީގެ ހުރިހާ ފީޗަރއެއް ބްލޮކް ވެގެންދާނެއެވެ.

ސެމްސަންގް އިން "ޓީވީ ބްލޮކް" އެޕެއް އުފެއްދުމަކީ މިކަހަލަ ފޭރުންތައް މަދުކުރުމަށް ކުރެވޭ ވަރަށް ބޮޑު ކަމެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.