ބަލި ހިތުގެ ހިނގުން ދެނެގަތުމުގައި އޭއައި އާއި އެޕަލް ވޮޗް

މަޔޯ ކްލިނިކްގައި މަސައްކަތްކުރާ ދިރާސާވެރިން، އެޕަލް ވޮޗްގެ އީސީޖީގެ އެންމެ ލެޑެއް ބޭނުންކޮށްގެން ހިތުގެ ހިނގުން ދަށް ބަލިމީހުން ދެނެގަންނަ އާޓިފިޝަލް އިންޓެލިޖެންސް އެލްގޮރިތަމްއެއް އުފައްދާފައިވާ ކަމަށް، މި ހަފްތާގެ ހާޓް ރިދަމް ސޮސައިޓީ ކޮންފަރެންސްއާއި ހަވާލާދީ ބުނެފިއެވެ.

ހިތުގެ ހިނގުން ބަލިކަށިވުން ނުވަތަ ހިތުގެ ވާތްފަޅި މަސައްކަތްކުރަން ނުޖެހޭ ގޮތަށް މަސައްކަތް ކުރުމަކީ، ދުނިޔޭގެ 2 އާއި 3 އިންސައްތަ މީހުންނަށް، އަދި 60 އަހަރުން މަތީގެ 9 އިންސައްތަ މީހުންނާއި ހަމައަށް ކުރިމަތިވާ މައްސަލައެކެވެ. ހިތުގެ ހިނގުން އާދަޔާ ޚިލާފަށް އަވަސްވުމެކޭ އެއްފަދައިން، އެޕަލް ވޮޗުން ދެނެގަންނަ އެހެން ހިތުގެ މައްސަލައެއް ކަމަށްވާ ހިތުގެ ހިނގުން ބަލިކަށިވުމަކީ އާންމުގޮތެއްގައި އޭގެ ސަބަބުން އެއްވެސް އަލާމާތެއް ނުފެންނަ ބަލިމަޑުކަމެކެވެ. ނުވަތަ އަލާމާތެއް ފެނިއްޖެނަމަ ފެނިގެންދާނީ ހިތުގެ ވިންދު ވަރަށް އަވަސްވުމާއި ނޭވާ ކުރުވުން ފަދަ އަލާމާތްތަކެކެވެ.

މިނެސޯޓާގެ ރޮޗެސްޓާގައި ހުންނަ މަޔޯ ކްލިނިކްގެ ކާޑިއޯވެސްކިއުލަރ މެޑިސިންއާއި ބެހޭ ބައިގެ ޗެއަރ، ޕޯލް ފްރެޑްމެން ބުނެފައިވާ ގޮތުގައި، އޭއައި އިން ގަޑީގެ އީސީޖީ މެދުވެރިކޮށް ބަލި ދެނެގަތުން ވެފައިވަނީ 'ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ' ކަމެއްގެ ގޮތުގައި ކަމަށާއި، މީގެ ސަބަބެއް ކަމުގައި ވެފައިވަނީ އާންމުކޮށް އެކޯކާޑިއޯގްރާމް، ސީޓީ ސްކޭން، ނުވަތަ އެމްއާރްއައި މެދުވެރިކޮށް ނޫނީ މި ބަލި ދެނެނުގަނެވެއެވެ.

އެޕަލް ވޮޗްގައިވާ އީސީޖީ ސިފައަކީ ސިންގަލް-ލެޑް އީސީޖީއެކެވެ. މި އީސީޖީގެ މަސައްކަތް ކުރުމަށްޓަކައި 30 ސިކުންތު ވަންދެން އިނގިލި އެޕަލް ވޮޗްގެ ޑިޖިޓަލް ކްރައުން މަތީގައި ބާއްވަން ޖެހޭނެއެވެ. މީގެން ލިބޭ ނަތީޖާތައް އެޕަލް ހެލްތް އެޕަށް އަޕްލޯޑުކޮށް އެ މައުލޫމާތު ސިއްޚީ މާހިރުންނާއި ހިއްސާކުރެވޭނެއެވެ. މި އީސީޖީ ފަރުމާކުރެވިފައި ވަނީ ހިތުގެ ހިނގުން އާދަޔާ ޚިލާފަށް އަވަސްވުން ދެނެގަތުމަށް ކަމުގައި ވިނަމަވެސް، އެހެން ބަލިތައް ދެނެގަތުމުގައި އީސީޖީ މަސައްކަތް ކުރުމާއި އެޕަލް ވޮޗްގެ އެހެން ސިފަތައް ބޭނުންކުރެވޭނެ ގޮތާއި މެދު ދަނީ ތަހުލީލުތައް ކުރަމުންނެވެ.

އާދައިގެ އީސީޖީއެއް 12 އެލެކްޓްރޯޑް ލެޑް މީހާގެ މޭމަތީގައާއި، އަތުގެ އިތުރުން ފައިގައި ބައިންދާ، ހިތުގެ ކަރަންޓު ސިގްނަލްތައް މޮނީޓަރ ކުރެއެވެ. އެޕަލް ވޮޗްގެ ސިންގަލް-ލެޑް އީސީޖީގެ ނަތީޖާ ބޭނުންކުރުމަށްޓަކައި، ދިރާސާވެރިން ވަނީ ބަލިކަށިވެފައިވާ ހިތުގެ މަސްތައް ދެނެގަންނަ މިހާރު ހުރި 12 ލެޑުގެ އަލްގޮރިތަމްއެއް ބަދަލުކޮށް ތައްޔާރުކޮށްފައެވެ.

މި ތަހުލީލުގައި 11 ޤައުމެއްގެ 46 ސަރަހައްދަކުން 6 މަސް ވަންދެން ނަގާފައިވާ 125،610 އީސީޖީތައް ވަނީ އެއްކޮށްފައެވެ. ކޮންމެ މީހަކުވެސް ވީހާވެސް ގިނައިން އީސީޖީތައް ހުށައަޅާފައި ވާއިރު، އޭގެ ތެރޭގައި ހިމެނުނު އެންމެ ސާފު އީސީޖީ ރީޑިންގ ތައް ވަނީ މި އެލްގޮރިތަމް އުފެއްދުމުގައި ބޭނުންކޮށްފައެވެ. އެތައް ސަތޭކަ ބައިވެރިންނަށް ހިތުގެ ހިނގުމުގެ ބާރުމިން ބެލުމަށްޓަކައި ކްލިނިކަލް އިމްތިހާނުތަކެއް ހަދާއި، އެ އިމްތިހާނުތަކުން ލިބުނު މައުލޫމާތުތައް ބޭނުންކޮށްގެން އެޕަލް ވޮޗްއަށް މައްސަލައެއް ދެނެގަނެވޭތޯ ނުވަތަ ދެނެނުނަގެނެވޭތޯ ވަނީ ކަނޑައަޅާފައެވެ.

"ގާތްގަނޑަކަށް 420 ބަލިމީހުން 30 ދުވަހުގެ ތެރޭގައި، އާންމުގޮތެއްގައި ހިތުގެ ހިނގުމުގެ ބާރުމިން ދެނެގަތުމަށް ހެދުމަށް ކްލިނިކްތަކުން އަންގާފައިވާ ޓެސްޓުތައް ކަމަށްވާ އެކޯކާޑިއޯގްރާމްތަކަށާއި، ހިތުގެ އަލްޓްރާސައުންޑްތަކުގެ ބަދަލުގައި ވޮޗް އީސީޖީއެއް ވަނީ ރިކޯޑުކޮށްފަ. އަޅުގަނޑުމެން ވާނީ މި މައުލޫމާތުތަކުގެ ފައިދާ ނަގައި ގަޑީގެ އީސީޖީގެ އޭއައި ތަހުލީލުތަކުގެ ބޭނުންކޮށްގެން ހިތުގެ ހިނގުން ބަލިކަށިކަން ދެނެގަނެވޭތޯ ބަލާފަ. އަޅުގަނޑުމެންގެ މައުލޫމާތުތައް އަވަސްވި ނަމަވެސް، ތަހުލީލުތަކުގެ ނަތީޖާއިން އަދި ދައްކާ ގޮތުގައި 0.88 ގެ ކާވްގެ ދަށުން އޭރިއާއެއް ވޭ. މީގެ މާނައަކީ މެޑިކަލް ޓްރެޑްމިލް ޓެސްޓަށް ވުރެ މީގެ ނަތީޖާ ރަނގަޅޭ ނުވަތަ އެއާއި އެއްފަދައިން ރަނގަޅޭ. ގަޑީގެ އީސީޖީގެ އޭއައި ތަހުލީލަކީ ހިތުގެ ހިނގުން ބަލިކަށިކަން ދެނެގަތުމަށްޓަކައި ބޭނުންކުރެވޭނެ ވަރުގަދަ ޓެސްޓެއް."

ދިރާސާވެރިން މުޅި ދުނިޔެއަށް ހުޅުވާލައިގެން އިތުރު އާބާދީތަކުގައި އިތުރަށް ތަހުލީލުކުރުމަށް ދަނީ ރާވަމުންނެވެ. މީގެ ބޭނުމަކީ އެޕަލް ވޮޗްގެ ސިންގަލް-ލެޑް އީސީޖީ ސިފައިގެ ފައިދާ ދައްކުވައިދިނުމެވެ.

"މިއީ ބޭސްވެރިކަމުގެ ރޮނގަށް އިންޤިލާބު އައުން ދައްކުވައިދޭ ކަމަކީ: ތިމާގެ ސޯފާގައި އިނދެގެން ސީރިއަސް ބަލިތައް އެއްވެސް އަގެއް ދެއްކުމަކާއި ނުލައި ދެނެގަތުން،" ފްރެޑްމެން ބުނެފައި ވެއެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.