އެންޑްރޮއިޑް ފޯނު ޕީސީއާ މިހާރު ފުލީ ސިންކް ކުރެވޭނެ!

ހަސަން ޒަޔާން 05 މޭ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިފޯނު މެކް އާއެކު މަސައްކަތް ކުރާ ފަދައިން ވިންޑޯޒް އާއި އެންޑްރޮއިޑް ވެސް މިހާރު ފުލްކޮށް މަސައްކަތް ކުރެއެވެ.

ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މައިކްރޮސޮފްޓުން ވަނީ އެންޑްރޮއިޑް ސްމާޓްފޯނުތަކަށް އެ ބާވަތުގެ އިންޓަގްރޭޝަން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އާ ފޯން ލިންކް ފީޗަރސް ތަކަށް ބަލާއިރު މައިކްރޮސޮފްޓުގެ މި މަސައްކަތް ވަނީ ވަރަށް ބޮޑަށް ފެނިފައެވެ.

އައު ފޯން ލިންކް އެޕް އިން ކުރަނީ ކީއް؟

ފޯން ލިންކް އެޕް ބޭނުންކޮށްގެން، އެންޑްރޮއިޑް ގެ ކޮންމެ ސްމާޓްފޯނެއް ވެސް، ވިންޑޯސް 10 ނުވަތަ ވިންޑޯސް 11 ޕީސީ އާއެކު ސިންކް ކޮށްލެވޭނެ އެވެ. ވަޔަރލެސްކޮށް ސިންކްކޮށް (އާ ކިއުއާރު ކޯޑް-ބޭސްޑް ވޯކްފްލޯއެއް ބޭނުންކޮށްގެން) ސިންކްކޮށް ނިމުމުން، ބޭނުންކުރާ ފަރާތްތަކުގެ ޕީސީއަށް އެންޑްރޮއިޑް ނޮޓިފިކޭޝަތައް ވެސް ލިބޭނެއެވެ.

އަދި މެކް އެކޭ އެއްފަދައިން، މެސެޖް ފޮނުވުމާއި، ފޮޓޯ ލައިބްރަރީއަށް ވަނުމުގެ ފުރުސަތު ވެސް މައިކްރޮސޮފްޓުގެ މި ފީޗަރއިން ލިބޭނެ އެވެ.

އެންޑްރޮއިޑް އަދި ޕީސީގައި ފޯން ލިންކް އެޕް ސެޓް ކުރާނެ ގޮތް!

ފޯން ލިންކް ބޭނުން ކުރުމުގެ ކުރިން، ކުރަންޖޭ ކުޑަ ޕްރި ސެޓަޕްއެއް އެބަ އިނެވެ. އެންޑްރޮއިޑް ސްމާޓްފޯނުގައި، ވިންޑޯޒް އެޕްގެ ލިންކް އިންސްޓޯލް ކޮށްލާށެވެ. ވިންޑޯސްގައި، ފޯން ލިންކް އެޕް ޕްރީ-އިންސްޓޯލް ކޮށްފައި ވީނަމަވެސް، އެ އެޕް އަޕްޑޭޓް ނުވެދާނެ ކަމަށާއި، އެހެންކަމުން މައިކްރޯސޮފްޓް ސްޓޯރ ހުޅުވާ، ފޯން ލިންކް އެޕް ހޯދާ، ފަހުގެ އަޕްޑޭޓެއް އިންސްޓޯލް ކޮށްލާށެވެ.

ދެން ފޯނު ލިންކް އެޕް ޕީސީގައި ހުޅުވާށެވެ. "ގެޓް ސްޓާޓް" ބަޓަން އަށް ފިތާލާށެވެ. އެންޑްރޮއިޑް ސްމާޓްފޯނުގައި ވިންޑޯސް އެޕްގެ ލިންކް ހުޅުވާ، "ފޯނު އަދި ޕީސީ ލިންކް" ބަޓަން އަށް ފިތާލާށެވެ.

ތިބާގެ ޕީސީގައި، އެންޑްރޮއިޑް އެޕް އިންސްޓޯލް ކޮށްފައި ހުރިތޯ އެޕް އިން ސުވާލު ކުރާނެ އެވެ. "ކިއުއާރު ކޯޑް" ބަޓަން އަށް ފިތާލާށެވެ. އެއިރުން ތިބާގެ ޕީސީގައި ކިއުއާރު ކޯޑެއް އަންނާނެއެވެ. ތިބާގެ އެންޑްރޮއިޑް ސްމާޓްފޯންގައި، ކިއުއާރު ކޯޑް ތައްޔާރުތޯ އެޕް އިން ސުވާލު ކުރާނެ އެވެ. "ކޮންޓިނިއު" ބަޓަން އަށް ޓެޕް ކޮށްލުމަށްފަހު ވިންޑޯސް ޕީސީ އިން ފެންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލާށެވެ.

ބޭނުންވާ ޕަރމިޝަންތައް ދީ ހަދާށެވެ. ތިބާގެ ޕީސީގައި، އެޕް ބޭނުންކޮށްގެން ކުރެވިދާނެ ހުރިހާ ކަމެއް ގެ ތަޢާރަފެއް ފެންނާނެއެވެ. "ގެޓް ސްޓާޓް" ބަޓަން އަށް ކްލިކް ކޮށްލުމުން ފޯން ލިންކް އެޕް ބޭނުން ކުރަން ތައްޔާރު ވާނެ އެވެ. މަތިން މެސެޖް، ފޮޓޯ، އެޕް، އަދި ކޯލް ޓެބްތަކުގެ މެދުގައި ސްވިޗް ކުރެވިދާނެއެވެ. ނޮޓިފިކޭޝަންތައް ފެންނަން ހުންނާނީ ވާތް ފަރާތުގައެވެ.

އެންމެ ފަހު އެއް ސްޓެޕަކީ، ނޮޓިފިކޭޝަން ރިލޭ ސެޓް ކުރުމެވެ. ފޯން ލިންކް އެޕް އިން، ވާތް ފަރާތު ސައިޑްބާރ ގައި ވާ ނޮޓިފިކޭޝަންސް ސެކްޝަނަށް ކްލިކް ކޮށްލާށެވެ.

"ފޯނުން ސެޓިންގްސް ހުޅުވާ" ސިންކް ބަޓަން އަށް ފިތާލާށެވެ. މިއާއެކު ސެޓިންގްސްގައި "ޑިވައިސް އެންޑް އެޕް ނޮޓިފިކޭޝަންސް" ސެކްޝަން ލޯންޗް ކުރެވިގެންދާނެއެވެ. "ލިންކް ޓު ވިންޑޯޒް" އެޕް ހޯދާ، އޭގެ އަރިމަތީގައި ހުރި ޓޮގްލް އަށް މަގުފަހިކޮށްލާށެވެ. ޕޮޕްއަޕް ބްކްސް އިން "ހުއްދަ" ބަޓަން އަށް ޓެޕް ކޮށްލުމަށްފަހު، ސެޓް ކޮށްލާށެވެ.

އާ ނޮޓިފިކޭޝަންތައް އޯވަރފްލޯވް ގެ ސަބަބުން ތިބާގެ ވިންޑޯސް ޕީސީއަށް އޮޓޮމެޓިކް ނޮޓިފިކޭޝަން ލިބުމާއި ފޯޓޯތައް ބަލައި، ރިޕްލައިކޮށް، މެސެޖްފޮނުވައި، ކޯލްތައް ކުރެވޭނެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.