ކުއެސްޓް ވީއާރްއަށް އިތުރު ސިފަތަކެއް ތައާރަފުވަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މެޓައިން ވަނީ މެސެންޖަރ ގެ އެންޑް-ޓު-އެންޑް އެންކްރިޕްޝަންގެ (އީ2އީއީ) ގެ ސިފައާއި އެކު އެތައް އަހަރުތަކެއް ކުރިއަށް ޖެހިލާފައެވެ. އަދި މިހާރު އެކުންފުނިން ދަނީ އޭގެ ކުއެސްޓް ވީއާރް ހެޑްސެޓްތަކުގައި އީ2އީއީ ޓެސްޓުކުރަން ފެއްޓުމަށް ތައްޔާރުވަމުންނެވެ. ވީ40 ގެ އާ ސޮފްޓްވެއަރ އަދާހަމައާއި އެކު، މެޓައިން ދަނީ ވީއާރްގައި އެއްފަރާތާއި އަނެއް ފަރާތާއި ދެމެދު ކުރެވޭ މެސެޖުތަކާއި ކޯލްތަކުގައި އޮޕްޝަނަލް އީ2އީއީ ޓެސްޓުކުރަމުން ކަމަށް ބްލޮގް ޕޯސްޓަކާއި ހަވާލާދީ މައުލޫމާތު ލިބެއެވެ. ނަމަވެސް މި ޓެސްޓުގައި ހިމެނެނީ ކިތައް މީހުން ކަމާއި ނުވަތަ ތިމާ އެ ޓެސްޓުގައި ހިމެނޭ ނަމަ އެ ސިފަ ބޭނުންކުރާނީ ކިހިނެތް ކަމެއް ނޭނގެއެވެ.

މި ޓެސްޓު އަންނަނީ ވީ40 ގެ އަދާހަމައިގައި އިތުރަށް ފާހަގަކޮށްލެވޭ އާ ސިފަތަކާއި އެކުގައެވެ. އާ އޯޑިއޯ އެކްސަސިބިލިޓީ އޮޕްޝަންތަކެއް ވާއިރު، މީގެ ތެރޭގައި ކަނާތާއި ވާތް ފަރާތުން އިވޭ އަޑުތަކުގެ ހަމަހަމަކަން ބަދަލުކުރުމާއި، ހަމަ އެއް އަޑެއް ކަނާތުންނާއި ވާތުން އިވޭނެ މޮނޮ އޯޑިއޯ ސިފައެއްވެސް މީގައި ހިމެނެއެވެ.

ވަކި ޕެޓާންއެއް މެދުވެރިކޮށް މިހާރު ވަކިވަކި އެޕްތަކުގައި ތަޅު އެޅުވޭ އިރު، މިއީ ކުޑަކުއްޖެއްގެ އަތަށް އަރަން ބޭނުންނުވާ އެޕްތަކަށް ވަނުމަށް އެކުދިންނަށް ހުރަސްއެޅުމުގައި ބޭނުންތެރި ސިފައެކެވެ. ކުރިން ޕެޓާން މެދުވެރިކޮށް ހަމައެކަނި ތަޅުއެޅުވެނީ މުޅި ހެޑްސެޓް އެކަންޏެވެ.

މީގެ އިތުރުން، ކީބޯޑާއި ވީއާރް ބްލޫޓޫތް މެދުވެރިކޮށް ގުޅިފައިވާ ހިނދެއްގައި ފިޒިކަލް ކީބޯޑްތަކުގެ ވިޝުއަލް ރިޕްރެޒެންޓޭޝަންތައް ފެންނާނެއެވެ. މި ސިފަ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ލޮޖިޓެކް ކޭ830 ގައާއި އެޕަލް މިއުޒިކް ކީބޯޑްގައި ކުއެސްޓް 2 ހެޑްސެޓްއާއި އެކު ބޭނުންކުރުމުންނެވެ. އެއިން އެޕަލް މިއުޒިކް ކީބޯޑުގެ ރިޕްރެޒެންޓޭޝަނެއް ނަމްބަރު ކީޕެޑަކާއި، ލޮޖިޓެކް ކޭ375 އަދި ލޮޖިޓެކް އެމްއެކްސް ކީޒް ފެނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.