އެންޑްރޮއިޑް ފޯނުގެ ބޭނުން ފަސޭހަ ކުރުމަށްޓަކައި ކްރިއޭޓް ކުރެވޭނެ ވަރަށް ސަޅި ޝޯރޓްކަޓް ވެއެވެ. މި ގޮތުން ވަރަށް ބޭނުންތެރި 6 ޝޯރޓްކަޓެއް މި ލިއުމުގައި ހިމަނާލާނަމެވެ.
އަޅުގަނޑުމެންގެ މި ރީތި ޒަމާނީ ސްމާޓްފޯނުތަކުގައި ހުންނަ ސްކްރީންތައް އާންމުކޮށް ސެޓްކޮށްފައި ހުންނަނީ ވަކި ސިކުންތުކޮޅެއްގެ ތެރޭގައި އަމިއްލައަށް ނިވޭ ގޮތަށެވެ.
ނަމަވެސް ބައެއް ފަހަރު ބޮލުގައި ރިއްސާއިރުވެސް ސްކްރީން ދިގު މުއްދަތަކަށް ދިއްލާފައި ހުންނަން ހަގީގަތުގައި ބޭނުންވެއެވެ. މިސާލަކަށް ފަހަރެއްގައި ކޮމްޕްލެކްސް ޑޮކިއުމަންޓެއް، ނުވަތަ މުހިއްމު އަރޓކަލް އެއް ކިޔަން ނުވަތަ ވިސްނަން ޓައިމް ބޭނުންވާނެއެވެ. މިހެން ކަމުން މިއީ މުހިއްމު ކަމެކެވެ.
ކޮންމެ ގޮތެއްވިޔަސް ވޭކީ ކިޔާ އެޕަކުން އެންޑްރޮއިޑް ކުއިކް ސެޓިންގްސް އޭރިއާގައި ސިންގަލް ޓެޕް ސްވިޗެއް ދީގެން ކޮންމެ ވަގުތަކު ސްކްރީން އޮންކޮށް ބެހެއްޓޭނެ އެވެ.
މި ފީޗަރ އެނޭބަލް ކުރުމަށްޓަކައި:
ފުރަތަމަ އެޕް އިންސްޓޯލް ކޮށްލާށެވެ. އެޕްގެ ނަން: Wakey - Control your screen sleep and brightness
އިޝްތިހާރުތައް ނައްތާލުމާއި އިތުރު ބައެއް ފީޗާސްތައް އެނެބަލް ކުރުމަށް 2 ޑޮލަރުގެ ޚަރަދެއް ކޮށް ޕްރިމިއަމް ވެސް ގަނެވޭނެއެވެ.
ދެން ސްކްރީންގެ މަތިން ދެފަހަރު ތިރިއަށް ސްވައިޕް ކޮށްލުމުން ކުއިކް ސެޓިންގސް ޕެނަލް ހުޅުވާލާށެވެ. އެ ޕެނަލްގެ ތިރީގައިވާ ގަލަން އައިކޮން އަށް ފިތާލުމަށްފަހު، ލިސްޓުގެ ތިރީގައިވާ ހުރިހާ ދިމާލަކަށް ސްކްރޯލްކޮށް، އިންއެކްޓިވް ޓައިލްސް ބައިގައި ތިރިއަށް "އެނެބަލް ވޭކީ" ބަޓަން ހޯދާށެވެ. (ސެމްސަންގް ފޯނެއް ބޭނުންކުރާނަމަ، އޭގެ ބަދަލުގައި ކުއިކް ސެޓިންގްސް އޭރިއާގައިވާ ތިން ޑޮޓް މެނޫ އައިކޮން އަށް ފިތާލުމަށްފަހު "އެޑިޓް ބަޓަންސް" ހޮވައި، ކަނާތްފަރާތަށް ސްކްރޯލްކޮށް އިންއެކްޓިވް ޓައިލްސް ބައި ހޯދާނެ އެވެ.)
އެ އައިކޮން ފިއްތާފައި ހިފަހައްޓައިގެން މައްޗަށް (ނުވަތަ ކަނާތްފަރާތަށް، ސެމްސަންގް އާއެކު) ތިބާގެ އެކްޓިވް ޓައިލްސް އޭރިއާއަށް ދަމާލާށެވެ.
މިހާރު ސްކްރީން ޓައިމް އައުޓްވެ ނިއްވާލުން ހުއްޓުވަން ބޭނުންވާ ކޮންމެ ފަހަރަކު، ހަމައެކަނި އެ ސްޕިފީ އާ ވޭކީ ޓައިލް އަށް ފިތާލެވޭނެ އެވެ. ހަމައެކަނި ޔަގީންކޮށްލަންވީ ތިބާ ކުރާ ކޮންމެ ކަމެއް ނިމުމުން އަނެއްކާވެސް ޓެޕް ކޮށްލުމެވެ.
ކުއްލި ހާލަތެއްގައި ކަލްކިއުލޭޓަރ ހުޅުވަންޖެހުމަކީ ވަރަށް އުދަނގޫކަމެކެވެ. މިސާލަކަށް ބްރައުޒަރ ގައި އިނދެފައި ކަރެންސީ އެއް ކޮންވާރޓް ކޮށްލަން ހޯމް ސްކްރީނަށް ގޮަސް އަނެއްކާ ވެސް ކަލްކިއުލޭޓަރ އެޕް ހުޅުވަންޖެހުމަކީ ވަރަށް ވަގުތު ނަގާނެ ކަމެކެވެ.
ނަމަވެސް، ޝޯޓްކަޓަރ ކިޔާ މޮޅު އެޕް އެއް އިންސްޓޯލް ކޮށް ކަލްކިއުލޭޓަރ ކުއިކް ކޮށް ގެނެއުމަށް ފޯނުގެ ކުއިކް ސެޓިންގސް ސެކްޝަނަށް ފަސޭހައިން ކްލިކް ކުރެވޭ ފްލޯޓިން ޝޯރޓްކަޓެއް ލެވޭނެއެވެ. އެއީ ވަރަށް ފަސޭހަ ވެގެންދާނެ ފީޗަރ އެކެވެ.
އަމިއްލައަށް ފްލޯޓިންގ ކެލްކިއުލޭޓަރ ޝޯޓްކަޓް އުފެއްދުމަށްޓަކައި:
ފުރަތަމަ ވެސް ޝޯރޓްކަޓަރ އެޕް އަޅާށެށެވެ. އެޕް ނަން: Shortcutter - Quick Settings, Shortcuts & Widgets
އެޕް ހުޅުވުމަށް ފަހު ފުރަތަމަ މަރުހަބާގެ ސްކްރީންތަކުން ފާއިތުވުމުން، އޭގެ މައިގަނޑު މެނޫތަކުގެ ތެރޭގައި "ޕުލް-ޑައުން" އަށް ފިތާލުމަށްފަހު "ޝޯޓްކަޓަރ މައިކްރޯ އެޕްސް އެންޑް ސާވިސަސް" އަށް ފިތާލާށެވެ.
ދެން އަންނަ ސްކްރީންގެ ތިރިއަށް ތިރިއަށް ސްކްރޯލްކޮށް "ފްލޯޓިންގ ކެލްކިއުލޭޓަރ" ގެ ކައިރީގައިވާ ޓޮގްލް އޮން ޕޮޒިޝަނަށް ފްލިޕް ކޮށްލާށެވެ.
ދެން ހަމަ ކުރީ ޝޯރޓް ކަޓްގައި ހެދިގޮތަށް ކުއިކް ޕެނެލް އަށް ގޮސް އެޑް ކޮށްލާށެވެ.
މިއީ ގޫގުލް/އެންޑްރޮއިޑް-ޓީވީއާ ގުޅުން ހުރި ކޮންމެ ޑިވައިސްއަކަށް ވެސް ނެޓިވް ވާޗުއަލް ރިމޯޓެކެވެ. އެ ސޮފްޓްވެއާ ބިލްޓް އިން ކޮށްފައިވާ ޓީވީތަކުން ފެށިގެން ސެޓް ޓޮޕް ބޮކްސްތަކާއި އަދި އާ ކްރޯމްކާސްޓް ޑޮންގްލް ޑޫހިކީސް އަށް ވެސް މެއެވެ. ގޭގައި އަދި/ނުވަތަ އޮފީހުގައި މިފަދަ އެއްވެސް ޓެކްނޮލޮޖީ އެއް ހުރިނަމަ، މި ފަސޭހަ ކުޑަކުޑަ ފީޗަރ އިތުރުވުމަކީ ތިބާގެ ދިރިއުޅުމަށް މޮޅު އަޕްގްރޭޑެއް ގެނެސްދޭނެ އެއްޗެކެވެ.
މި ބިޓް އޯ ގުޑްނެސް ފެންނަން ހެދުމަށްޓަކައި ގޫގުލް ޓީވީ އެޕް އިންސްޓޯލް ކުރުމަށްފަހު، ސެޓަޕް ހަދާށެވެ. އެއީ ތިބާގެ ޓީވީ އާއި ކްރޯމް ކާސްޓް ތައް ކަނެކްޓް ކުރުމުވެ. ދެން ހަމަ ކުރީ ޝޯރޓްކަޓެކޭ ވެސް އެއް ފަދައިން ކުއިކް ޕެނަލް އަށް އެށް ކުރާށެވެ.
މި ޝޯރޓްކަޓް އަކީ އިންބޮކްސްއިޓް ކިޔާ އެޕެއް މެދުވެރިކޮށް ގެނެވޭނެ ފީޗަރކެވެ. މި އެޕްގެ މަޤްޞަދަކީ ފޯނުގެ ކޮންމެ ތަނަކުން ފެންނަ ލިޔުންތަކާއި އެހެނިހެން ވެބް ޕޭޖްތައް ފަހުން ރިފަރެންސް ކުރުމަށްޓަކައި ސީދާ އިންބޮކްސްއަށް ފޮނުވޭނެ ފަސޭހަ ގޮތެއް ދިނުމެވެ.
އެކަމަކު އެޕްގައި ފޮރުވިފައިވާ ބޯނަސް ފީޗަރ ތަކެއް ހުރެއެވެ، މިސާލަކަށް އަމިއްލައަށް ކަސްޓަމް މެމޯތައް ނުވަތަ ރިމައިންޑަރ ފަހުން ތިބާއަށް ހަދާންކޮށްދިނުމަށްޓަކައި ކްރިއޭޓް ކުރެވިދާނެއެވެ. ޝެޑިއުލް ކުރަން ބޭނުންމަ ޖެހޭނީ ޕްރިމައަމް ގަންނާޝެވެ.
ހަމަ ކުރިން ޝޯރޓްކަޓް އެކޭ އެއްފަދައިން މި ޝޯރޓްކަޓް ވެސް ކުއިކް ޕެނަލްސް އަށް އެޑް ކުރެވޭނެއެވެ.
މި އީ ސެޓަޕް ކުރަން އެންމެ ފަސޭހަ ޝޯރޓްކަޓެވެ. ގޫގުލް ރިކޯރޑަރ އެޅުމަށް ފަހު ކުއިކް ޕެނަލސް އަށް ކުރިން ޝޯރޓްކަޓް އެކޭ އެއްފަދައިން އެޑް ކުރާށެވެ.
މި ލިއުމުން ތިޔަ ފެނިގެން ދިޔައީ ތިބާގެ އެންޑްރޮއިޑް ސްމާރޓްފޯންގެ ޔޫޒް ފަސޭހަ ކުރުމަށްޓަކާއި ހެދޭނެ ފަސޭހަ 5 ޝޯރޓްކަޓެކެވެ.
ޑިވެލޮޕާރ