2023 ވަނަ އަހަރުގެ އައިފޯނު ޔޫއެސްބީ-ސީ އާއި އެކު ނެރެނީ

ހަސަން ޒަޔާން 27 ޖޫން 2022

ޔޫއެސްބީ-ސީ އެހެން ފޯނުތަކުގެ ސްޓޭންޑަރޑަކަށް ވެފައި ވާއިރު އަފޯނުން އަދިވެސް ދަނީ ލައިޓްނިންގ ޕޯރޓް ކަންޓިނިއު ކުރަމުންނެވެ. ނަމަވެސް އެޕަލްގެ އެނަލިސްޓް މިންގް-ޗީ ކުއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޕަލް އިން 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ނެރޭނެ އައިފޯނު (އައިފޯން 15) ގައި ލައިޓްނިންގ ޕޯރޓްގެ ބަދަލުގައި ހިމެނޭނީ ޔޫއެސްބީ ސީ އެކެވެ.

ކުއޯ އޭނާގެ ލަފާ ބިނާކުރެއްވީ ސަޕްލައި ޗޭން ސާވޭއެއްގެ މައްޗަށެވެ. ކުއޯ ވިދާޅުވީ ޔޫއެސްބީ-ސީއަށް ބަދަލުވުމުން ހާޑްވެއާ ޑިޒައިންތަކަށް ޓްރާންސްފާ ކުރުމާއި ޗާޖު ކުރުމުގެ ސްޕީޑް ރަނގަޅު ވެދާނެ ކަމަށެވެ.

އެޕަލް އަށް ރެގިއުލޭޓަރުންނާއި ޔޫޒަރުންގެ ޕްރެޝަރު ކުރިމަތިވެފައިވަނީ ޔޫއެސްބީ-ސީ ކޭބަލްތަކާ ގުޅޭ އައިފޯނުތައް ފޯރުކޮށްދިނުމަށެވެ. ވާދަވެރި ސްމާޓްފޯނުތަކުން ފެށިގެން ނިންޓެންޑޯ ސްވިޗް އާއި ހަމައަށް ހުރިހާ ކަމެއް ވެސް މިހާރު ވަނީ ޔޫއެސްބީ-ސީ ސްޓޭންޑަޑަކަށް ހަދައިފަ އެވެ. މެކްބުކްތަކާއި އައިޕެޑްތަކުގައި ވެސް މިހާރު ބޭނުންކުރަނީ ޔޫއެސްބީ-ސީ އެވެ. އައިފޯނަކީ އެޕަލްގެ އެންމެ ފަހުގެ ހޯލްޑްއައުޓެވެ.

ކުއޯ ކުރެއްވި ޓުވީޓް

އެއީ ޔޫއެސްބީ-ސީ އާއި އެކު އެޕަލްގެ ފުރަތަމަ ރަސްމީ އައިފޯނަކަށް ވިޔަސް، މިއީ މިހާތަނަށް ޔޫއެސްބީ-ސީ އާއި އެކު އުފެއްދޭނެ އައިފޯނެއް ނޫނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސްވިޒަލޭންޑްގެ މޮޑަރަކު ވަނީ އައިފޯނަކަށް ކަސްޓަމް ޔޫއެސްބީ-ސީ ޕޯޓެއް ހަދައި، އެއަށްފަހު އެ ޕްރޮސީޖަރަށް ދޭންޖެހޭ އިރުޝާދުތައް ޝާއިއުކޮށްފަ އެވެ.

ރެގިއުލޭޓަރީ ފްރަންޓުން ބަލާއިރު، ޔޫރަޕިއަން ޔޫނިއަން އިން ވަނީ މިދިޔަ މަހު ސްޓޭންޑަޑައިޒްޑް އިލެކްޓްރޯނިކް ޑިވައިސް ޗާޖަރުތައް ގާނޫނަކަށް ހެދުމާ އެއް ފިޔަވަޅު ކައިރިވެފަ އެވެ. އެޕްރޫވް ވެއްޖެނަމަ އައިފޯނުތަކަށް ޔޫއެސްބީ-ސީއަށް ބަދަލުވާން މަޖުބޫރުވާނެ އެވެ. ނަމަވެސް ކުއޯގެ އެނަލިސިސް ޕެން އައުޓް ވެއްޖެ ނަމަ އާ ގަވާއިދުތަކަކީ ގިނައިން މޫޓް ޕޮއިންޓަކަށް ވާނެ ކަމަށާއި އައިފޯން ބޭނުންކުރާ ފަރާތްތަކަށް ހުރިހާ ޑިވައިސްތަކެއް ޗާޖު ކުރުމަށް އެންމެ ކޭބަލެއް އޮތުމުން އުފާފާޅު ކުރެވޭނެ ކަމަށެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.