ވިންޑޯޒް އެންޑްރޮއިޑް ސަބްސިސްޓަމް

ހަސަން ޒަޔާން 27 ޖޫން 2022

މައިކްރޮސޮފްޓުން މިހާރު ދަނީ އެންޑްރޮއިޑް އަށް ހާއްސަކޮށްގެން ވިންޑޯޒް ސަބްސިސްޓަމްގެ އާ ވަރޝަނެއް ޓެސްޓް ކުރަމުންނެވެ. އެ ވަރޝަންގައި ހުރިހާ އެޕްތަކެއް އެންމެ ފަހުގެ އެންޑްރޮއިޑް 12.1 ގައި ރަން ކުރާނެއެވެ.

މިއަހަރުގެ ކުރީކޮޅު ފުރަތަމަ ފަހަރަށް ތައާރަފްކުރި ވިންޑޯޒް ސަބްސިސްޓަމް ފޯ އެންޑްރޮއިޑްގެ ސަބަބުން ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ ގިނަ އެޕްތަކަށް ސީދާ ވިންޑޯޒް 11 ޕީސީއަށް ވަދެވޭއެވެ.

ފޯނުން ނުވަތަ ކްރޯމްބުކްގައި ލިބޭނެ ތަޖުރިބާއާއި ލައިބްރަރީ މުޅިން އެއްގޮތް ނުވާތީ، ޑިފޯލްޓްކޮށް ގޫގުލް ޕްލޭ ސްޓޯރުގެ ބަދަލުގައި އެންޑްރޮއިޑް އެޕްތައް ހޯދުމަށް އެމެޒޯން އެޕްސްޓޯރ ބޭނުން ކުރަން ޖެހިފައިވެއެވެ.

މައިކްރޮސޮފްޓުން ނެރުނު އާ ބްލޮގް ޕޯސްޓެއްގައި އެންޑްރޮއިޑް އަށް ވިންޑޯޒް ސަބްސިސްޓަމްގެ މުސްތަގުބަލު ބަޔާންކޮށްފައިވާއިރު، މި ފީޗަރ ޓްރައި ކުރެވޭނީ ޑެވް ޗެނަލްއަށް ސަބްސްކްރައިބް ކުރާ ވިންޑޯޒް އިންސައިޑަރުންނަށް ލިބޭ އާ އަޕްޑޭޓަކުންކަން ބަޔާންކޮށްފައިވެއެވެ. މި އަޕްޑޭޓްގެ ހެޑްލައިނިން ފީޗާއަކީ ވިންޑޯޒް 11 އިން މިހާރު ތިބާގެ އެޕްތައް ހިންގުމަށް އެންޑްރޮއިޑް 12.1 ބޭނުންކުރާނެ ކަމަށާއި ނަމަވެސް ވަކި އެޕްތަކެއް މިހާރު ކޮމްޕެޓިބަލް ނުވެދާނެތީ މިކަމުގެ އެންމެ އެދެވޭ ތަރުހީބެއް ނުލިބިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެހެނިހެން ކުރިއެރުންތަކުގެ ތެރޭގައި އެންޑްރޮއިޑްގެ ނެޓްވޯކިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކްރޯމްކާސްޓް އިންއޭބަލް ސްޕީކަރުތައް ފަދަ ލޯކަލް ޑިވައިސްތަކާ ގުޅޭނެ ގޮތާއި، ރަނގަޅު ކީބޯޑާއި މައުސް ސަޕޯޓާއި، ކެމެރާ ސަޕޯޓަށް ވަރަށް ބޭނުންވާ ބައެއް ބަގް ފިކްސްތައް ހިމެނެ އެވެ.

އަދި މުޅިން އަލުން ޑިޒައިންކޮށްފައިވާ އެންޑްރޮއިޑް ސެޓިންގްސް އެޕް އާއި ވިންޑޯޒް 11 ސިސްޓަމަށް ފުންކޮށް އިންޓަގްރޭޓް ކުރެވޭނެ ގޮތް ވެސް ހިމެނެ އެވެ.

ގޫގުލް އިން ކުރާ މަސައްކަތުގެ ފައިދާ ނަގައިގެން "ބޮޑު ސްކްރީން" ތަކުގެ ޑިވައިސްތަކަށް ތަޖުރިބާ ރަނގަޅުކޮށް، ވިންޑޯޒް ޕީސީއަކުން ހަމަ ޔަގީނުންވެސް އެތަޖްރިބާ ލިބިގެންދާނެއެވެ.

މި އަޕްޑޭޓް މިވަގުތު ލިބޭނީ ހަމައެކަނި ބީޓާ ޓެސްޓަރުންނަށް ކަމަށްވާތީ، މައިކްރޮސޮފްޓުން ދަނީ އިތުރު ވިންޑޯޒް 11 ޕީސީތަކުގައި އެންޑްރޮއިޑް 12.1 ނެރުމުގެ ކުރިން ފީޑްބެކް ހޯދަމުންނެވެ.

ޕްރީ ރިލީޒް ސޮފްޓްވެއާ ޓެސްޓް ކުރަން ހިތްވަރު ލިބިފައިވާ ކަމުގެ އިހުސާސް ކުރެވޭނަމަ، ވިންޑޯޒް އިންސައިޑާ ޕްރޮގްރާމްގައި ރަޖިސްޓްރީކޮށް، އަމިއްލަ ޑިވައިސްގައި އަޕްޑޭޓް ޓްރައި ކުރެވޭނެ އެވެ.

ޗޭންޖް ލޮގް

ފުލް ޗޭންޖް ލޮގް


ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.