ޗައިނާގެ ޓެލެކޮމްގެ ހިދުމަތްދޭ ކުންފުންޏަކުން ސްމާޓްފޯނެއް ރޯލް އޮފްކޮށްފިއެވެ. މި ފޯނަކީ ކުއަންޓަމް ޓެކް ބޭނުންކޮށްގެން އެ ޑިވައިސްގައި ޔޫޒަރ ޗެޓް ގާތްގަނޑަކަށް "ހެކް ނުކުރެވޭނެ" ކަން ކަށަވަރު ކުރެވޭނެ ފޯނެކެވެ.
ޗައިނާ ޓެލެކޮމް އިން ތައާރަފްކުރި ޓިއަންޔީ ނަންބަރު 1 2022 އަކީ ކުއަންޓަމް ސެކިއުރިޓީ އެންކްރިޕްޝަން މޮޑިއުލެއް ޖަހާފައިވާ ސްމާޓްފޯނެއް ކެވެ.
މި ފޯނުގައި ހިމެނެނީ ކުއަންޓަމް ކީ ޑިސްޓްރިބިއުޝަން ބޭނުންކޮށްގެން ފޯނުން ވޮއިސް ކޯލްތައް އެންކްރިޕްޓްކޮށް ޑިސިފަރ ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސިމް ކާޑެއް ކަމަށް މޮސައިންސް ޑެއިލީން އަންގާރަ ދުވަހު ވަނީ ބުނެފައެވެ.
ޗައިނާ ޓެލެކޮމްއާއި ސްޓާޓްއަޕް ކުއަންޓަމްސީޓެކް އިން ވަނީ ކުއަންޓަމް ބެސްޓް ކޮމިއުނިކޭޝަން ތަރައްގީކޮށް، އެ ފަންނުވެރިކަން މާކެޓަށްގެނައުމަށް 2021 ވަނަ އަހަރު ޖޮއިންޓް ވެންޗާއެއް އުފައްދާފަ އެވެ.
ކުއަންޓަމްސީޓެކްގެ ފައުންޑިން ޓީމުގެ ބައެއް ހިމެނޭ ޗައިނާގެ ސައިންސްވެރިން ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ލޯންޗުކުރި ދުނިޔޭގެ ފުރަތަމަ ކުއަންޓަމް ސެޓެލައިޓް މައިސިއަސް އިން ކުއަންޓަމް ކީ ޑިސްޓްރިބިއުޝަން ޓެސްޓްކޮށްފަ އެވެ.
އާންމު ގޮތެއްގައި ބޭނުންކުރާ ކްރިޕްޓޮގްރަފީއާ ހިލާފަށް މި ޓެކްނޮލޮޖީގައި ކުއަންޓަމް ސުޕަޕޮޒިޝަން ސްޓޭޓްތަކުގައި ސިންގަލް ފޮޓޯން ބޭނުންކޮށްފައި ވާއިރު، އެ ސްޓޭޓްތަކުގެ ތެރެއިން ކީ އެންބެޑްކޮށްފައި ހުންނަނީ ދުރުގައިވާ ފަރާތްތަކުގެ މެދުގައި ޝަރުތުތަކެއް ނެތި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.
ކުއަންޓަމް ސުޕަރޕޮޒިޝަން އަކީ ކުއަންޓަމް މެކޭނިކްސްގެ އަސާސީ އުސޫލެއް ކަމުގައިވާއިރު، ކްލާސިކަލް ފިޒިކްސްގައި ރާޅުތަކާ އެއްގޮތަށް، ކޮންމެ ދެ ނުވަތަ އެއަށްވުރެ ގިނަ ކުއަންޓަމް ސްޓޭޓް އެއްކޮށް އިތުރުކުރެވިދާނެ ކަމަށް ވަނީ ބުނެފައިވެއެވެ.
އެހެންކަމުން، ކީ އިންޓަސެޕްޓް ކުރަން ކުރާ އެއްވެސް މަސައްކަތެއް ފޮނުވާ ފަރާތަށާއި ލިބޭ ފަރާތަށް ވެސް ވަގުތުން އެނގޭނެތީވެ، އެ މުއާމަލާތަކީ "ހެކް ނުކުރެވޭނެ" މުއާމަލާތެކެވެ.
"ކުއަންޓަމް ސެކިއުރިޓީ ޗެޓެއް ޔޫޒަރަކު އިނިޝިއޭޓް ކުރާއިރު، އޭނާގެ އައިޑެންޓިޓީ ޔަގީން ކުރުމަށް ރެންޑަމްކޮށް ސިއްރު ކީއެއް ޖެނެރޭޓް ކުރާނެއެވެ." ކުއަންޓަމްސީޓެކްގެ އިންޖިނިއަރެއް ކަމަށްވާ ޒާންގް ރޫޓޮންގް ވިދާޅުވި އެވެ.
"މި ކީ އަކީ ރެންޑަމްކޮށް ޖެނެރޭޓް ކުރެވޭ، އުނދަގޫ އަދި ގުޅާލުމަށްފަހު ވަގުތުން އުކާލާ ކީ އެއް" ޒާންގް އިތުރަށް ބުންޏެވެ.
މި ހިދުމަތް ލިބޭނީ ފޮނުވާ ފަރާތްތަކާއި ލިބޭ ފަރާތްތަކުން ވެސް ކުއަންޓަމް ބެސްޓް ފޯނު ބޭނުން ކުރުމުންނެވެ.
ޑިވެލޮޕާރ