އެމެޒަން އެލެކްސާ އިން ވޮއިސް މިމިކް ކުރަން ފަށަނީ

ހަސަން ޒަޔާން 28 ޖޫން 2022

އެމެޒޯންގެ އެލެކްސާ އިން ވަރަށް އަވަހަށް މަރުވެފައިވާ ގާތްތިމާގެ މީހުން ހިމެނޭ ގޮތަށް އަޑުތައް މިމިކް ކުރަން ފަށަނީއެވެ.

ލަސްވެގަސްގައި ބޭއްވި އެމެޒޯންގެ ރީ:މާސް ކޮންފަރެންސްގައި ދައްކާލި މި ގާބިލްކަން ތަރައްގީ ކުރަމުންދާއިރު، ވާޗުއަލް އެސިސްޓެންޓަށް ފޯރުކޮށްދޭ ރެކޯޑިންގެ މިނިޓަކަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަކި މީހެއްގެ އަޑު ނަކަލު ކުރެވޭނެއެވެ.

އެލެކްސާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ހެޑް ސައިންޓިސްޓް ރޯހިތު ޕްރަސާދު ބުދަ ދުވަހު ބޭއްވި މި އިވެންޓުގައި ވިދާޅުވީ މި ފީޗާގެ ފަހަތުގައިވާ އެދުމަކީ އެލެކްސާއާ އެކު ޔޫޒަރުން ކުރާ މުއާމަލާތްތަކަށް އިތުރު "އެންޕެތީ އެންޑް އެފެކްޓްގެ އިންސާނީ ސިފަތައް" ހިމަނައިގެން އިތުރަށް އިތުބާރު އުފެއްދުމެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް އަޅުގަނޑުމެން ލޯބިވާ އާއިލާ ބޭފުޅުން ގެއްލިފައިވާ އިރު، ހިނގަމުންދާ ބަލިމަޑުކަމުގެ ތެރޭގައި މި ސިފަތައް އިތުރަށް މުހިންމުވެއެވެ." ޕްރަސާދު ވިދާޅުވި އެވެ. "އޭއައިއަށް އެ ގެއްލުމުގެ ވޭން ނައްތާލެވޭކަށް ނެތް ނަމަވެސް، ކަނޑައެޅިގެން އެމީހުންގެ ހަނދާންތައް ދިގުދެމިގެން ދާނެއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އެ އިވެންޓުގައި އެމެޒޯނުން ކުޅެފައިވާ ވީޑިއޯއެއްގައި ކުޑަކުއްޖަކު ސުވާލު ކުރަނީ "Alexa, can Grandma finish reading me the Wizard of Oz?” އެލެކްސާ އެއަށްފަހު އެ އެދުން ގަބޫލުކޮށް، ކުއްޖާގެ މާމަ ނަކަލުކުރާ އެހެން އަޑަކަށް ބަދަލުވެއެވެ. އެއަށްފަހު ވޮއިސް އެސިސްޓެންޓް ކުރިއަށް ގެންދަނީ ހަމަ އެއަޑުން ފޮތް ކިޔަމުންނެވެ.

މިއީ އަޅުގަނޑުމެންގެ ރައްޓެހިން ނުވަތަ އާއިލާ ބޭފުޅުން މަރުވުމުން ވެސް އެބައިމީހުންގެ ހަދާންތައް އާކޮށް ހެދުމަށް ލިބޭނެ ފުރުސަތެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.