ދުނިޔޭގައި އަލަށް ވިއްކާ ކޮންމެ ކާރަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް އިލެކްޓްރިކް ކާރަކަށް ވާނެކަމަށް އެކްސޮން މޮބިލްގެ ސީއީއޯ ޑެރެން ވުޑްސް ހާމަކޮށްފިއެވެ. ތެޔޮ އުފެއްދުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެކްސޮން މޮބިލްގެ ސީއީއޯ މިކަން ހާމަކޮށްފައި ވަނީ ސީއެންބީސީއަށް ދީފައިވާ ބަސްތީގަތުމެއްގައިއެވެ.
ކާރު ވިޔަފާރީގެ ބާޒާރު ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ކާނަލިސިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރު ވިކުނު ކާރުތަކުގެ ތެރެއިން އިލެކްޓްރިކް ކާރަށް ލިބުނީ އެންމެ 9 އިންސައްތައެވެ. މިއީ ކަރަންޓް އަދި ޕެޓްރޯލް ބޭނުންކުރާ ހައިބްރިޑް ކާރުތަކާއެކީ އިލެކްޓްރިކް ކާރު ވިކުނު އިންސައްތައެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއަދަދަކީ 2020 ވަނަ އަހަރާ އަޅާބަލާއިރު 109 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް އެކްސޮންއިން މިހާރު ވަނީ ޕެޓްރޯލްގެ ވިޔަފާރި ދަށްވުމުގެ ސަބަބުން އެކުންފުނީގެ ވިޔަފާރިއަށް ކުރާނެ އަސަރު ދެނެގަތުމަށް ދިރާސާތަކެއް ފަށާފައިކަމަށްވެސް ވުޑްސް ވަނީ މި ބަސްތީގަތުމުގައި ފާހަގަކޮށްފައިއެވެ. އެކްސޮން އަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއްކުންފުންޏެވެ. އެގޮތުން އެކުންފުނީގެ ވެބްސައިޓުގައި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުންޏަކީ ކެމިކަލް ވިޔަފާރީގެ އިތުރަށް ދުނިޔޭގެ އެންމެ ބޮޑު ސާފުކޮށްފައިވާ ތެލުގެ އުފެއްދުންތަށް ވިއްކާ ކުންފުންޏެވެ.
އެކްސޮންގެ ކެމިކަލް ވިޔަފާރީގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ވުޑްސް ހާމަކޮށްފައިވާ ގޮތުގައި ސާފު ހަކަތަޔަށްދޭ އަހަންމިއްޔަތުކަން އިތުރުވާ ވަރަކަށް އެކުންފުނީގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ކެމިކަލް ވިޔަފާރި މެދުވެރިކޮށްގެންނެވެ. މީގެ އިތުރުން އެކުންފުނިން އުފައްދާ ޕްލާސްޓިކް އިލެކްޓްރިކް އުޅަނދުފަހަރު އުފައްދަން ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރާކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
އެކްސޮންއިން ލަފާކޮށްފައިވާ ގޮތުގައި 2040 ގައި ދުނިޔެ ތެލަށް ބަރޯސާވާ މިންވަރު 2013 ނުވަތަ 2014 ގައި ދުނިޔެ ތެލަށް ބަރޯސާވިމިންވަރާ އެއްވަރަށް ދަށަށްދާނެއެވެ. ވުޑްސް ހާމަކޮށްފައިވާ ގޮތުގައި އޭރުވެސް އެކުންފުނީގެ ވިޔަފާރިތަށް ދިޔައީ ފައިދާވަމުންނެވެ. އެހެންކަމުން އޭނާ ގަބޫލުކުރާ ގޮތުގައި އިލެކްޓްރިކް އުޅަނދު ގިނަވިޔަސް އެކުންފުނީގެ ވިޔަފާރީގެ ފާއިދާއަކަށް މާބޮޑު އަސަރެއް ނުކުރާނެއެވެ.
އެކްސޮންއިން މިފަދަގޮތަކަށް ލަފާކޮށްފައި ވިޔަސް ވުޑްސް ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން އެކުންފުންޏަށްވެސް އަދި ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކަށްވެސް މާބޮޑު އަސަރެއް ނުކުރާނެއެވެ. މީގެ އިތުރުން އޭނާ ފާހަގަކޮށްފައިވާ ގޮތުގައި މިބަދަލުތަކާއެކުވެސް ދާއިރާ ހުއްޓުމަކަށް ނައިސް ފައިދާވާ ދާއިރާއެއްގެ ގޮތުގައި ދެމިއޮންނާނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް