އެމެޒޯން ޕްރައިމް ދުވަހު 300 މިލިއަން ތަކެތި ގަނެފި

އައިމިނަތު މިންހާ 19 ޖުލައި 2022

މިހިނގާ 2022 ވަނަ އަހަރު އެމެޒޯން ޕްރައިމް ދުވަސް ފާހަގަކުރުމަށް ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު ސޭލް އިވެންޓުގައި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ޕްރައިމް ސަބްސްކްރައިބަރުން 300 މިލިއަނެއްހައިތަކެތި ގަނެފައިވަކަމަށް އެމެޒޯންއިން ހާމަކޮށްފިއެވެ.

މައުލޫމާތު ލިބިފައިވަ ގޮތުގައި މިއީ 2021 ގެ ޕްރައިމް ދުވަހު ގައި ރީޓެއިލާ މެދުވެރިކޮށް 250 މިލިއަން ތަކެތި ގަތް ޕްރައިމް ދުވަހާއި އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެމެޒޯނުން 2021 ވަނަ އަހަރުގެ މި އިވެންޓަށް ޖުމްލަ ސޭލްސް ނަންބަރުތައް އާންމުކޮށްފައި ނުވި ނަމަވެސް ވޭތުވެ ދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ސޭލްސް ވަރަށް ބޮޑުތަން ރަނަގޅުވެފައިވާކަން އެމެޒޯންއިން ހާމަކުރެއެވެ.

އެމެޒޯން ވޯލްޑްވައިޑް ސްޓޯރސްގެ ސީއީއޯ ޑަގް ހެރިންގޓަން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިމް ޑޭ އަކީ ކޮންމެ އަހަރަކުވެސް މި އިވެންޓަށް ކެތްމަދުވެފައި ތިބި އަޅުގަނޑުމެންގެ ޕްރައިމް މެމްބަރުން ފާހަގަކުރާ ދުވަހެއް، އަދި އެމީހުންނަށް އުންމީދު ނުކުރެވޭފަދަ ނަފާވެރިކަމެއް ހޯދައިދިނުމަން އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއް ކަމަށެވެ.

ރީޓެއިލާ އިން ބުނާ ގޮތުގައި މި އިވެންޓުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަސްޓަމަރުން މިނިޓަކަށް 100،000 އަށް ވުރެ ގިނަ ތަކެތި ގަނެފައިވާއިރު، އެންމެ ގިނައިން ގަނެފައިވަނީ ލެނޭޖް އަދި ނޫފޭސް ފަދަ ބިއުޓީ ބްރޭންޑްތަކުގެ ބާވަތްތަކެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.