ނިންޓެންޑޯ މެނުއަލް ހިލޭ ލިބޭގޮތް ހަދައިފި

އަޙްމަދު ދާއޫދު 22 ޖުލައި 2022

މީގެ ކުރިން ބޮޑުއަގުދީފައި ސަބްސްކްރައިބް ކުރި ނުވަތަ ގަންނަން ލިބޭ ނިންޓެންޑޯ މެނުއަލް މިހާރު ހިލޭ ލިބޭގޮތް ހަދައިފިއެވެ.

އެގޮތުން ކޮންމެ ސުޕަރ ނިންޓެންޑޯ މެނުއަލްއެއް "ޓްވިޗް ސްޓްރީމަރ" އިން އޮންލައިންކޮށް މިހާރު ލިބޭނެއެވެ.

ކޮންމެ ސިންގަލް ސުޕަރ ނިންޓެންޑޯ ގޭމް މެނުއަލްއެއް މިހާރު އޮންލައިންކޮށް އިނގިރޭސި ބަހުން ހިލޭ ލިބެން ހުންއިރު މި ކަލެކްޝަންގައި 1991 ވަނަ އަހަރު ސުޕަ ނިންޓެންޑޯގެ ޔޫއެސް ލޯންޗަށް 700 އަށް ވުރެ ގިނަ ގޭމް ކަވަރުކޮށްފައި ވެ އެވެ. އަދި ހަމަ އެއާއެކު 1991 ވަނަ އަހަރުން ފެށިގެން އިންޓަނެޓް ޢާއްމުވެ ބާރުގަދަ މާރިއޯ އަކީ ޕިކްސެލްގެ ކުޑަ ކުޑަ ކްލަމްޕް އެކެވެ.

"ޕީބްސް" އިން ނިކުމެފައިވާ ކެރީ ހޭސް ވަނީ ޓްވިޗްގެ ވީޑިއޯ ގޭމް ސްޓްރީމިން ޕްލެޓްފޯމްގައި އުފެއްދި ކޮންމެ ޔޫއެސް ސުޕަ ނިންޓެންޑޯ ގޭމެއް ބަލިކުރުމުގެ މަގުސަދުގައި އިނގިރޭސި ބަހުގެ މެނުއަލްތައް އެއްކުރަން ފަށާފަ އެވެ. އިހު ޒަމާނުގައި، ތަފްޞީލީ ކަރުދާސް މެނުއަލްތަކުގައި ޓިޕްސް އާއި ޑައިގްރާމް ތައް ހިމަނާފައި ހުންނައިރު، ބައެއް ފަހަރު ބެކްސްޓޯރީ ވެސް ގޭމްއަށް އިތުރުކޮށްދެއެވެ.

ހޭޒް އިން 2020 ވަނަ އަހަރު 850 ވަރަކަށް ޑޮކިއުމަންޓް ސްކޭން ކުރަން ފެށި އެވެ. މިހާރު އޭގެ ފުރިހަމަ ކެޓަލޮގް އިންޓަނެޓް އާކައިވްގައި ހިލޭ ލިބެން ހުރެ އެވެ.

އޮންލައިން ކޮށް ހުންނަ މި މެނުއަލްގައި ދުނިޔޭގެ އެންމެ އައިކޮނިކް ކެރެކްޓާތަކާއި ސްޓޯރީތައް ދައްކުވައިދޭ ވީޑިއޯ ގޭމް ގެ ބައެއް ކެރެކްޓާތަކާއި ސްޓޯރީތައް ކުރިއަރަމުން އަންނަ ގޮތް ޓްރޭސްކޮށްފައި ހުރެއެވެ. ވީޑިއޯ ގޭމް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ހޭސް ބުނަނީ އޭނާ އެކަން ކުރީ އާޓްގެ ހެވާއި ލާބައަށް ކަމަށެވެ.

"އަޅުގަނޑު މިތަކެތި ރައްކާކުރުމުގެ ބޭނުމަކީ، ކޮންމެ މީހަކަށް ވެސް މި ތަކެތި ބޭނުން ވެއްޖެ ހިނދެއްގައި އަދި ބޭނުން ތަނެއްގައި ހުރެގެން މި ތަކެތި ލިބެން ހުންނާނެގޮތް ހެދުން" ހޭސް އެންޕީއާރް އަށް ވިދާޅުވި އެވެ.

ޖަޕާނުގެ ގޭމް ޑިޒައިނަރު ޝިގެރޫ މަޔަމަޓޯ އުފެއްދި މާރިއޯ ފްރެންޗައިޒެއް ކަމަށްވާ "ދަ މާރިއޯ" އަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް މީޑިއާ ފްރެންޗައިޒް ކަމަށް އެ ފްރެންޗައިޒްއިން ބުނެ އެވެ. އޭގެ ފުރަތަމަ ޖަޕާނު ރިލީސްއަކީ 1981 ވަނަ އަހަރު ރިލީޒްކުރި "ޑޮންކީ ކޮންގް" އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.