އަޅުގަނޑުމެންގެ ފޯނުތަކަކީ ޝައްކެއްވެސް ނެތް ގޮތުގައި ގިނައިން ބޭނުން ކުރުމުން ޑެމޭޖް ވެ ހިރަފުސް ވާ އެއްޗެކެވެ. އެގޮތުން ޗަރޖިންގް ޕޯޓް އކީބހިރަފުސް ވަނުމުގެ ފުރުސަތު ބޮޑު ބައެކެވެ. އެހެންކަމުން ފޯނުގެ ޗަރޖިންގ ޕޯޓް ސާފުކޮށް ހެދުމަކީ ދޭތެރެ އަކުން ކުރަންޖެހޭނެ ކަމެކެވެ.
ވެއްޔާއި ކުނޑިއަކީ ފޯނުގެ ޗަރޖިންގ ޕޯޓް ރަނގަޅަށް މަސައްކަތް ކުރުން ހުއްޓުވިދާނެ އެއްޗެކެވެ.
ކޮމްޕްރެސްޑް އެއާ ކޭން އެއް ބޭނުން ކުރުމަކީ ފޯނުގެ ޗަރޖިންގ ޕޯޓް ސާފު ކުރުމަށް އެންމެ ރައްކާތެރި ގޮތެވެ.
ފޯނުގެ ޗަރޖިންގ ޕޯޓުގެ ތެރެއަށް އަޅަންޖެހޭކަ ތެޔޮ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރާށެވެ.
ފޯނުގައި ހުންނަ ޗާޖިންގް ޕޯޓަކީ ސެންސިޓިވް ޕޯޓަކަށް ވާތީ ސާފުކުރާއިރު މަޑުމައިތިރި ކަމާއިއެކު ސާފުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފޯނުގައި ހުންނަ ޔޫއެސްބީ ޕޯޓް ސާފުކުރުމަށް އެންމެ ރައްކާތެރި ގޮތަކީ ކޮމްޕްރެސްޑް އެއާ އެވެ. ކޮމްޕްރެސްޑް އެއާ ގެ ސަބަބުން ޗާރޖިން ޕޯރޓަށް އެއްވެސް އެއްޗެއް ނުވައްދަ ހިރަފުސްތައް ސާފުކުރެވޭނެއެވެ.
ކޮމްޕްރެސްޑް އެއާބޭނުންކުރުމަކީ ވަރަށް ސެލްފް އެކްސްޕްލެނަރީ ކަމެއެކެވެ.
ފުރަތަމަ ކޮމްޕްރެސްޑް އެއާ ފުޅީގެ އެންޑް ޗަރޖިންގ ޕޯޓް އާއި ސީދާ ކުރާށެވެ.
ފުޅި އަބަދުވެސް ސީދަލައް ބޭންދޭތޯ މަސައްކަތް ކުރާށެވެ.
މަޑުމަޑުން ފުޅިއިން އެއަރ ސްޕްރޭ ކުރަން ފަށާށެވެ. އެއިރުން ޗަރޖިންގ ޕޯރޓް ސާފުވާނެއެވެ.
ޕްރިވެންޝަނަކީ، މިހާތަނަށް އެންމެ ރަނގަޅު ފިޔަވަޅެވެ. ފޯނު ޖީބުގައި ނުވަތަ ހޭންޑްބޭގްގައި ގެންގުޅެފިނަމަ އެންޓި ޑަސްޓް ޕްލަގް ނުވަތަ ބިލްޓް އިން ޕޯޓް ކަވަރު ހިމެނޭ ފޯން ކޭސް ސެޓަކަށް އިންވެސްޓް ކުރުން ވަރަށް ރަނގަޅުވާނެއެވެ. މިކަންތައްތަކުގެ ސަބަބުން އެންމެ ފުރަތަމަ ވެސް ޗަރޖިންގ ޕޯޓް އަށް ހިރަފުސް ވަނުމަށް ހުރަސް އެޅޭނެ ކަމަށާއި އެއިރުން ގިނަ ފަހަރަށް އެތަން ސާފުކުރަން ނުޖެހޭނެ އެވެ.
ޑިވެލޮޕާރ