ފޯނަށް އަންނަ ސްޕޭމް މެސެޖްތައް ބްލޮކް ކުރާނެ ގޮތް!

ހަސަން ޒަޔާން 31 ޖުލައި 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެންމެ މޮޅު އެންޑްރޮއިޑް ފޯނު ނުވަތަ މާކެޓުގައި އެންމެ ރަނގަޅު އައިފޯނު ތައް ހުރި ނަމަވެސް ސްޕޭމް މެސެޖުތައް ލިބުމަކީ އަބަދުވެސް ހިނގާ ކަމެކެވެ.

މި ސްޕޭމް މެސެޖުތައް ލިބުމުން ޑިލީޓް ކުރުމަކީ އަބަދުވެސް އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު އަބަދު އެމީހުންނާ މުއާމަލާތް ކުރުމުގެ އުނދަގުލާ ކުރިމަތިލާން ބޭނުން ނުވާ ނަމަ، މި ސްޕޭމް މެސެޖުތައް ފިލްޓާކޮށް، ފޯނުން ގުޅައިގެން ވެސް ހުރަސް އެޅިދާނެ ގޮތްތައް އެބަހުއްޓެވެ. މި އާޓިކަލްގައި އެންޑްރޮއިޑް އަދި އައިފޯނުތަކަށް ވެސް، ތިބާގެ ފޯނުން ސްޕޭމް މެސެޖްތައް ބްލޮކް ކުރާނެ ގޮތް ކިޔައިދޭނަމެވެ.

އެންޑްރޮއިޑް

އެންޑްރޮއިޑް ފޯނުތަކުގައި ސްޕޭމް މެސެޖްބްލޮކް ކުރުމަކީ އައިފޯނުތަކަށް ވުރެ އުނދަގޫ ކަމެކެވެ.

އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ރެކޮމެންޑް ކުރަނީ އެންޑްރޮއިޑްގައި ގޫގަލް މެސެޖްސް އެޕް ޑައުންލޯޑް ކޮށް ބޭނުން ކުރާށެވެ. މި ހާއްސަ އެޕްލިކޭޝަނަކީ ޕިކްސެލް ޑިވައިސްތަކުގައި ޕްރީ-އިންސްޓޯލް ކޮށްފައިވާ އެޕްލިކޭޝަނެއް ނަމަވެސް ސެމްސަންގް، ވީވޯ، އަދި އެނޫންވެސް އެފަދަ ޑިވައިސްތަކުގެ ލައިކްތަކުން ޖެހޭނީ ގޫގުލް ޕްލޭ ސްޓޯރުން މެނުއަލްކޮށް ޑައުންލޯޑް ކުރާށެވެ. ގޫގުލް މެސެޖްސް އެޕް ގައި ސްޕޭމް ޕްރޮޓެކްޝަން ފީޗާއެއް ހިމެނޭއިރު، ސްޕޭމް މެސެޖްތައް ދުރުގައި ބެހެއްޓުމަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެއެވެ.

ފުރަތަމަ ވެސް ގޫގަލް މެސެޖިންގ އެޕް ހުޅުވާ ޕްރޮފައިލް ޕިކްޗަރ އަށް ފިއްތާލާށެވެ.

ދެން މެސެޖެސް ސެޓިންގްސް އަށް ގޮސް ސްޕޭމް ޕްރޮޓެކްޝަން އަށް ފިއްތާލާ ޓޮގަލް ބަޓަން އިން އެނޭބަލް ކުރާށެވެ.

ވީމާ މިއީ އެންޑްރޮއިޑް ފޯނުގައި ސްޕޭމް މެސެޖް ބްލޮކް ކުރުމަށް އެންމެ ރަނގަޅު ފީޗާއެވެ.

އައިފޯން

ސެޓިންގްސް އެޕް ހުޅުވާލުމަށްފަހު މެސެޖްތަކަށް ދާށެވެ.

މެސެޖްއޮޕްޝަންގައި، ފިލްޓަރ "އަންނޯން ސޭންޑަރސް" ގެ ނަމުން ނަންދެވިފައިވާ އޮޕްޝަނެއް ހޯދާ، އެ އޮޕްޝަން އެކްޓިވޭޓް ކޮށްލާށެވެ.

މިހާރު، އަލުން މެސެޖްސް އެޕަށް ގޮސް، ތިބާ ދެކެން ބޭނުންވާ މެސެޖުތަކަކީ ކޮބައިކަން އިޚްތިޔާރުކުރުމަށް މަގުފަހިކޮށްދޭ ބައެއް އޮޕްޝަންތައް ބަލާލާށެވެ. އެނގިފައިވާ ސޭންޑަރސް ޚިޔާރުކުރައްވާށެވެ.

މި ދެ އޯއެސް ގައި ވެސް ސްޕޭމް މެސެޖް ބްލޮކް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.