ސްމާޓްފޯން މާ ބޮޑަށް ހޫނުވިޔަ ނުދީ ހިފަހައްޓާނެ ގޮތް

ހަސަން ޒަޔާން 01 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްމާރޓްފޯން ހޫނުވިޔަނުދީ ނުވަތަ "އޯވަރހީޓް" ވިޔަ ނުދީ ބެހެއްޓުމަކީ ރައްކާތެރި ފިޔަވަޅެކެވެ.

އެޕަލްގެ އައިފޯނާއި އައިޕެޑް ފަދަ ސްމާޓްފޯން ޑިވައިސްތައް ފަރުމާކޮށްފައިވަނީ ފިނިހޫނުމިން 32 ޑިގްރީ އާއި 95 ޑިގްރީ ފެރެންހައިޓް އާއި ދެމެދުގެ މާހައުލުތަކުގައި ބޭނުން ކުރެވޭ ގޮތަށް ކަމަށް އެޕަލް އިން ބުނެއެވެ. މި ރޭންޖުގެ ބޭރުގައި، ހާއްސަކޮށް ވަރަށް ހޫނު ގަދަ ހާލަތްތަކުގައި، ޓެމްޕަސްގައި އައިފޯނެއް ބޭނުން ކުރުމަކީ ރިކޮމެންޑް ކުރާ ކަމެއް ނޫން ކަމަށާއި އޭގެ ބެޓެރީ އަށް ދާއިމީ ގޮތެއްގައި ގެއްލުން ދެވިދާނެ ކަމެއް ކަމަށް ވެސް އެ ކުންފިނިން ބުނެއެވެ.

ފޯނު "އޯވަރހީޓް" ވިޔަ ނުދިއުމަށް ހަދާނެ ގޮތް


އެޕަލް އިން ބުނާ ގޮތުގައި ފިނިހޫނުމިން 45 ޑިގްރީއަށް ވުރެ މަތިވާ ތަންތަނުގައި އައިފޯނު ތައް އެއްގޮތަކަށް ވެސް ރައްކާކޮށްގެން ނުވާނެ އެވެ.

އެޕަލްގެ ވެބްސައިޓްގައި ސަޕޯޓް ޕޭޖެއްގައި ބުނެފައިވަނީ "ކާރުތަކުގައި ތިބާގެ ޑިވައިސް ދޫކޮށްނުލާށެވެ، ސަބަބަކީ ޕާކުކޮށްފައި ހުންނަ ކާރުތަކުގައި ފިނިހޫނުމިން މި ރޭންޖަށް ވުރެ މައްޗަށް ދާނެތީ އެވެ."

އަދި ތިބާގެ ޑިވައިސްއަކީ ހޫނުއެބްޒޯބް ކުރާ އެއްޗަކަށް ވާތީ، ސީދާ އިރުގެ އަލިން ވީހާވެސް ބޮޑަށް ދުރުކުރާށެވެ.


ގޭމް ކުޅުމާއި ނުވަތަ ވީޑިއޯ ޝޫޓިން ވީޑިއޯ ޝޫޓް ކުރުން ފަދަ ކަންކަމުން ދުރުހެލިވުން

ވީޑިއޯ ގޭމް ކުޅުމާއި، ވީޑިއޯ ސްޓްރީމް ކުރުން ނުވަތަ ފުޓޭޖް ރެކޯޑް ކުރުމަށް ޑިވައިސްގެ ކެމެރާ ބޭނުން ކުރުމަކީ ފޯނުގެ ހޫނުމިން ގަދަވާ އެއްޗެކެވެ. ދުއްވަމުން ދާއިރު ފޯނުގެ ޖީޕީއެސް ޓްރެކިން ނުވަތަ ނެވިގޭޝަން ސިސްޓަމް ބޭނުން ކުރުމަކީ ވެސް ޑިވައިސްއެއްގެ ފިނިހޫނުމިން މަތިކޮށްލާ ކަމެކެވެ.

ޑިވައިސް މާބޮޑަށް ހޫނުވެ، ނިއްވާނުލުމަށް މި ބާވަތުގެ އެކްޓިވިޓީ މަދުކުރާށެވެ. އަދި ސްކްރީންގެ އަލިކަން ކުޑަކޮށް، ބޭނުންކުރާ ބާރު މިން ވެސް ދަށްކޮށްލާށެވެ.

ބޭނުން ނުކުރާ އެޕްތައް ކްލޯސް ކުރޭ

ޖީޕީއެސް، މެޕްސް އަދި އެނޫންވެސް އެޕްތައް ބެކްގްރައުންޑްގައި މަސައްކަތް ކުރުން ކުރިއަށް ގެންދާ އިރު ޕްރޮގްރާމްތަކުން ވަކިނުވާހާ ހިނދަކު ޕްރޮސެސަރ އަށް ސޕްރެޝަރ ކުރާނެއެވެ. އެހެންވީމަ ހިނގަމުންދާ ހުރިހާ އެޕްލިކޭޝަނެއް ކްލޯސް ކުރާށެވެ.

ހޮޓްސްޕޮޓިން، ނުވަތަ ވައިފައި އެކްސެސް ނެތް އިރު ފޯނުގެ ސެލިއުލާ ޑޭޓާ ކޮމްޕިއުޓަރަކަށް ނުވަތަ އައިޕެޑަކަށް ޝެއާ ކުރުމަށް ޕާސަނަލް ހޮޓްސްޕޮޓް އެއް އުފެއްދުމަކީ ވެސް ފޯނު ހޫނުކޮށްލާ ކަމެކެވެ.

އޭގެ ބަދަލުގައި "ލޯ ޕަވަރ މޯޑް" އޮން ކުރާށެވެ. އޭގެ ސަބަބުން ޑައުންލޯޑްސް އަދި އޮޓޮމެޓިކް މެއިލް ރިކަވަރީ ފަދަ ބެކްގްރައުންޑް އެކްޓިވިޓީ އޮޓޮމެޓިކުން ދަށްކޮށްދޭނެއެވެ. އަދި ބެޓެރީ ލައިފް ވެސް ރައްކާކޮށްދޭނެ އެވެ.

ފޯނު ކަވަރުން ނެގުން

ފޯނު ކަވަރުން ނެގުމުން ވައި ދައުރުކުރުމަށް ފަސޭހަ ވެގެން ދާނެއެވެ.

މި ފަދަ ކަންތައްތަކަކީ ފޯނު އޯވަރހީޓް ވުމުން ރައްކާތެރިވެދޭނެ ކަންކަމެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.